Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުލަކުގެ މަގު ހެދުމުގެ މަޝްރޫއު

ރައީސް މުއިއްޒު މ.އަތޮޅަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން މުލަކުގެ މަގުތަކުގައި ޖަހާފައިވާ ގައުތައް ޕެކްކޮށް އެއަތޮޅު އެހެން ދެރަށަކަށް ގެންދަނީ

މިދިޔަ 4 މަހު މަގު ހެދުމުގެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 13 ސެޕްޓެމްބަރު 2025 | ހޮނިހިރު 08:06
މުލަކުގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ޖަހާފައިހުރި ގައުތަކެއް ނަގައި، ޕެކް ކުރަނީ

މުލަކުގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ޖަހާފައިހުރި ގައުތަކެއް ނަގައި، ޕެކް ކުރަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މ.އަތޮޅަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން މުލަކުގައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރާ މަގުތަކުގައި ޖަހާފައިވާ ގައުތައް ނަގައި ޕެކްކޮށް އެއަތޮޅުގެ އެހެން ދެރަށަކަށް ގެންދިއުމަށް ނިންމައިފިއެވެ.

ރާއްޖެއެމްވީއަށް މުލަކު ކައުންސިލްގެ ރައީސް އަހުމަދު ޖަމާލް ވިދާޅުވީ އެރަށުގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު އެއްކޮށް ނުނިމޭ ކަމަށާއި، މިސަރުކާރާއެކު އެ މަޝްރޫއުގެ މަސައްކަތުގެ ސްޕީޑް ވަރަށް ލަސްވެފައިވާ ކަމަށެވެ. އަދި މިދިޔަ 4 މަހު މަގު ހެދުމުގެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މ.އަތޮޅަށް ރައީސް މުއިއްޒު ވަރަށް އަވަހަށް ވަޑައިގަންނަވާކަން ފާހަގަކުރައްވައި ޖަމާލް ވިދާޅުވީ އެރަށުގެ ދެ މަގެއްގެ ކަންމަތީގައި ޖަހާފައިހުރި ގައުތައް ނަގައި، ދޮވެ ސާފުކޮށް ޕެކްކޮށްފައިވާ ކަމަށެވެ. އެސައިޓުގައި މަސައްކަތް މުވައްޒަފުންނާ ހަވާލާދީ ޖަމާލް ވިދާޅުވީ ގައުތައް ނަގައި، ޕެކް ކޮށްފައިވަނީ ކޮޅުފުށީ އަދި މުލީގެ މަގު ހެދުމުގެ މަޝްރޫއު އިފްތިތާހް ކުރާ ރަސްމިއްޔާތަށް ގެންދިއުމަށާއި، ކޮންމެ ރަށަކަށް 80 ގައު ގެންދަން ޖެހޭ ކަމަށް އެ މުވައްޒަފުން ބުނެފައިވާ ކަމަށެވެ. އަދި ވިދާޅުވީ މި ކަންކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ސަރުކާރުގެ ފަރާތުން ކައުންސިލަށް ލިބިފައިނުވާ ކަމަށެވެ.

ޖަމާލް ވިދާޅުވީ މުލަކުގެ މަގުތައް ނުނިމޭއިރު، ޖަހާފައިހުރި ގައުތައް އެހެން ރަށްތަކަށް ގެންދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މުލަކުގެ މަގު ހެދުމުގެ މަޝްރޫއު

މުލަކުގެ މަގު ހެދުމުގެ މަޝްރޫއު

ތަރައްގީގެ ހުރިހާ މަޝްރޫއެއް ހުއްޓިފައިވާކަން ފާހަގަކުރައްވައި ޖަމާލް ވިދާޅުވީ މަގު ހެދުމުގެ މަސައްކަތް ކުރަމުންދާ އާރްޑީސީއާ އައުޓްޑޯ ޖިމް އަދި ޔޫތް ސެންޓަރު އެޅުމަށް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ރައީސް މުއިއްޒުގެ މިފަހަރުގެ ދަތުރުފުޅުގައި ޕޮލިސް ސްޓޭޝަން އެޅުމަށް އާރްޑީސީއާ ހަވާލު ކުރުމަށް ނިންމާފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.ނަމަވެސް އާރްޑީސީއަށް އެއްވެސް މަސައްކަތެއްގެ އަމަލީ މަސައްކަތް ކުރިއަށް ނުގެންދެވޭ ކަމަށާއި، މިއީ ރަށުގެ ތަރައްގީއަށް ދޭ ގެއްލުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މުލަކުގެ މަގުތަކުން ގައުތައް ނަގައިގެން ގެންދާއިރު، މަގުގެ ހެދުމުގެ މަޝްރޫއާ ގުޅޭގޮތުން އެންމެފަހުން އާރްޑީސީން ބުނެފައިވަނީ މިމަޝްރޫއު %68 އަށްވުރެ ބޮޑު ބައި ނިމިފައިވާ ކަމަށެވެ.

މުލަކުގެ 5.8 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުން އާރްޑީސީއާ ހަވާލުކޮށްފައިވަނީ 5 އެޕްރީލް 2021 ގައެވެ.

420 ދުވަހުން މަސައްކަތް ނިންމާގޮތަށް ހަވާލުކުރި މިމަޝްރޫއަކީ 106,230,722.25 ރުފިޔާ (ސަތޭކަ މިލިއަން ދެލައްކަ ތިރީސްހާސް ހަތްސަތޭކަ ބާވީސް ރުފިޔާ ފަންސަވީސް ލާރި) ސަރުކާރުގެ ބަޖެޓުން ޚަރަދުކުރާ މަޝްރޫއެކެވެ. މަގުގައި ތާރު އެޅުމުގެ މި މަޝްރޫއުގެ ތެރެއިން މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކުރުމާއި، މަގުބައްތި ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސް މުއިއްޒުށ. އަތޮޅުމުލަކުއާރްޑީސީމަގު ހެދުންއަހުމަދު ޖަމާލްމ.އަތޮޅު

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
05 ޑިސެމްބަރު 2025

ވާނުވާ ބަންދު އުވާލަން ގަދަބަސް ވިދާޅުވެ ވެރިކަމަށް އަރައިވަޑައިގެން ވިދާޅުވަނީ އެހެން ލަވައެއް

05 ޑިސެމްބަރު 2025
ވާނުވާ ބަންދު އުވާލަން ގަދަބަސް ވިދާޅުވެ ވެރިކަމަށް އަރައިވަޑައިގެން ވިދާޅުވަނީ އެހެން ލަވައެއް
05 ޑިސެމްބަރު 2025

ރައްޔިތުންނަށް ވާނުވާ ނޭނގޭ ގޮތައް ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ ތާރީޚު ފަސްކުރީ ކީއްވެ؟

05 ޑިސެމްބަރު 2025
ރައްޔިތުންނަށް ވާނުވާ ނޭނގޭ ގޮތައް ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ ތާރީޚު ފަސްކުރީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު