Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓެރަރިޒަމްގެ ކުށްތައް

ނަޝީދުގެ އިތުރުން މައުމޫނާއި ޤާސިމްގެ ލޭ ހުއްދަވާނެކަމަށް ތަސްލީމު ބުނި: ސިއްރު ހެކިވެރިއެއް

ހެކިވެރިންނަކީ ކޮން ބައެއްކަން ނޭނގޭ ގޮތަށް 2 ސިއްރު ހެއްކެއްގެ ހެކިބަސް ވަނީ ނަގާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2022 | ހޯމަ 07:35
އަބްދުﷲ އަލީ މަނިކާއި، މުޙައްމަދު ތަސްލީމް

އަބްދުﷲ އަލީ މަނިކާއި، މުޙައްމަދު ތަސްލީމް

6 މޭ 2021 ދުވަހުގެ ރޭ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ހަމަލާއާއި ގުޅިގެން ހިންގި ތަހުގީގުތަކަށްފަހު، ޓެރަރިޒަމާއި ގުޅޭ ދައުވާތަކެއް އުފުލާފައިވާ ހއ. މޮޅަދޫ، ބަހާރުގެ، ޢަބްދުﷲ ޢަލީމަނިކާއި، ހއ.ހޯރަފުށި، އަލަނާސިގެ، މުޙައްމަދު ތަސްލީމްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމުގެ މަރުޙަލާއެވެ. އެގޮތުން އަޑުބަދަލުކޮށްގެން، ހެކިވެރިންނަކީ ކޮން ބައެއްކަން ނޭނގޭ ގޮތަށް 2 ސިއްރު ހެއްކެއްގެ ހެކިބަސް ވަނީ ނަގާފައެވެ.

Advertisement - newsAdvertisement

މި އަޑުއެހުމުގައި ފުރަތަމަ ހާޒިރުކުރި ސިއްރު ހެކިވެރިޔާ ބުނާ ގޮތުގައި އޭނާ ވަނީ އަބްދުﷲ އަލީމަނިކު ހިންގި ތައުހީދު ކްލާސްތަކެއްގައި ބައިވެރިވެފައެވެ. އެ ކްލާހުގައި ދީނީ ގޮތުން ހަރުކަށި ފިކުރު ޕްރޮމޯޓް ކުރާކަމަށް އޭނާ ބުނެއެވެ. އެގޮތުން މިއީ ކުފުރުގެ ބިމެއް ކަމާއި، ހަނގުރާމަކޮށްގެން ޖިހާދުކުރުން ފަރުޟު ޙާލަތު އައިސްފައިވާކަމަށް ކްލާހުގައި ކިޔާދޭކަމަށް ހެކިވެރިޔާ ބުނެއެވެ.

އޭގެ އިތުރުން، ހަރުކަށި ފިކުރުގެ ދެ ބައެއްގެ ދެމެދުގައި ހިނގި ޚުސޫމާތެއްގައި އަބްދުﷲ އަލީމަނިކު ގާޒީއެއްގެ ދައުރު އަދާކޮށް، މައްސަލަ ބަލާފައިވާކަމަށްވެސް އެ ހެކިވެރިޔާ ބުންޏެވެ.

އޭނާ ބުނާ ގޮތުގައި މި މައްސަލައިގައި ދައުވާލިބޭ ތަސްލީމަކީ އޭނާއާ ބައްދަލުވުމެއްގެ ތެރެއިން ދިމާވި މީހެކެވެ. ތަސްލީމަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހަރުކަށި ފިކުރު ފުޅާދާއިރާއެއްގައި ޕްރޮމޯޓު ކުރަމުންދިޔަ މީހެއް ކަމަށާއި، ދައުލަތުގެ ވެރިންގެ ލޭ ހުއްދަވާނެކަމަށް ތަސްލީމު ބުނެފައިވާކަމަށް އެ ހެކިވެރިޔާ ހެކިބަސް ދީފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން، ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ލޭ ހުއްދަވާނެކަމަށް ތަސްލީމު ބުނިކަމަށްވެސް ހެކިވެރިޔާ ވަނީ ހެކިބަސް ދީފައެވެ.

ހެކިވެރިޔާ ބުނާ ގޮތުގައި އިސްލާމިކް ސްޓޭޓް ޖަމާއަތަކީ ސައްޙަ ޚިލާފަތެއްކަން މީހުންނަށް ވިސްނައިދިނުމަށް ތަސްލީމް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

ދެވަނަ ސިއްރު ހެކިވެރިޔާއަކީ ތަސްލީމާ ދެކޮޅަށް ހުށައެޅިފައިވާ ހެއްކެކެވެ. އޭނާ މައިގަނޑު ގޮތެއްގައި ބުނެފައިވަނީ އޭނާ ގާތުގައި ތަސްލީމު އައިސިސް ޖަމާއަތަށް ތާއީދުކޮށް، އެ ފިކުރު ޕްރޮމޯޓުވާ ގޮތަށް ވާހަކަތައް ދައްކާފައިވާ ކަމަށެވެ. އޭނާއަކީ އެ ފިކުރު ފަތުރާ މީހެއްކަމަށް ހެކިވެރިޔާއަށް ޤަބޫލު ކުރެވޭކަމަށާއި، އެގޮތަށް ޤަބޫލު ކުރެވެނީ ހެކިވެރިޔާ ގާތުގައިވެސް އެފަދަ ވާހަކަތައް ދައްކާފައިވާތީކަމަށް ދިފާއުން ކުރި ސުވާލުތަކުގެ ޖަވާބުގައި ހެކިވެރިޔާ ބުންޏެވެ.

މި މައްސަލައިގައި އަދިވެސް ދައުލަތުގެ އިތުރު ހެކިންގެ ހެކިބަސް ނެގުން ކުރިއަށް އެބައޮތެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމްއެވެ.

ކްރިމިނަލް ކޯޓްޓެރަރިސްޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު