Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޫޓުވައިފި މުޒާހަރާ

ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި އާރުޑީސީގެ މުވައްޒަފަކު ވަޒީފާ އިން ވަކި ކޮށްފި

ވަޒީފާއިން ވަކި ކުރީ ބުދަ ދުވަހު ކުއްލި ގޮތަކަށް، ނޯޓިސް ނުދީ

ރާއްޖެ އެމްވީ | 8 އޮކްޓޯބަރު 2025 | ބުދަ 19:37
މުހައްމަދު ނިޝާމް (ކަނާތްފަރާތުން ދެވަނަ އަށް) ލޫޓުވައިފި މުޒާހަރާ ގައި ބައިވެރިވަނީ

މުހައްމަދު ނިޝާމް (ކަނާތްފަރާތުން ދެވަނަ އަށް) ލޫޓުވައިފި މުޒާހަރާ ގައި ބައިވެރިވަނީ

ލޫޓުވައިފި، ލޫޓުވައިފި ނަމުގައި އޮކްޓޯބަރު 3 ވަނަ ދުވަހު މާލޭގައި އެމްޑީޕީ އިން ބޭއްވި ބޮޑު މުޒާހަރާގައި ބައިވެރިވި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މުވައްޒަފަކު ވަޒީފާ އިން ވަކި ކޮށްފިއެވެ.

ސިޔާސީ މަގާމެއްގައި ހުރި މީހަކު ފިޔަވާ އެއްވެސް އިތުރު މީހަކު ވަޒީފާ އިން ވަކި ނުކުރާނެ ކަމަށް މުއިއްޒު ރިޔާސީ ކެމްޕޭނުގައި ވަދުވެފައިވާއިރު، ރ. މަޑުއްވަރީ އަލިރެސް މުހައްމަދު ނިޝާމް އާރުޑީސީގައި އަދާ ކުރާ ވަޒީފާ އިން ވަކި ކުރިކަން ކުއްލި ގޮތަކަށް ވަނީ އަންގާފައެވެ.

Advertisement - newsAdvertisement

ސީނިއަރ ބިލްޑިން މެއިންޓަނަންސް އޮފިސަރު ގެ މަގާމުގައި ހުރި ނިޝާމް މަގާމުން ވަކި ކުރި ސަބަބެއް ކަމަށް ޗިޓު ގައި އޮތީ އެ "ކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޕޮލިސީ" އަށް ރިއާޔަތް ކޮށްފައި ކަމުގައެވެ.

އޮކްޓޯބަރު 8 ވަނަ ދުވަހު ނިޝާމް ވަޒީފާ އިން ވަކި ކުރީ ނޯޓިސް ދިނުމުގެ ބަދަލުގައި އެންމެ އަވަހަށް ވަޒީފާ އިން ވަކި ކުރެވޭނެ ގޮތް ހެދުމުގެ ގޮތުން އިތުރު އެއް މަސް ދުވަހުގެ މުސާރަ ދޭ ގޮތައް ކަން ފާހަގަ ކުރެވެއެވެ.

އެމްޑީޕީ ގެ ގާނޫނީ ޓީމުން ބުނެފައިވަނީ ނިޝާމް ވަޒީފާ އިން ވަކި ކުރި މައްސަލަ ވަޒީފާ އާ ބެހޭ ޓްރިބިއުނަލް އަށް ހުށަހަޅާނެ ކަމުގައެވެ.

ވަޒީފާ އިން ވަކި ކުރުމާ ބެހޭ ގޮތުން އެކްސް ގައި ކުރި ޕޯސްޓެއްގައި "މުހިންމީ ގައުމު، ނުހުއްޓުވޭނެ،" ކަމަށް ނިޝާމް ބުނެފައިވެއެވެ.

އާރްޑީސީމުހައްމަދު ނިޝާމްވަޒީފާއިން ވަކިކުރުންލޫޓުވައިފި މުޒާހަރާ

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!

23 ނޮވެމްބަރު 2025
ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!
24 އޮކްޓޯބަރު 2025

މި ސަރުކާރުން ދެ ލައްކަ ރުފިޔާ އަށް ކަޓު ނަގައިގެން، ކުށްވެރިންގެ ފައިގައި ޓެގް އަޅުވާކަމުގެ ތުހުމަތު!

24 އޮކްޓޯބަރު 2025
މި ސަރުކާރުން ދެ ލައްކަ ރުފިޔާ އަށް ކަޓު ނަގައިގެން، ކުށްވެރިންގެ ފައިގައި ޓެގް އަޅުވާކަމުގެ ތުހުމަތު!
23 އޮކްޓޯބަރު 2025

އޮކްޓޫބަރު 3 ގެ މުޒާހަރާއާއި ގުޅިގެން ޒާޔާ ފުލުހަށް ހާޒިރު ކޮށް، ބަޔާން ނަގައިފި

23 އޮކްޓޯބަރު 2025
އޮކްޓޫބަރު 3 ގެ މުޒާހަރާއާއި ގުޅިގެން ޒާޔާ ފުލުހަށް ހާޒިރު ކޮށް، ބަޔާން ނަގައިފި
21 އޮކްޓޯބަރު 2025

ފޭސްބުކްގައި ޒާޔާ ކުރި ޕޯސްޓްގެ މައްސަލަ ބަލަނީ ވައްކަމާއި ޚިޔާނާތުގެ މައްސަލަ ބަލާ ޑިޕާޓްމަންޓުން!

21 އޮކްޓޯބަރު 2025
ފޭސްބުކްގައި ޒާޔާ ކުރި ޕޯސްޓްގެ މައްސަލަ ބަލަނީ ވައްކަމާއި ޚިޔާނާތުގެ މައްސަލަ ބަލާ ޑިޕާޓްމަންޓުން!
21 އޮކްޓޯބަރު 2025

ބޮޑު މުޒާހަރާ އާއި ގުޅިގެން ޒާޔާ އާއި ނަޖުދާ ފުލުހަށް ހާޒިރު ކުރަނީ - ޒާޔާ އަށް ފުލުފުލުގައި ޗިޓު

21 އޮކްޓޯބަރު 2025
ބޮޑު މުޒާހަރާ އާއި ގުޅިގެން ޒާޔާ އާއި ނަޖުދާ ފުލުހަށް ހާޒިރު ކުރަނީ - ޒާޔާ އަށް ފުލުފުލުގައި ޗިޓު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު