Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޤަތަރު ވޯލްޑް ކަޕް 2022

ޤަތަރު ވޯލްޑް ކަޕްގައި ވިދާލަނީ ޗައިނާގެ އުފެއްދުންތައް

މުބާރާތް ކުރިއަށްދާއިރު، ސަޕޯޓަރުންނަށް ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށް ދިނުމަށް ޤަތަރުން ވަނީ ޗައިނާގެ 1،500 ބަސް އިމްޕޯޓުކޮށްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2022 | އާދީއްތަ 13:53
މިފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ގަދަޔަށް ވިދާލާނެ ކަމަށް ބެލެވޭ އެކެއްޗަކީ ޗައިނާގެ ތަފާތު އުފެއްދުންތައް

މިފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ގަދަޔަށް ވިދާލާނެ ކަމަށް ބެލެވޭ އެކެއްޗަކީ ޗައިނާގެ ތަފާތު އުފެއްދުންތައް

ފީފާ ވޯލްޑް ކަޕް 2022 ވެގެން ގޮސްފައި މިވަނީ ޗައިނާގެ އުފެއްދުންތައް ދައްކާލުމަށް އެގައުމަށް ލިބިގެންގޮސްފައިވާ ރަނުގެ ފުރުސަތަކަށެވެ. ފުޓުބޯޅަ ސްޓޭޑިއަމްތަކުން ފެށިގެން، ކޮންޓެއިނަރތަކުގައި ތައްޔާރުކޮށްފައިވާ ކޮޓަރިތަކާއި އިލެކްޓްރިކް ބަސްތަކުންވެސް ފެނިގެންދަނީ ޗައިނާގެ އުފެއްދުންތަކެވެ.

އާދިއްތަ ދުވަހު ފެށުނު ވޯލްޑް ކަޕް މުބާރާތުގެ މައި ސްޓޭޑިއަމް ކަމަށްވާ، ލުސައިލް ސްޓޭޑިއަމް އަކީ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަންއާ ގުޅިގެން އިމާރާތްކޮށްފައިވާ ސްޓޭޑިއަމްއެކެވެ. މިއީ މިއަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވާ ސްޓޭޑިއަމެވެ.

ޤަތަރުގެ އައު 10 ރިޔާލް ފައިސާ ނޫޓުގައި ލުސައިލް ސްޓޭޑިއަމްގެ ފޮޓޯ ބޭނުންކޮށްފައިވާއިރު، މިއީ ޗައިނާގެ ކުންފުންޏަކުން ވޯލްޑް ކަޕްގެ ސްޓޭޑިއަމެއް އިމާރާތްކުރި ފުރަތަމަ ފަހަރެވެ. އަދި 80،000 ސަޕޯޓަރުންނަށް އެއްފަހަރާ ވަދެވޭގޮތަށް ފަރުމާކޮށްފައިވާ މިސްޓޭޑިއަމް އަކީ މިއަހަރުގެ ވޯލްޑް ކަޕްގައި ބޭނުންކުރާ އެންމެ ބޮޑު ސްޓޭޑިއަމްއެވެ.

ލުސައިލް ސްޓޭޑިއަމްގެ އިތުރުން އެހެން ސްޓޭޑިއަމްތައް ފަރުމާކުރުމުގައިވެސް ޗައިނާގެ ކުންފުނިތަކުން ވަނީ ހަރަކާތްތެރިވެފައެވެ.

މީގެ އިތުރުން ޤަތަރުގައި ގާއިމުކޮށްފައިވާ "ފޭން ވިލެޖް" ގާއިމުކުރުމުގައިވެސް ޗައިނާގެ ކުންފުނިތަކުން ވަނީ ހަރަކާތްތެރިވެފައެވެ. ޤަތަރުގެ ވެރިރަށް ދޯހާގެ ދެކުނުގައި ގާއިމުކޮށްފައިވާ ފޭން ވިލެޖުގައި ވަނީ ކޮންޓެއިނަރު ބޭނުންކޮށްގެން 6،000 ގެ އިމާރާތްކޮށްފައެވެ. މިއިން ކޮންމެ ގެއެއްގައި 2 މީހުންނަށް ތިބުމުގެ ޖާގަ އޮވެއެވެ. އެހެން ކަމުން ފޭން ވިލެޖުގައި ތިބުމުގެ ފުރުސަތު 12،000 ސަޕޯޓަރުންނަށް ލިބޭނެއެވެ.

މިކޮންޓެއިނަރު ގެތައް އިމާރާތްކޮށްފައި ވަނީ ޗައިނާގެ ކުންފުނިތަކުންނެވެ. ފެންވަރު ރަނގަޅު ކޮން ފަރުމާކޮށްފައިވާ ކޮންޓެއިނަރު ގެތަކުގައި ފާހަނާއަކާއި އޭސީ އަދި ފަންކާ ވަނީ ހަރުކޮށްފައެވެ.

މުބާރާތް ކުރިއަށްދާއިރު، ސަޕޯޓަރުންނަށް ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށް ދިނުމަށް ޤަތަރުން ވަނީ ޗައިނާގެ 1،500 ބަސް އިމްޕޯޓުކޮށްފައެވެ. މީގެ ތެރޭގައި 888 އިލެކްޓްރިކް ބަސް ހިމެނެއެވެ.

އެހެން ކަމުން މިފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ގަދަޔަށް ވިދާލާނެ ކަމަށް ބެލެވޭ އެކައްޗަކީ ޗައިނާގެ ތަފާތު އުފެއްދުންތަކެވެ.

ގަތަރުޤަތަރު ފީފާ ވޯލްޑް ކަޕް 2022

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމަކީ "ދޯކާ"އެއް: ވިކްޓޮފް

އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމަކީ "ދޯކާ"އެއް: ވިކްޓޮފް

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޤަތަރަށް ދޭ ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

ޤަތަރަށް ދޭ ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

02 އޮކްޓޯބަރު 2025
ޣައްޒާ ހަނގުރާމަ ނިންމުމުގެ ފުރުސަތެއް ލިބިއްޖެ ކަމަށް، ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ

ޣައްޒާ ހަނގުރާމަ ނިންމުމުގެ ފުރުސަތެއް ލިބިއްޖެ ކަމަށް، ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ

01 އޮކްޓޯބަރު 2025
އެއްބަސްވުމާ މެދު ގޮތެއް ނިންމުމަށް، ހަމާސް އަށް ވަކި މުއްދަތެއް ދީފި

އެއްބަސްވުމާ މެދު ގޮތެއް ނިންމުމަށް، ހަމާސް އަށް ވަކި މުއްދަތެއް ދީފި

01 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު