Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ސްޕެއިންގެ ކުޅުންތެރިންނަށް ހަރުކަށި އުސޫލެއް ނެތް، މަޖާ ކުރަން ޖެހޭނެ

ޖަޕާން އަކީ ފެންވަރު ރަނގަޅު މޮޅެތި ކުޅުންތެރިން ތިބި ޤައުމީ ޓީމެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޑިސެމްބަރު 2022 | ބުރާސްފަތި 06:26
ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ

ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ

ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖަޕާނާ ދެކޮޅަށް ނުކުންނައިރު ސްޕެއިންގެ ކުޅުންތެރިންނަށް އެއްވެސް ހަރުކަށި އުސޫލެއް ނޯންނާނެ ކަމަށާއި، ކުޅުންތެރިންނަށް މަޖާ ކުރެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.

ޖަޕާން މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަަކަ ދައްކަމުން އެންރީކޭ ބުނީ، ބައެއް ކޭމްޕްތަކުގައި ވަރަށް ހަރުކަށި އުސޫލުތަކާއި ގޮތްތައް ގެންގުޅޭ ކަމަށެވެ. އޭނާ ބުނީ އެގޮތަށް އަމަލު ކުރަނީ ސީދާ ވަކި ކޮން ޓީމުތަކެއްކަން ނޭންގޭ ކަަމަަށާއި، ނަމަވެސް ކުޅުންތެރިންނަށް ވަރަށް ގިނަ ހުސް ވަގުތު ލިބޭނެ ކަމަށެވެ. އޭނާ ބުނީ ކުޅުންތެރިން ފޫހިވެގެން އުޅޭ ކަހަލަ ގިނަ ވަގުތު ވެސް ދާނެ ކަމަށާއި، އެހެންކަމުން އެ ކުޅުންތެރިންނަށް މަޖާކޮށްލަން ފުރުސަތު އޮންނަން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ މުބާރާތް ފެށުމުގެ ކުރިން ވެސް ސްޕެއިންގެ ކުޅުންތެރިން ގާތު އެ ވާހަކަ ބުނެފައިވާނެ ކަމަށެވެ. އޭނާ ބުނީ މުބާރާތަށް އައިސް އުޅޭ އިރު ވެސް މަޖާކޮށް، އެކުގައި ހީ ސަމާސާ ކުރަން ވެސް ޖެހޭނެ ކަމަށެވެ.

ޖަޕާން ޓީމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އެންރީކޭ ބުނީ އެ ޓީމުގައި ތިބީ ވަރަށް މަސައްކަތް ކުރާ ކުޅުންތެރިން ކަމަށެވެ. އޭނާ ބުނީ އޮލިމްޕިކް ފުޓުބޯޅަ މުބާރާތުގައި ވެސް ޖަޕާނާ ދެކޮޅަށް ކުޅުނު ކަމަށާއި، އެ ސްކޮޑުގައި ހިމެނޭ ގިނަ ކުޅުންތެރިން މިހާރުގެ ޓީމުގައި ވެސް ތިބި ކަމަށެވެ. ވަކިވަކި ކުޅުންތެރިންނަށް ބެލި ނަމަވެސް ޖަޕާނުގައި ފެންވަރު ރަނގަޅު ކުޅުންތެރިން ތިބިކަން ފާހަގަ ކުރަމުން އެންރީކޭ ބުނީ، އެ ޓީމުގެ ކުޅުންތެރިން ޔޫރަޕުގައި ވެސް މޮޅަށް ކުޅެމުން އަންނަ ކަމަށެވެ. އޭނާ ބުނީ އެއްވެސް ބަޔަކަށް ދެރަ ބަހެއް ބުނަން ބޭނުންނުވާ ކަމަށެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖަޕާނާ ދެކޮޅަށް ނިކުންނައިރު މެޗު އެއްވަރުކޮށްލައިގެން ވެސް ސްޕެއިން އަށް ދެ ވަނަ ބުރަށް ދެވޭނެއެވެ. ނަމަވެސް މެޗުން މޮޅުވެއްޖެ ނަމަ ސްޕެއިން އަށް މި ގްރޫޕްގެ އެއް ވަނަ ލިބޭނެވެ. ސްޕެއިން ފުރަތަމަ ކުޅުނު މެޗުގައި 7-0 އިން ކޮސްޓަރިކާ ބަލި ކުރިއިރު، ދެ ވަނަ މެޗުގައި ޖަރުމަނާ އެއްވަރުވީ 1-1 އިންނެވެ.

ސްޕެއިން އަދި ޖަޕާން ކުޅޭ މެޗު ފަށާނީ ބުރާސްފަތު ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

ރެޑިން އެފްސީގައި ތަމްރީން ހެދުމަށް ނިއުގެ ޒުވާން ދެ ކުޅުންތެރިންނަށް ރަނުގެ ފުރުސަތެއް

23 އެޕްރީލު 2017
ރެޑިން އެފްސީގައި ތަމްރީން ހެދުމަށް ނިއުގެ ޒުވާން ދެ ކުޅުންތެރިންނަށް ރަނުގެ ފުރުސަތެއް
05 އެޕްރީލު 2017

އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

05 އެޕްރީލު 2017
އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ
04 އެޕްރީލު 2017

ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު

04 އެޕްރީލު 2017
ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު
22 މާރިޗު 2017

ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ

22 މާރިޗު 2017
ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ
18 މާރިޗު 2017

އަންހެން ކުޅުންތެރިންނަށް ފުރުސަތު ދިނުމާއެކު އޮފީސް ބިލިއަޑް މުބާރާތް މެއި މަހު

18 މާރިޗު 2017
އަންހެން ކުޅުންތެރިންނަށް ފުރުސަތު ދިނުމާއެކު އޮފީސް ބިލިއަޑް މުބާރާތް މެއި މަހު
10 މާރިޗު 2017

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

10 މާރިޗު 2017
ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު