Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާރުޑީސީން ބޭއަދަބީ ބަސް ބޭނުންކުރުން

ބޮޑު މުސާރައިގައި ކޮންސަލްޓަންޓުން ނަގާތީ އެވާހަކަ ދެއްކުމުން އާރުޑީސީގެ ރަސްމީ އެކްސް އެކައުންޓުން އަވަގުރާނަ ގޮވައިފި

އާރުޑީސީ މީޑިއާއިން ކުރި ޕޯސްޓު ވަނީ ފަހުން ޑިލީޓްކޮށްލާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 ޖުލައި 2024 | އާދީއްތަ 15:12
އާރުޑީސީގެ މީޑިއާ އެކްސް އެކައުންޓުން އަވަގުރާނަ ގޮވާފައި ކުރި ޕޯސްޓް

އާރުޑީސީގެ މީޑިއާ އެކްސް އެކައުންޓުން އަވަގުރާނަ ގޮވާފައި ކުރި ޕޯސްޓް

ރޯޑް ޑިވަލަޕްމަންޓު ކޯޕަރޭޝަނުން ބޮޑު މުސާރައިގައި ކޮންސަލްޓަންޓުން ނަގާތީ އެވާހަކަ ދެއްކުމުން އާރުޑީސީގެ އެކްސް އެކައުންޓަކުން އަވަގުރާނަ ގޮވައިފިއެވެ.

ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއްކަމަށްވާ އެކްސްގައި، އެ ކުންފުނިން ނެރެފައިވާ މެމޯއަކާއެކު އެކްސްގައި ޕޯސްޓެއްކޮށްފައިވަނީ އެ ކުންފުނީގައި ކުރިން މަސައްކަތް ކުރި މުވައްޒަފެކެވެ. އަހުމަދު (ދޮންކޮޅު) އެކްސްގައި ޕޯސްޓުކުރި މެމޯއަކީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ނަބީހު އަފީފު މުވައްޒަފުންނާއި ޑިމާޓްމަންޓުތަކުގެ އިސްވެރިންނަށް ފޮނުވާފައިވާ މެމޯއެކެވެ.

Advertisement - newsAdvertisement

އެގޮތުން މެމޯގައި ވަނީ ކޯޕަރޭޝަންގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން ކުންފުނީގެ ހިއުމަން ރިސޯސް މަސައްކަތްތަކާއި ރިޕެއަރ އެންޑް މެއިންޓަނަންސްގެ މަސައްކަތްތައް ތަރުތީބުކުރުމަށްޓަކައި އެ ކޯޕަރޭޝަނާއި އަލަށް ގުޅިވަޑައިގެން 2 ކޮންސަލްޓެންޓުންގެ މަސައްކަތަށް އެއްބާރުލުން ދިނުމަށެވެ.

މި މެމޯއާއެކު އޭނާ އެކްސްގައި ކުރި ޕޯސްޓުގައި، ހަރަދު ކުޑަ ކުރަން އާދައިގެ ސްޓާފް އޯޓީ ކަނޑާލާފަ ކޮންސަލްޓަންޓްގެ ގޮތުގައި ބޭކާރު ބަޔެއް ބޮޑު މުސާރާއިގަ ނެގީމަ ހަރަދު ކުޑަވޭތޯ ސުވާލުކޮށް އާރުޑީސީގެ ރަސްމީ އެކްސް އެކައުންޓު ޓެގްކޮށްފައިވެއެވެ.

އަދި އޭނާގެ ޕޯސްޓަށް ރައްދުދީ އާރުޑީސީގެ ރަސްމީ މީޑިއާ އެކައުންޓުން އަވަގުރާނަލިޔެ ބުނެފައިވަނީ އާރުޑީސީއޭ ކިޔާފައި އެއްޗެހި ނުކިޔުމަށެވެ. އަދި އެ ޕޯސްޓް ވަނީ ފަހުން ޑިލީޓްކޮށްފައެވެ. މިއާއެކު އަހުމަދު ކުރި އެހެން ޕޯސްޓެއްގައި އެ ޕޯސްޓު ޖެހީ ކާކުންކަން އިނގޭ މޭރުމަކުން ވަނީ ލިޔެފައެވެ. އޭގައި ބުނެފައިވަނީ "އަދި އެވެސް އެކީގަ މަސައްކަތް ކުރި މީހުން. މީ އާރުޑީސީ އަށް އެއްޗެއް ނުކިޔާ އިރު ވާ ވަރު. މަށަށް އިނގޭ އާރުޑީސީގެ ކަންތަކުގެ ވާހަކަ ލިޔާ ނަމަ ކިހާ ވަރެއް އަރުވާލާނެބާ؟ ޝުކުރިއްޔާ އެކީގަ މަސައްކަތް ކުރި ޓީމް އަށް" ކަމަށެވެ.

ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން މުވައްޒަފުން ވަޒީފާއިން ވަކިކޮށް، 35،000 ރުފިޔާގެ މުސާރަ ލިބޭގޮތަށް ވަނީ ދެ ކޮންސަލްޓަންޓުން ނަގާފައެވެ. އަދި ހަރަދު ކުޑަކުރުމަށް ކަމަށް ބުނެ މުވައްޒަފުންގެ އޯޓީވެސް ވަނީ ކަނޑާލާފައެވެ. ނަމަވެސް މި ފަހުން ނެގި ދެ ކޮންސަލްޓަންޓުންނަށް މަހެއްގެ މައްޗަށް 70،000 ރުފިޔާ ހަރަދުވާނެއެވެ.

އާރްޑީސީ

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!

23 ނޮވެމްބަރު 2025
ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!
19 އޮކްޓޯބަރު 2025

އާރުޑީސީގެ މުވައްޒަފުންނަށް ފެބްރުއަރީ މަހުން ފެށިގެން ޕެންޝަން ފައިސާ ޖަމާ ނުވޭ

19 އޮކްޓޯބަރު 2025
އާރުޑީސީގެ މުވައްޒަފުންނަށް ފެބްރުއަރީ މަހުން ފެށިގެން ޕެންޝަން ފައިސާ ޖަމާ ނުވޭ
14 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި ދެބެއިން އާރުޑީސީގެ ވަޒީފާ އިން ވަކިކޮށްފި

14 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި ދެބެއިން އާރުޑީސީގެ ވަޒީފާ އިން ވަކިކޮށްފި
08 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި އާރުޑީސީގެ މުވައްޒަފަކު ވަޒީފާ އިން ވަކި ކޮށްފި

08 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި އާރުޑީސީގެ މުވައްޒަފަކު ވަޒީފާ އިން ވަކި ކޮށްފި
04 އޮކްޓޯބަރު 2025

އާރްޑީސީގެ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ އެތައް މަހެއް

04 އޮކްޓޯބަރު 2025
އާރްޑީސީގެ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ އެތައް މަހެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު