Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނުރައްކާތެރި ކުށްވެރިން

ނުރައްކާތެރި ކުށްވެރިން ހުއްޓުވުމަށް ގާނޫނީ ހުރަހެއް ނެތް - ރިފްއަތު

މޮނިކޮން އަމުރަކީ ގާނޫނުގައި އެއްއަހަރު ދުވަހަށް ނެރެވޭ އަމުރެއް ނަމަވެސް އެ މުއްދަތު އިތުރު ކުރުމަށް ވެސް ގާނޫނު ތަންދޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2021 | ހޯމަ 06:10
އިބްރާހީމް ރިފްއަތު - އެޓާރނީ ޖެނެރަލް

އިބްރާހީމް ރިފްއަތު - އެޓާރނީ ޖެނެރަލް

ނުރައްކާތެރި ކުށްވެރިން ހުއްޓުވުމާއި، ޓެރަރިޒަމްގެ އަމަލުތައް ރާވައި ހިންގާ މީހުން ހުއްޓުވުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ރިފްއަތު މިހެން ވިދާޅުވީ، މުޖްތަމައަށް ނުރައްކާތެރި ފަރާތްތައް ބަންދުގައި ބޭތިއްބޭނެ ގޮތެއް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ތެރެއިން އަދިވެސް މަގުދައްކައި ނުދޭކަމަށާއި، އެފަރާތްތައް ބަންދުން ދޫކޮށްލައި ރީހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގުމަށް ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބާކަށް ޖާގަނުދޭކަމަށް ހޯމް މިނިސްޓަރ ވިދާޅުވެފައިވާކަމަށްބުނެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު، ކުރެއްވި ސުވާލަށް ހޯމަ ދުވަހުގެ ޖަލްސާގައި ޖަވާބު ދެއްވަމުންނެވެ.

Advertisement - newsAdvertisement

ރިފްއަތު ވިދާޅުވީ، މުޖްތަމައަށް ނުރައްކާތެރި ފަރާތްތައް ބަންދުގައި ބޭތިއްބޭނެ ގޮތެއް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ތެރެއިން ޖާގަ އެބައޮތްކަމަށާއި، އެފަދަ ފަރާތްތައް ހިފާ ހައްޔަރުކޮށް، މޮނިކޮން އަމުރު ނެރުމުގެ ބާރު ގާނޫނުން ލިބިދީފައިވާކަމަށެވެ. މުޖުތަމައަށް ނުރައްކާތެރި މީހުންގެ މައްސަލަ ހައްލުކުރުމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ދެ އިޖުރާއަތެއް އޮތްކަން ފާހަގަކުރައްވައި ރިފްއަތު ވިދާޅުވީ، މޮނިކޮން އަމުރު ނެރެގެން މީހުން ހައްޔަރު ކުރަން ހޯމް މިނިސްޓަރަށް ބާރު ލިބިގެންވާ ކަމަށާއި އަދި އާންމު ހާލަތުގައި މީހުން ހައްޔަރުކުރާ އުސޫލުން ހައްޔަރު ކޮށްގެން ބަންދުގައި ބައިތިއްބައިގެން މީހުން ރިހިބިލިޓޭޓް ކުރުމުގެ ފުރުސަތު ވެސް ގާނޫނުން ލިބިދޭ ކަމަށެވެ.

މޮނިކޮން އަމުރަކީ ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށް ކުރާކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން، އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް، މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ހޯމް މިނިސްޓަރަށް ފެންނަ މީހުން 'މޮނިޓަރކޮށް ކޮންޓްރޯލްކުރުމަށް' ކޯޓުން ނެރޭ އަމުރެކެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ހޯމް މިނިސްޓަރަށާއި، ފުލުހުންނަށް ލިބިދީފައިވާ ބާރުތައް ހިއްސާ ކޮށްދެއްވިއެވެ. އެގޮތުން ގާނޫނުގެ ތެރެއިން ޓެރަރިޒަމްގެ ކުށުގެ ގޮތުގައި 12 ކުށެއް ކަނޑައަޅާފައިވާކަމަށާއި، މުޖުތަމައަށް ނުރައްކާތެރި މީހުން ހިފާ ހައްޔަރުކޮށް އެފަދަ މީހުންގެ މައްޗަށް މޮނިކޮން އަމުރުނެރުމުގެ ބާރު ހޯމް މިނިސްޓަރަށް ގާނޫނުން ލިބިދީފައިވާކަމަށެވެ. އަދި އެފަދަ މީހުންގެ މައްޗަށް މޮނިކޮން އަމުރު ނެރުމަށް ހައިކޯޓަށް ގޮސްފިނަމަ މިހާތަނަށް އެއަމުރު ނެރެދީފައިވާކަމަށް ވިދާޅުވިއެވެ.

ބަންޑާރަ ނާއިބު ވިދާޅުވީ މޮނިކޮން އަމުރަކީ ގާނޫނުގައި އެއްއަހަރު ދުވަހަށް ނެރެވޭ އަމުރެއް ނަމަވެސް އެ މުއްދަތު އިތުރު ކުރުމަށް ވެސް ގާނޫނު ތަންދޭ ކަަމަށެވެ. އަމުރު ނެރޭ މީހާގެ މައްޗަށް އެއްފަހަރަށްވުރެ ގިނަ ފަހަރަށް ވެސް އަމުރު ނެރެވިދާނެކަމަށެވެ.

ޓެރަރިސްޓް ހަނގުރާމަތަކާއި، އެފަދަ ފަރާތްތަކުގެ ގޮތުގައި ބެލެވޭ މީހުންނަށް ރިހިބިލިޓޭޝަން ޕްރޮގުރާމު ހިންގުމުގެ ބާރުވެސް ހޯމް މިނިސްޓަރަށާއި، ފުލުހުންނަށް ލިބިދީފައިވާކަމަށާއި، މިހާރު އަމަލު ކުރަމުންދާ ޓެރަރިޒަމް މަނާ ކުރާ ޤާނޫނުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށް ފުލުހުންނާއި ހޯމް މިނިސްޓްރީއާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ބިލެއް މަޖިލީހަށް ހުށަހަޅުއްވާފައިވާނެ ކަމަށް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި މެމްބަރުންވަނީ މުޖުތަމައުގައި ނުރައްކާތެރި ކުށްވެރިން މިހާރުވެސް އުޅެމުންދާތީއާއި، އަދި ޚާއްސަކޮށް، ޓެރަރިޒަމަށް ތުހުމަތު ކުރެވޭ ގިނަ މީހުން އުޅެމުންދާތީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރިފްއަތު ވިދާޅުވީ ގާނޫނުގައި އޮތް ގޮތަށް ކަންކަން ކުރެވިއްޖެއްޔާ ހައްލު ލިބޭނެ ކަަމަށެވެ.

އެޓަރނީ ޖެނެރަލްރައްޔިތުންގެ މަޖިލިސްޓެރަރިސްޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު