Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓެރަރިޒަމް އޮޕަރޭޝަން

ޓެރަރިޒަމް އޮޕަރޭޝަން: 5 މީހަކު ޝަރީއަތް ނިމެންދެން ބަންދު

މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2022 | އާދީއްތަ 08:35
ޓެރަރިޒަމް އޮޕަރޭޝަންގެ ފަހުގެ މައުލޫމާތު ދިނުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ޓެރަރިޒަމް އޮޕަރޭޝަންގެ ފަހުގެ މައުލޫމާތު ދިނުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އައްޑޫ ސިޓީ އާއި މާލެ އާއި ކ. ގުރައިދޫގައި ފުލުހުން ހިންގި ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކުރި 5 މީހަކު ޝަރީއަތް ނިމެންދެން ބަންދު ކޮށްފިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މިއީ ގިނަ ބަޔަކު މަރާލަންވެގެން ދޭން އުޅުނު ޓެރަރިޒަމް ހަމަލާއެއް ހުއްޓުވުމަށް ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެކެވެ.

Advertisement - newsAdvertisement

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި 14 މީހުންގެ ތެރެއިން 18އ، 33އ ގެ ދެ މީހުންގެ އިތުރުން، 35އ އަދި 46 އަހަރުގެ މީހާއަށް 15 ދުވަހުގެ ބަންދުގެ މުއްދަތު ވަނީ ދީފައެވެ.

އޭގެ އިތުރުން، 19އ، 27އ ގެ ދެ މީހުން އަދި 28 އަހަރުގެ މީހާއަށް 30 ދުވަހުގެ ބަންދުގެ މުއްދަތު ދީފައިވާއިރު، 20އ، 27އ، 30އ، 35އ އަދި 37 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުންވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި އޮޕަރޭޝަނަކީ އައްޑޫ ސިޓީގައި ހަރުކަށި ފިކުރަށް ތާއީދު ކުރާ ބަޔަކު ގޮވާތަކެތި ބޭނުންކޮށްގެން ރާއްޖޭގައި ޓެރަރިޒަމް ހަމަލާއެއްދީ ޤައުމީ ސަލާމަތައް ނުރައްކާ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންނާ ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެއެވެ.

މި އޮޕަރޭޝަނުގައި 14 މީހަކު ހައްޔަރު ކޮށްފައިވާ އެ ހުރިހާ މީހުންނަކީ ވެސް 18 އަަހަރުން މަތީގެ އައްޑުއަށް ނިސްބަތްވާ ދިވެހި ފިރިހެނުންނެވެ. އަދި މި މައްސަލައިގައި ހައްޔަރު ކުރި މީހުންނަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ތާއީދު ކުރާ ބައެއް ކަަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައިގައި އައްޑޫއިން 10 މީހަކު ހައްޔަރުކޮށްފައިވާއިރު މާލެއިން ދެ މީހަކާއި ކ. ގުރައިދޫއިން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރެއިން ނުވަ މީހުންނަކީ މީގެ ކުރިންވެސް ޓެރަރިޒަމްގެ މައްސަލަތަކެއްގައި ހައްޔަރުކޮށްފައިވާ ބައެކެވެ.

މިހާތަނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކުން އެ މީހުން މަސައްކަތް ކުރީ ގޮވާ އެއްޗެއް ބޭނުންކޮށްގެން ގިނަ ބަޔަކު މަރާލުމަށް ކަމަށާއި އެހެންވެ އޮޕަރޭޝަނަކީ އެކަން ހުއްޓުވުމަށް ހިންގި އޮޕަރޭޝަނެއް ކަމަށާއި، މި އޮޕަރޭޝަނުގައި ބަލައި ފާސްކުރި ގެތަކުން މައްސަލައާ ގުޅުންހުރި ތަކެތި ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ޓެރަރިސްޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޓެރަރިސްޓް ޖަމާޢަތްތަކާއި، ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓު މުރާޖާކުރުމަށްފަހު އާންމުކޮށްފި

ޓެރަރިސްޓް ޖަމާޢަތްތަކާއި، ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓު މުރާޖާކުރުމަށްފަހު އާންމުކޮށްފި

10 އޮކްޓޯބަރު 2023
ނަޝީދުގެ އިތުރުން މައުމޫނާއި ޤާސިމްގެ ލޭ ހުއްދަވާނެކަމަށް ތަސްލީމު ބުނި: ސިއްރު ހެކިވެރިއެއް

ނަޝީދުގެ އިތުރުން މައުމޫނާއި ޤާސިމްގެ ލޭ ހުއްދަވާނެކަމަށް ތަސްލީމު ބުނި: ސިއްރު ހެކިވެރިއެއް

19 ސެޕްޓެމްބަރު 2022
މެއި 6ގެ ހަމަލާ ދިންއިރު ފާތިހު ހުރީ ފުލުހުންގެ ވަޒީފާގައެއް ނޫން: ފުލުހުން

މެއި 6ގެ ހަމަލާ ދިންއިރު ފާތިހު ހުރީ ފުލުހުންގެ ވަޒީފާގައެއް ނޫން: ފުލުހުން

10 މެއި 2022
ޓެރަރިޒަމާ ގުޅޭ އިންޓެލް މައުލޫމާތު ރައީސަށްވެސް ހުށަހަޅަންޖެހޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި

ޓެރަރިޒަމާ ގުޅޭ އިންޓެލް މައުލޫމާތު ރައީސަށްވެސް ހުށަހަޅަންޖެހޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި

08 މާރިޗު 2022
ތަސްލީމާއި އަލީ މަނިކަށް ކުރާ ދައުވާއާއި ގުޅިގެން ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ވާހަކަދައްކައިފި

ތަސްލީމާއި އަލީ މަނިކަށް ކުރާ ދައުވާއާއި ގުޅިގެން ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ވާހަކަދައްކައިފި

21 ފެބުރުއަރީ 2022

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު