Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާރްޑީސީ

އާރުޑީސީގެ މުވައްޒަފުންނަށް ފެބްރުއަރީ މަހުން ފެށިގެން ޕެންޝަން ފައިސާ ޖަމާ ނުވޭ

19 އޮކްޓޯބަރު 2025 | އާދީއްތަ 12:19

އާރުޑީސީ އިން މުވައްޒަފުންގެ މުސާރަ އިން ޕެންޝަން ކޮންޓްރިބިއުޝަން އުނިކުރި ނަމަވެސް ވޭތުވެދިޔަ 8 މަސް ދުވަހު ޕެންޝަން ފަންޑަށް ފައިސާ ޖަމާކޮށްފައެއް ނުވޭ

ރާއްޖެ އެމްވީ | 19 އޮކްޓޯބަރު 2025 | އާދީއްތަ 12:19
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް ރައީސް މުއިއްޒު އާ ސަލާމް ކުރައްވަނީ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް ރައީސް މުއިއްޒު އާ ސަލާމް ކުރައްވަނީ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މުވައްޒަފުންނަށް މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޕެންޝަން ފަންޑަށް ފައިސާ ޖަމާ ނުވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

އެކުންފުނީ ގައި މަސައްކަތް ކުރާ މުވައްޒަފަކު ނަން ނުޖެހުމަށް ޝަރުތު ކޮށް މި ނޫހަށް މައުލޫމާތު ދިން ގޮތުގައި، ކުންފުނިން ޕެންޝަން ފަންޑަށް ފައިސާ ޖަމާ ނުކުރި ނަމަވެސް މުވައްޒަފުންނަށް މުސާރަ ދީފައިވަނީ ޕެންޝަނަށް ވާ ފައިސާ ވަނީ އުނިކޮށްފައި ކަމަށެވެ.

Advertisement - newsAdvertisement

ފާއިތުވި 8 މަސް ދުވަހުގެ ޕެންޝަން ފައިސާ ޖަމާކޮށްފައި ނުވަނީ ކޮން ސަބަބަކާ ހެދި ކަމެއް މުވައްޒަފުންނަށް ކުންފުނިން އަންގާފައި ނުވާ ކަމަށް ވެސް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.

ރިޓަޔަމަންޓް ޕެންޝަން ސްކީމަށް ވަޒީފާދޭ ފަރާތުންނާއި ވަޒީފާއަދާކުރާ ފަރާތުން ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ކޮންމެ މަހަކު މުވައްޒަފުގެ އަސާސީ މުސާރައިގެ %7 (ދެ ފަރާތުން ޖުމްލަ %14) ދައްކަން ޖެހެއެވެ.

އާރުޑީސީ އަކީ ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. މިއީ 2019 ވަނަ އަހަރު މަގު ހެދުމުގެ މަސައްކަތައް އުފައްދާފައިވާ ކުންފުންޏެކެވެ. އޮޑިޓް އޮފީހުން އެންމެ ފަހުން އާންމު ކޮށްފައިވާ އޮޑިޓް ރިޕޯޓުގައިވާ ގޮތުން 31 ޑިސެމްބަރު 2021 ގެ ނިޔަލަށް 152.3 މިލިއަން ރުފިޔާގެ ގެއްލުން ކުންފުންޏަށް ވަނީ ޖަމާވެފައެވެ.

ކުންފުނީގެ މާލީ ހާލަތު ހުރި ގޮތުން ކުންފުނި ހިންގިދާނެތޯ އޮޑިޓް ރިޕޯޓުގައި ވަނީ ސުވާލު އުފައްދާފައެވެ. އެހެން ނަމަވެސް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން އެ ކުންފުނި ހިންގުމަށް ބޭނުންވާ ފައިސާ ދޫކުރާނެ ކަމަށް ބުނެފައިވާ ކަމަށް ވެސް ރިޕޯޓުގައި ވެއެވެ. އެހެން ކަމާއެކު ކުންފުނި ހިނގުން ބިނާވާނީ ފިނޭންސް މިނިސްޓްރީން ފޯރުކޮށްދޭ މާލީ އެހީތެރި ކަމުގެ މައްޗަށް ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

މަގު ހެދުމުގެ މަގްސަދު ގައި އުފެއްދި ކުންފުންޏެއް ނަމަވެސް މި ސަރުކާރުން އާރުޑީސީ އަށް ތަފާތު ބާވަތްތަކުގެ މަޝްރޫއުތައް ގެންދަނީ ހަވާލު ކުރަމުންނެވެ. އެ ގޮތުން އައުޓޯ ޖިމް އެޅުމާއި، ފުޓްސަލް ސްޓޭޑިއަމް ހެދުމާއި، ހޮސްޕިޓަލް އިމާރާތް ކުރުމާއި، ނަރުދަމާގެ މަޝްރޫއުތަކާއި، ހެލްތު ސެންޓަރާއި ހޮސްޕިޓަލް އެޅުން ފަދަ މަޝްރޫއުތައް ވެސް ވަނީ އާރުޑީސީ އާ ހަވާލު ކޮށްފައެވެ.

އާރްޑީސީޕެންޝަން ފަންޑް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!

23 ނޮވެމްބަރު 2025
ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!
06 ނޮވެމްބަރު 2025

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު
26 އޮކްޓޯބަރު 2025

ރާއްޖެ މިދަނީ "މުގާބޭ އިކޮނޮމީ" އަކާ ދިމާލަށް: ބޮންޑާ

26 އޮކްޓޯބަރު 2025
ރާއްޖެ މިދަނީ "މުގާބޭ އިކޮނޮމީ" އަކާ ދިމާލަށް: ބޮންޑާ
23 އޮކްޓޯބަރު 2025

ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު

23 އޮކްޓޯބަރު 2025
ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު
21 އޮކްޓޯބަރު 2025

ދެއްކި ވާހަކަތަކާއި ހިލާފަށް މިސްމެނޭޖްމަންޓުގެ ސަބަބުން މި ސަރުކާރަށް ފައިސާ ޗާޕުކުރުން ނޫން އެހެން ގޮތެއް ނެތް: ފައްޔާޒު

21 އޮކްޓޯބަރު 2025
ދެއްކި ވާހަކަތަކާއި ހިލާފަށް މިސްމެނޭޖްމަންޓުގެ ސަބަބުން މި ސަރުކާރަށް ފައިސާ ޗާޕުކުރުން ނޫން އެހެން ގޮތެއް ނެތް: ފައްޔާޒު
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
20 އޮކްޓޯބަރު 2025

ފައިސާ ޗާޕުކޮށް، ބިލިއަނުން ސަރުކާރަށް ފައިސާ ހޯދުމަށް އަލަށް މި ފަށަނީ ޣައިރު ޤާނޫނީ، ނުރައްކާތެރި ކަމެއް: އެމްޑީޕީ

20 އޮކްޓޯބަރު 2025
ފައިސާ ޗާޕުކޮށް، ބިލިއަނުން ސަރުކާރަށް ފައިސާ ހޯދުމަށް އަލަށް މި ފަށަނީ ޣައިރު ޤާނޫނީ، ނުރައްކާތެރި ކަމެއް: އެމްޑީޕީ
20 އޮކްޓޯބަރު 2025

ޕެންޝަނަކީ މިހާރު ޓެކްސް އެއް، ޕެންޝަން ނިޒާމުގެ ފައިސާ ބޭނުން ކުރަނީ ސަރުކާރުގެ ބޭނުމަށް - ޑރ.ޝަމްހީދު

20 އޮކްޓޯބަރު 2025
ޕެންޝަނަކީ މިހާރު ޓެކްސް އެއް، ޕެންޝަން ނިޒާމުގެ ފައިސާ ބޭނުން ކުރަނީ ސަރުކާރުގެ ބޭނުމަށް - ޑރ.ޝަމްހީދު
20 އޮކްޓޯބަރު 2025

"ދާއިމީ ބައްޔެއް ތަހައްމަލް ކުރާ މީހުންނަށް ޕެންޝަން ފަންޑުން ފައިސާ ދޫކުރެވޭނެ ގޮތެއް ހޯދެން ޖެހޭ"

20 އޮކްޓޯބަރު 2025
"ދާއިމީ ބައްޔެއް ތަހައްމަލް ކުރާ މީހުންނަށް ޕެންޝަން ފަންޑުން ފައިސާ ދޫކުރެވޭނެ ގޮތެއް ހޯދެން ޖެހޭ"
20 އޮކްޓޯބަރު 2025

ފައިސާ ޗާޕުކޮށްގެން ސަރުކާރަށް 2.5 ބިލިއަން ރުފިޔާ ޕެންޝަން ފަންޑު މެދުވެރިކޮށް ހޯދުމާ ބެހޭ ގޮތުން ގޮތެއް ނިންމަން މިއަދު ބޯޑުގެ ބައްދަލުވެއް ބާއްވަނީ

20 އޮކްޓޯބަރު 2025
ފައިސާ ޗާޕުކޮށްގެން ސަރުކާރަށް 2.5 ބިލިއަން ރުފިޔާ ޕެންޝަން ފަންޑު މެދުވެރިކޮށް ހޯދުމާ ބެހޭ ގޮތުން ގޮތެއް ނިންމަން މިއަދު ބޯޑުގެ ބައްދަލުވެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް