Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑޮނީޝިޔާ ބިންހެލުން

އިންޑޮނީޝިޔާއަށް އައި ބިންހެލުމުގައި ގިނަ އަދެއްގެ ސްކޫލް ކުދިން މަރުވެފައިވޭ

ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 252ށް އަރާފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 22 ނޮވެމްބަރު 2022 | އަންގާރަ 13:37
އިންޑޮނީޝިޔާއަށް ބިންހެލުން އައިސްފައި

އިންޑޮނީޝިޔާއަށް ބިންހެލުން އައިސްފައި

އިންޑޮނީޝިޔާގެ ޖާވާއަށް ހޯމަދުވަހު އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ސްކޫލް ކުދިން ހިމެނޭ ކަމަށް ޚަބަރު ލިބިއްޖެއެވެ. ބިންހެލުން އައީ މެންދުރު ފަހު 1.30ހާއިރު ކަމަށް ވުމުން، އެވަގުތަކީ ކުދިން ސްކޫލްތަކުގައި ތިބި ވަގުތެވެ.

5.6ގެ ބާރުމިނުގައި ބިންހެލުން އައިސްފައިވަނީ ޖާވާގެ އަޑިގުޑަން ބޮޑު ހިސާބަކަށެވެ. މިއީ ފަރުބަދަމަތީ ހިސާބަކަށް ވާއިރު، ބިންހެލުން އައުމާއެކު ފަސްގަނޑު ފައިބައިގަނެ އެތައް އިމާރާތެއް ވަޅުލެވިގެން ދިޔަކަމަށް ޚަބަރުތައް ބުނެއެވެ.

ބިންހެލުން އައި ސަރަހައްދު، ހުޅަނގު ޖާވާގެ ސިއަންޖޫރުގެ ވެރިން މައުލޫމާތު ދީފައިވާގޮތުގައި، އިއްޔެގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 252ށް އަރާފައެވެ. އަދި ތިރީސް މީހުން ގެއްލިފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ. ގިނަ މީހުންނާއި ކުދިން މަރުވެފައިވަނީ ވެއްޓުނު ފާރުތަކުގެ ދަށުވެގެންނެވެ.

ބިންހެލުން އައިސްފައިވަނީ ބިމުގެ 10 ވަރަކަށް ކިލޯމީޓަރު އަޑިންނެވެ.  

ކަމާބެހޭ އިދާރާތަކުން ބުނެފައިވާ ގޮތުގައި ބިންހެލުމުގައި 2،200 ގެ ވަނީ ބިމާހަމަވެފައެވެ. އަދި 13،000 މީހުން ސަލާމަތްކޮށް ވަގުތީ ހިޔާތަކަށް ވަނީ ގެންދެވިފައެވެ.

އިންޑޮނީޝިޔާގެ ރައީސް ޖޯކޯ ވިޑޯޑޯ ވަނީ ބިންހެލުން އައި ހިސާބަށް މިއަދު ވަޑައިގެން އެހީގެ މަސައްކަތުގައި ހަރަކާތްތެރިވި ޓީމުތަކާ ބައްދަލުކުރައްވައި، ޓީމް ތަކަށް ހިތްވަރު ދެއްވާފައެވެ. އަދި އެހީގެ މަސައްކަތަށް ގިނައަދެއްގެ ފުލުހުންނާއި ސިފައިން ވަނީ ނެރެފައެވެ.

ބިންހެލުން އައުމަކީ އިންޑޮނީޝިޔާއަށް އާންމު ކަމެކެވެ. 2018 ވަނަ އަހަރު ސުލަވޭސީ ޖަޒީރާއަށް އައި ބިންހެލުމުގައިވެސް ދެހާހަށް ވުރެގިނަ މީހުން މަރުވެފައި ވެއެވެ.  

އިންޑޮނޭޝިޔާދުނިޔެ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

08 ޑިސެމްބަރު 2025
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި
06 ޑިސެމްބަރު 2025

އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ

06 ޑިސެމްބަރު 2025
އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ
01 ޑިސެމްބަރު 2025

އިންޑޮނީޝިއާ ގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ގެއްލިގެން ހޯދަނީ

01 ޑިސެމްބަރު 2025
އިންޑޮނީޝިއާ ގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ގެއްލިގެން ހޯދަނީ
27 ނޮވެމްބަރު 2025

އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

27 ނޮވެމްބަރު 2025
އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި
07 ނޮވެމްބަރު 2025

ހުކުރު ދުވަހު އިންޑޮނޭޝިއާގެ ވެރިރަށުގައި ހުންނަ ސްކޫލެއްގެ ކައިރީގައި އެއްޗެއް ގޮއްވާލައިފި

07 ނޮވެމްބަރު 2025
ހުކުރު ދުވަހު އިންޑޮނޭޝިއާގެ ވެރިރަށުގައި ހުންނަ ސްކޫލެއްގެ ކައިރީގައި އެއްޗެއް ގޮއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު