Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާރުޑީސީ

ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި ދެބެއިން އާރުޑީސީގެ ވަޒީފާ އިން ވަކިކޮށްފި

ސިޔާސީ މަގާމެއްގައި ހުރި މީހަކު ފިޔަވާ އެއްވެސް މީހަކު ވަޒީފާއިން ވަކި ނުކުރާނެކަމަށް ބުނި ނަމަވެސް، އޮކްޓޯބަރު 3 ގެ އިހުތިޖާޖުގައި ބައިވެރިވި ގިނަ ބަޔަކު ވަނީ ވަޒީފާއިން ވަކިކޮށްފަ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2025 | އަންގާރަ 13:40
އޮކްޓޯބަރު 3 ގެ މުޒާހަރާއަށްފަހު ރައީސް މުއިއްޒުގެ ސަރުކާރުން އިދިކޮޅުފަރާތްތަކުގެ އަޑު ކަނޑުވާލަން ގިނަ މަސައްކަތްތަކެއް ކުރާކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރޭ

އޮކްޓޯބަރު 3 ގެ މުޒާހަރާއަށްފަހު ރައީސް މުއިއްޒުގެ ސަރުކާރުން އިދިކޮޅުފަރާތްތަކުގެ އަޑު ކަނޑުވާލަން ގިނަ މަސައްކަތްތަކެއް ކުރާކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރޭ

ލޫޓުވައިފި، ލޫޓުވައިފި ނަމުގައި އޮކްޓޯބަރު 3 ވަނަ ދުވަހު މާލޭގައި އެމްޑީޕީ އިން ބޭއްވި ބޮޑު މުޒާހަރާގައި ބައިވެރިވި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގައި މަސައްކަތްކުރާ އެއްބަނޑުއެއްބަފާ ދެބެއިން ވަޒީފާއިން ވަކިކޮށްފިއެވެ.

އާރުޑީސީ ގެ ހެޑް އޮފް ހިއުމަން ރިސޯސަސް އަހުމަދު ފަހުމީ އޮކްޓޯބަރ 13 ވަނަ ދުވަހު ސޮއިކުރައްވާ، ވަޒީފާއިން ވަކި ކުރިކަމުގެ ލިޔުން މި ދެ މުވައްޒަފުންނަށް ވަނީ ފޮނުވާފައެވެ. ވަޒީފާއިން ވަކިކޮށްފައިވަނީ އާރުޑީސީ ހެޑް އޮފީހުގެ އައިސީޓީ ޑިޕާޓްމެންޓްގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމުގައިހުރި އަހްމަދު އަދީބް އަދި އާރްޑީސީ މާލެ ސައިޓްގެ ސީނިއަރ އިންވެންޓްރީ މެނޭޖްމެންޓް އޮފިސަރުގެ މަގާމުގައި ހުރި މުހައްމަދު އަރީބް އެވެ.

Advertisement - newsAdvertisement

ސިޔާސީ މަގާމެއްގައި ހުރި މީހަކު ފިޔަވާ އެއްވެސް އިތުރު މީހަކު ވަޒީފާ އިން ވަކި ނުކުރާނެ ކަމަށް ރައީސް މުއިއްޒު ރިޔާސީ ކެމްޕޭނުގައި ވަދުވެފައިވާއިރު އޮކްޓޯބަރު 3 ގެ އިހުތިޖާޖުގައި ބައިވެރިވުމާ ގުޅިގެން ސަރުކާރުގެ ބައެއް މުއައްސަސާތަކަށް ނިސްބަތްވާ މުވައްޒަފުންތަކެއް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އަދި މީގެ އިތުރުންވެސް ވީވައުދާ ހިލާފުވެ، ސިޔާސީގޮތުން ހިޔާލުތަފާތުވާ މީހުންނަށް މިސަރުކާރުން ދަނީ އެތަކެއް ދުއްތުރާތަކެއް ކުރަމުންނެވެ.

ވަޒީފާއިން ވަކިކުރުމުގެ އިތުރުން އެމްޑީޕީ އަށް ނިސްބަތްވާ ބައެއް ފަރާތްތަކުގެ ފޯނު ފުލުހުން މެދުވެރިކޮށް ހިފަހައްޓާ އެ ފަރާތްތަކުގެ ޒާތީ ފޮޓޯތައް ލީކުކުރުމުގެ ހަރަކާތެއްވެސް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ފަށާފައެވެ.

މީގެ އިތުރުން ލޫޓުވައިފި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި 6 މީހަކު އަދިވެސް ވަނީ ދޫނިދޫ ޖަލުގައި ބަންދުކޮށްފައެވެ. އަދި އޭސީސީ ފަދަ މިނިވަން މުއައްސަސާތައް މެދުވެރިކޮށް އެއްވެސް އަސާސެއްނެތް ތުހުމަތު ތަކެއްކޮށް، ކުރީ ސަރުކާރުގެ ވަޒީރުންގެ މައްސަލަތައް ބެލުމުގެ ސިލްސިލާއެއް ރައީސް މުއިއްޒު ވަނީ ފައްްޓަވާފައެވެ.

މިއިން ކޮންމެ ކަމަކީ ވެސް އިދިކޮޅު ފަރާތްތަކަށް ބިރުދެއްކުމަށާއި އަދި ހުރިހާ އިދިކޮޅު އަޑުތަކެއް ކަނޑުވާލުމަށް ކުރެވޭ ސިޔާސީ މަސައްކަތެއްކަން ޝައްކެއްނެތް މިންވަރަށް ސާބިތުވާ ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީ އިން ވަނީ ބުނެފައެވެ. އަދި މިފަދަ ފިނޑި ޢަމަލުތަކަކީ މި ސަރުކާރުގެ ނާކާމިޔާބުކަމުގެ ހެއްކެއް ކަމަށާއި އަދި އާންމުންގެ މައްޗަށް ބާރު ހިންގުމަށް ސަރުކާރުން ކުރާ ނާކާމިޔާބު މަސައްކަތުގެ ހެއްކެއް ކަމަށް ވެސް އެމްޑީޕީ އިން ވަނީ ބުނެފައެވެ.

ރައީސް މުއިއްޒުއާރްޑީސީއެމްޑީޕީލޫޓުވައިފި މުޒާހަރާވަޒީފާއިން ވަކިކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު