Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕެންޝަން ފައިސާ ޖަމާނުކުރުން

އާރްޑީސީގެ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ އެތައް މަހެއް

ޕެންޝަން ފައިސާ ބައެއް ބޭފުޅުން ބޭނުންކޮށްފައިވާ ކަމަށް ވެސް މުވައްޒަފުން ތުހުމަތުކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 4 އޮކްޓޯބަރު 2025 | ހޮނިހިރު 08:31
އާރުޑީސީގެ މުވައްޒަފުންތަކެއް މަސައްކަތުގައި

އާރުޑީސީގެ މުވައްޒަފުންތަކެއް މަސައްކަތުގައި

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ އެތައް މަހެއް ވެއްޖެއެވެ.

އާރްޑީސީގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ގިނަ މުވައްޒަފުންގެ ޕެންޝަން ފަންޑަށް ފައިސާ ޖަމާކޮށްފައިނުވާ ކަމަށެވެ. ބައެއް މުވައްޒަފުންނަށް ފެބްރުއަރީ މަހާއި، މާރޗް މަހުން ފެށިގެން ވެސް ފައިސާ ޖަމާވެފައިނުވާކަން އެމުވައްޒަފުން ބުންޏެވެ.

Advertisement - newsAdvertisement

މި މައްސަލަ ސަމާލުކަމަށް އައީ މިދިޔަ ހަފްތާ ތެރޭގައިކަން ފާހަގަކޮށް އާރްޑީސީގެ މުވައްޒަފުން ބުނީ، ކުއްލި ބައްދަލުވުމެއް އާރްޑީސީގެ ހެޑް އޮފީހުގައި ބޭއްވި ކަމަށެވެ. މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް ވަނީ މިމައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށާއި، 15 ދުވަހުގެ ތެރޭގައި ޕެންޝަން ފައިސާ ޖަމާވާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް އެ މުވައްޒަފުން ބުނެއެވެ.

މުވައްޒަފުން ބުނީ، ޕެންޝަން ފައިސާ ޖަމާނުވި ނަމަވެސް ކޮންމެ މަހެއްގައި މުސާރައިން ޕެންޝަންގެ ފައިސާ ކަނޑާފައިވާ ކަމަށެވެ. އަދި އެ ފައިސާ ބައެއް ބޭފުޅުން ބޭނުންކޮށްފައިވާ ކަމަށް ވެސް މުވައްޒަފުން ތުހުމަތުކޮށްފައިވެއެވެ.

މީގެ އިތުރުން އާރްޑީސީގެ މުވައްޒަފުން ބުނީ، އިތުރުގަޑީގެ ފައިސާ ވެސް މިހާރު ލިބެނީ ވަރަށް އުދަނގުލުން ކަމަށާއި، ދެމީހެއްގެ ސޮއާއެކު ޚާއްސަ އީމެއިލްއެއް ކުރަން ޖެހޭ ކަމަށެވެ. އަދި ފަސޭހައިން އިތުރުގަޑީގެ ފައިސާގެ އެޕްރޫވް ލިބެނީ ސިޔާސީ ގޮތުން ބާރުވެރި މީހުންނަށް ކަމަށާއި، އެފަދަ ބޭފުޅުންނާ ގާތްގުޅުންތައް އޮންނަ މީހުންނަށް ކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ.

މިމައްސަލައާ ގުޅިގެން އާރްޑީސީގެ އިސްބޭފުޅެއްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

އާރްޑީސީޕެންޝަން ފަންޑްއިތުރު ގަޑީގެ ފައިސާރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!

23 ނޮވެމްބަރު 2025
ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!
06 ނޮވެމްބަރު 2025

މިއަހަރުގެ އެޕްރީލް 8 ގައި އާރްޑީސީ އާ ހަވާލުކުރި އައްޑޫ ލިންކް ރޯޑުގެ މަސައްކަތް، 7 މަސް ފަހުން ފަށައިފި

06 ނޮވެމްބަރު 2025
މިއަހަރުގެ އެޕްރީލް 8 ގައި އާރްޑީސީ އާ ހަވާލުކުރި އައްޑޫ ލިންކް ރޯޑުގެ މަސައްކަތް، 7 މަސް ފަހުން ފަށައިފި
06 ނޮވެމްބަރު 2025

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު
02 ނޮވެމްބަރު 2025

ޕޭ ފްރޭމްވާރކް އިސްލާހުކުރީ މުވައްޒަފުންނަށް ލިބޭ އިތުރުގަޑީގެ ފައިސާ ކުޑަވާ ގޮތަށް، ފާޑުކިޔުން އިންތިހާ!

02 ނޮވެމްބަރު 2025
ޕޭ ފްރޭމްވާރކް އިސްލާހުކުރީ މުވައްޒަފުންނަށް ލިބޭ އިތުރުގަޑީގެ ފައިސާ ކުޑަވާ ގޮތަށް، ފާޑުކިޔުން އިންތިހާ!
26 އޮކްޓޯބަރު 2025

ރާއްޖެ މިދަނީ "މުގާބޭ އިކޮނޮމީ" އަކާ ދިމާލަށް: ބޮންޑާ

26 އޮކްޓޯބަރު 2025
ރާއްޖެ މިދަނީ "މުގާބޭ އިކޮނޮމީ" އަކާ ދިމާލަށް: ބޮންޑާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު