Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަމީނީ މަގުގެ މަސައްކަތް

އަމީނީ މަގުގެ މަސައްކަތް ހުއްޓައެއް ނުލަން، މިވަގުތަށް ވަނީ މަޑުޖައްސާލަން ޖެހިފައި: އާރުޑީސީ

މަސައްކަތް މަޑުޖައްސާލީ އެމްޑަބްލިއުއެސްސީން ފޯރުކޮށްދެމުންދާ ޚިދުމަތްތައް އަޕްގްރޭޑްކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްނުދެވޭތީ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2022 | އަންގާރަ 12:24
އަމީނީ މަގު

އަމީނީ މަގު

އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތް ހުއްޓިފައިވާކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ޚިލާފުވާހަކަތަކެއް ކަމަށް, ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ން ބުނެފިއެވެ.

އެ ކުންފުނިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ; އަމީނީ މަގުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދަނީ ޕްލޭންކޮށްފައިވާ ގޮތަށް ކަމަށެވެ. އެހެންވެ، މަސައްކަތް ހުއްޓިފައިވާކަމަށް ދެކެވޭ ވާހަކަތަކަކީ އެ ޕްލޭން އޮޅޭގޮތަށް ދެކެވޭ، ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

Advertisement - newsAdvertisement

އާރުޑީސީން ބުނީ މަސައްކަތް ނުހުއްޓުނުނަމަވެސް، މިވަގުތަށް އެ މަސައްކަތް ވަނީ މަޑު ޖައްސާލަން ޖެހިފައިކަމަށެވެ. އެގޮތަށް ކަންކަން ދިމާވީ އެމްޑަބްލިއުއެސްސީން ފޯރުކޮށްދެމުންދާ ޚިދުމަތްތައް އަޕްގްރޭޑް ކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްނުދެވޭތީ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އަމީނީ މަގުގެ މަސައްކަތް އާރުޑީސީން ކުރަމުން އަންނަނީ އެކި މުއައްސަސާތަކާ ގުޅިގެންނެވެ. އެހެންވެ، މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދެވޭ ވަރަށް ވަސީލަތްތައް ފޯރުކޮށްދެވެންދެން އެ މަގުގެ މަސައްކަތް މަޑުޖައްސާލުމަށް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެދިފައިވާ ކަމަށް އާރުޑީސީން ބުނެއެވެ.

އެ ކުންފުނިން ބުނީ، އަމީނީ މަގުގެ މަސައްކަތް ކުރިއަށްގެންދަނީ އެ ކުންފުނިން ވާންޖެހޭ ހުރިހާ ތައްޔާރީތައް ވެގެން ކަމަށެވެ. އެގޮތުން، 24 ގަޑިއިރު މަސައްކަތް ކުރަން ޖެހުނު ނަމަވެސް އެގޮތަށް މަސައްކަތް ކުރެވޭ ގޮތަށް ރޭވިފައިވާ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރިއެވެ.

އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ފުރަތަމަ ސެގްމަންޓުގައި ތާރު އެޅުން ފިޔަވައި ކުރަން ޖެހޭ އެހެން ހުރިހާ މަސައްކަތެއް ވަނީ ނިންމާލާފައެވެ. ތާރު އެޅުމުގެ މަސައްކަތް އަދި ނުފަށަނީ، އަމީނީ މަގުގައި ތާރު އަޅަން ހަމަޖެހިފައިވަނީ ދެ ބަޔަަކަށް ބަހާލައިގެން ކަމަށްވާތީއާއި، ފުރަތަމަބައިގައި ތާރު އަޅަން ހަމަޖެހިފައިވަނީ ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލާ ހިސާބަށް މަސައްކަތް ކުރިއަށްގެންދެވުމުން ކަމަށްވެސް އާރުޑީސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ތާރު އަޅަން ނުފެށިނަމަވެސް، މަސައްކަތް ނިމޭވަރަކުން މަގުގައި ބަންދުކުރާ ސަރަހައްދުތައް ވެހިކަލް ދުއްވޭގޮތަށް އަންނަނީ ހުޅުވާލަމުންނެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ތާރު އެޅުމުގެ އަމަލީ މަސައްކަތް އާރުޑީސީން ފެށީ 12 ސެޕްޓެމްބަރު 2022 ގައެވެ. އެ މަސައްކަތް ކުރިއަށްދިޔައިރު އަމީނީ މަގަކީ، ފެނާއި ނަރުދަމާގެ މައި ހޮޅިތަކުގެ އިތުރުން އެހެން ނެޓްވޯރކްތަކުގެވެސް މައި ހޮޅިތައް ވަޅުލާފައިވާ މަގަކަށްވުމުން އެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން ދަތިތައް ހުރިކަން އާރުޑީސީން ފާހަގަކުރިއެވެ. އެގޮތުން، މަގުގެ ފެން ފަށަލަ ތިލަވެފައި، މަގުގެ އަޑީގައި ހުރި ފެނާއި ނަރުދަމާގެ އިތުރުން އެހެނިހެން ނެޓްވޯރކްތަކާ ގުޅޭގޮތުން ލިބިފައިހުރި ކުރެހުންތަކާއި މަގުގެ އަޑި އޮތްގޮތް ދިމާނުވުންފަދަ ގޮންޖެހުންތައް އެބަހުރިކަމަށް އެ ކުންފުނިން ބުނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އާރުޑީސީއާ މި މަސައްކަތް ހަވާލުކުރީ 210 ދުވަހުގެ (7 މަސް ދުވަހުގެ) ތެރޭގައި ނިންމާ ގޮތަށެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ 84.4 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން އަމީނީމަގުގެ 1.7 ކިލޯމީޓަރުގެ ސަރަަހައްދެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. ބޮޑެތި ބަދަލުތަކާއެކު މި މަސަައްކަތް ކުރިއަށްގެންދާއިރު، މިހާތަނަށް ވަނީ ޓޮޕޯ ގްރެފިކް ސަރވޭއާއި ޖިއޯޓެކްނިކަލް ސަރވޭއާއި ހައިޑްރޮޖިކަލް ސަރވޭގެ އިތުރުން އީއައިއޭ ހަދާފައެވެ.

އެންމެ ޒަމާނީ ފެންވަރަށް އަމީނީމަގު ޑިޒައިން ކުރެވިފައިވާއިރު، މަގުގެ ފެން ހިންދާ ނިޒާމު ޑިޒައިންކޮށްފައިވަނީ އަމީނީމަގުގެ ދެފަރާތުންވެސް މަގު ނިމެންދެން އެއްކޮޅުން އަނެއް ކޮޅަށް ކާނު އަޅާ ގޮތަށެވެ. އަދި ޑިޒައިންނަށް ބިނާކޮށް، މަގުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި އިތުރު ޕަމްޕް ސްޓޭޝަންތައް ބަހައްޓާނެއެވެ.

މީގެ އިތުރުން، އިމާރާތްކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު ބޭރުކުރާ ފެނަށް ޚާއްސަ ޑީވޯޓަރިންގ ނެޓްވޯކް އަޅާނެއެވެ. މީގެ ސަބަބުން ދުވާރު މަތީގައި ހޮޅި އަޅައިގެން އިމާރާތްތަކުން ފެން ބޭރުކުރުން ނިމުމަކަށް އަންނާނެއެވެ.

އަމީނީމަގު ތަރައްގީކުރުމުގެ މަޝްރޫއުގައި، ނުކުޅެދުންތެރިކަން ހުންނަފަރާތްތަކަށް ހިނގާބިގާވެ އުޅުމަށް ފަސޭހަވާނެ ގޮތަށް ދުވާރުގައި ބްރެއިލް ބްލޮކް ޖެހުމާއި، ވީލްޗެއަރ އެކްސެސް ގާއިމްކުރުން ހިމެނެއެވެ. އަދި ސްޓޭކް ހޯލްޑަރުންގެ ކޭބަލްތައް އެޅުމަށްޓަކައި ކޭބަލްޓްރޭ މަގުގެ ދެފަޅީގައި އެޅުމާއެކު، އެޗްވީ ކޭބަލަށް ޚާއްސަކޮށްގެން ޖަންގުޝަންތަކެއްވެސް ބަހައްޓާނެއެވެ.

އަމީނީމަގު ތަރައްގީކުރުމުގެ މަޝްރޫއު އާރްޑީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!

ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!

23 ނޮވެމްބަރު 2025
އާރުޑީސީގެ މުވައްޒަފުންނަށް ފެބްރުއަރީ މަހުން ފެށިގެން ޕެންޝަން ފައިސާ ޖަމާ ނުވޭ

އާރުޑީސީގެ މުވައްޒަފުންނަށް ފެބްރުއަރީ މަހުން ފެށިގެން ޕެންޝަން ފައިސާ ޖަމާ ނުވޭ

19 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި ދެބެއިން އާރުޑީސީގެ ވަޒީފާ އިން ވަކިކޮށްފި

ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި ދެބެއިން އާރުޑީސީގެ ވަޒީފާ އިން ވަކިކޮށްފި

14 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި އާރުޑީސީގެ މުވައްޒަފަކު ވަޒީފާ އިން ވަކި ކޮށްފި

ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި އާރުޑީސީގެ މުވައްޒަފަކު ވަޒީފާ އިން ވަކި ކޮށްފި

08 އޮކްޓޯބަރު 2025
އާރްޑީސީގެ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ އެތައް މަހެއް

އާރްޑީސީގެ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ އެތައް މަހެއް

04 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު