Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޤަތަރު ވޯލްޑްކަޕް 2022

ޤަތަރު ވޯލްޑްކަޕް 2022: ހުޅުވުމުގެ ރަސްމިއްޔާތުގައި މޯގަން ފްރީމަންއާއެކު ސްޓޭޖުން ފެނުނު ޒުވާން ބަޠަލް ދަންނަންތަ؟

އޭނާގެ ނުގުޑާ ފަދަ ވަރުގަދަ ޢަޒުމާއެކު، މިއަދު ޣާނިމްއަކީ ޤަތަރުގައި ހުރި އެންމެ ހަގު ވިޔަފާރިވެރިޔާ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2022 | ހޯމަ 19:48
ފީފާ ވޯލްޑް ކަޕް 2022 ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފީފާ ވޯލްޑް ކަޕް 2022 ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފަހުގެ ތާރީޚު ދެކެފައި ނުވާ ފަދަ ބޮޑު ބަލިމަޑުކަމަކާއި، 3 ވަނަ ބޮޑު ހަނގުރާމައެއްގެ ނާމާން ރަނގަބީލާއި، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ކާރިޘާތަކާއި އެނޫންވެސް ދޭދޭ ދެބަސްވުންތަކާއި ހަމަނުޖެހުންތަކުގައި މުޅި ދުނިޔެއަށް ނުތަނަވަސްކަން ވެރިވެފައި ވާ މި ދަނޑިވަޅުގައި، ހިތްތަކަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދީ، މުޅި ދުނިޔެއަށް އުފާވެރިކަމުގެ ޢީދެއް ގެނެސްދިން އެއް ކަމަކީ ނޮވެމްބަރު 20 ވަނަ ދުވަހުގެ ރޭ، ޤަތަރުގައި ފެށި 22 ވަނަ ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތެވެ. ފީފާ ވޯލްޑްކަޕް ފުޓުބޯޅައިގެ ދިގު ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް، ޢަރަބި އިސްލާމީ ޤައުމެއްގައި މުބާރާތް ކުރިއަށް ގެންދާއިރު، މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތަށް އެތައް ބައެއްގެ ސަމާލުކަން ހުއްޓުވާލި އެކަކީ، ހޮލީވުޑްގެ ތަރި މޯގަން ފްރީމަންއާއެކު ސްޓޭޖް ހިއްސާ ކުރި ޒުވާނެކެވެ.

އެއީ މެއި 5، 2002 ވަނަ ދުވަހު މި ދުނިޔެއަށް އުފަންވި ޣާނިމް އަލް-މުފްތާހްއެވެ. ޣާނިމް އުފަންވިއިރުވެސް އެހެން ކުދިންނާ ތަފާތެވެ. ކޯޑަލް ރިގްރެޝަން ސިންޑްރޯމް (ސީޑީއެސް)އާއެކު މި ދުނިޔެއަށް ޣާނިމް އުފަންވިއިރުވެސް ޖިސްމާނީ ގޮތުން، އޭނާގެ ހަށިގަނޑުގައި އައިބުތަކެއް ހުއްޓެވެ. އުނަގަނޑުން ތިރީގެ އައިބުކަމެވެ. ނަމަވެސް، އެއީ އެއްވެސް ކަމަކީ، ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް އޮތް ހުރަހެއް ކަމުގައި އޭނާ ނުދެކެއެވެ. ކުރިމަތިލާން ޖެހޭ ކޮންމެ ގޮންޖެހުމެއް ހުރަސް ކުރަނީ، އިސް ނަގާ، ކެރި ހުރެގެންނެވެ. ޢުއްމީދީ ރޫޙެއްގައެވެ.

ޖިސްމާނީ ގޮތުން އައިބުތަކެއް ހުރި ކަމުގައި ވީ ނަމަވެސް، ޣާނިމްއަކީ ކުޅިވަރުގެ މައިދާނާ ރައްޓެހި، އަދި އެ މައިދާނަށް އަހުލުވެރި ޒުވާނެއްވެސްމެއެވެ. އެކްސްޓްރީމް ސްޕޯރޓްސްގެ ތެރޭގައި ގުނާލެވޭ ސްކޫބާ ޑައިވިންގް، ސްކޭޓްބޯޑިންގްއަދި ރޮކް ކްލައިމްބިންގް ފަދަ ކުޅިވަރުތަކަކީ، ޣާނިމް ކުޅެ އުޅޭ ކުޅިވަރުތަކެކެވެ. މި ކަންކަމަކީ ޖިސްމާނީ ފުރިހަމަ ސިއްހަތަކާއެކު، ކުޅެދޭ މީހުންނަށްވެސް ގިނަ ފަހަރު ނުކުރެވި އޮންނަ ކަން ކަމެވެ. ގަލްފް ސަރަޙައްދުގެ އެންމެ އުސް ފަރުބަދަތަކުގެ ތެރޭގައި ހިމެނޭ ޖަބަލުއް ޝަމްސަށް އަރާފައިވާ ޣާނިމް އަމާޒު ހިފާފައި ވަނީ ދުނިޔޭގެ އެންމެ އުސް ސަރަޙައްދު ކަމުގައިވާ މައުންޓް އެވަރެސްޓަށްވެސް އަރާށެވެ.

ޣާނިމްގެ ބަލީގެ ގޮތުން، މާ ގިނަ ދުވަހު ދުނިޔޭގައި ހުންނާނެ ކަމުގެ ޢުއްމީދެއް ޑޮކްޓަރުންނަކަށް ނޯވެއެވެ. ކޮންމެ އަހަރަކުވެސް ސިއްހީ ތަޖުރިބާކާރުންގެ ވަރުގަދަ ޓީމެއްގެ އެހީ ހޯދަން ޖެހެއެވެ. ނަމަވެސް ޣާނިމްގެ ހިތްވަރު، އެއަށްވުރެ މާ ގަދައެވެ. ޣާނިމްގެ ވާހަކަ އަހައިފި ކޮންމެ މީހަކަށް ހިތްވަރަކަށް ވެއެވެ. އެފަދަ ޒުވާނެއްގެ ގޮތުގައި ޣާނިމް ބޮޑު ކުރުމުގެ ބުރަ މައްސޫލިއްޔަތު އުފުލަމުން ދަނީ އޭނާގެ މައިންބަފައިންނެވެ. އާންމު ދިރިއުޅުމެއް އުޅުމަށް ޣާނިމްއަށް އެންމެ ގާތުން ހިތްވަރު ދެމުން ދަނީވެސް އޭނާގެ މައިންބަފައިންނެވެ.

އޭނާގެ ނުގުޑާ ފަދަ ވަރުގަދަ ޢަޒުމާއެކު، މިއަދު ޣާނިމްއަކީ ޤަތަރުގައި ހުރި އެންމެ ހަގު ވިޔަފާރިވެރިޔާވެސްމެއެވެ. ޣާނިމްއަކީ ޣަރިއްސާ އައިސްކްރީމް ކުންފުނީގެ ވެރިޔާއެވެ. 6 ބްރާންޗެއްގައި 60 މުވައްޒަފުން ގެންގުޅޭ ޣާނިމް އަމާޒު ހިފާފައި ހުރީ، މުޅި ގަލްފަށް އޭނާގެ ވިޔަފާރި ފަތުރާލުމަށެވެ. ތަނަވަސްކަމާ އެއްވަރަށް، ޣާނިމްއަކީ މީހުންނަށް އެހީވުމުގައިވެސް ނަމޫނާއެކެވެ. ޣާނިމް އެސޯސިއޭޝަންގެ ނަމުގައި އޭނާ ދަނީ، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފުރޮޅުލީ ގޮނޑި ފޯރުކޮށްދެމުންނެވެ.

ކުޅިވަރުގެ މައިދާނުން ބަލާއިރު، ޣާނިމް އަމާޒު ހިފާފައި ވަނީ، ޕެރަލިމްޕިއަންއަކަށް ވުމަށެވެ. ކަން މިހެން އޮތް އިރު، ޣާނިމްއާއި ފުޓުބޯޅައާ އޮތީ ކޮން ގުޅުމެއްތޯ ބަލަމާ ހިނގާށެވެ. ޣާނިމްއަކީ ފީފާގެ އެމްބެސެޑަރެކެވެ. ޣާނިމްއަކީ ފުޓުބޯޅަ ކުޅޭ ޒުވާނެކެވެ. އޭނާއާއެކީގައި އުޅޭ އެކުވެރިންނާއެކު ފުޓުބޯޅަ ކުޅުމުގައި ޣާނިމް ހަރަކާތްތެރިވަނީ ބޫޓު އަތަށް ލައްވައިގެންނެވެ.

ފީފާ ވޯލްޑްކަޕް ޤަތަރު 2022 ހުޅުވުމުގެ ރަސްމިއްޔާތުގައި ފްރީމަންއާއެކު ސްޓޭޖު ހިއްސާ ކުރަމުން ޣާނިމް ދިޔައީ ކީރިތި ޤުރުއާންގެ ޢާޔަތްތައް، އޭނާގެ ހިތްގައިމު އަޑުން އިއްވަމުންނެވެ. ސިންދަފާތުކަމާއި ބަލައިގަތުމުގެ ވަރުގަދަ މެސެޖެއް ދެމުންނެވެ.

އެތައް ބައެއްގެ ލޮލުގެ ފިނިކަން ކަމުގައިވި ޣާނިމްއަކީ މިއަދު، ޕޮލިޓިކަލް ސައެންސްގެ ރޮނގުން، ޔުނިވަރސިޓީގައި ފުރަތަމަ ޑިގްރީ ހާސިލު ކުރަމުންދާ ހިތްވަރުގަދަ ޒުވާނެކެވެ. ޑިޕްލޮމެޓަކަށް ވުމުގެ ފޮނި ހުވަފެންތައް ދެކެމުންދާ، ޢަޒުމް ވަރުގަދަ ބަޠަލެކެވެ. އެންމެ އުސް ހަރުފަތުގައި އޮތީ ޤަތަރުގެ ބޮޑުވަޒީރުކަން ކުރުމުގެ ޢަޒުމެވެ.

ޤަތަރު ފީފާ ވޯލްޑް ކަޕް 2022ޣާނިމް އަލް-މުފްތާހްގަތަރު

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމަކީ "ދޯކާ"އެއް: ވިކްޓޮފް

އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމަކީ "ދޯކާ"އެއް: ވިކްޓޮފް

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޤަތަރަށް ދޭ ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

ޤަތަރަށް ދޭ ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

02 އޮކްޓޯބަރު 2025
ޣައްޒާ ހަނގުރާމަ ނިންމުމުގެ ފުރުސަތެއް ލިބިއްޖެ ކަމަށް، ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ

ޣައްޒާ ހަނގުރާމަ ނިންމުމުގެ ފުރުސަތެއް ލިބިއްޖެ ކަމަށް، ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ

01 އޮކްޓޯބަރު 2025
އެއްބަސްވުމާ މެދު ގޮތެއް ނިންމުމަށް، ހަމާސް އަށް ވަކި މުއްދަތެއް ދީފި

އެއްބަސްވުމާ މެދު ގޮތެއް ނިންމުމަށް، ހަމާސް އަށް ވަކި މުއްދަތެއް ދީފި

01 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު