Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެއި 6ގެ ޓެރަރިސްޓް ހަމަލާ

މެއި 6ގެ ހަމަލާ ދިންއިރު ފާތިހު ހުރީ ފުލުހުންގެ ވަޒީފާގައެއް ނޫން: ފުލުހުން

ފުލުހުން ބުނީ ހަމަލާ ދިން އިރު ފާތިހު ވަޒީފާގައި ހުރި ކަމަށް ދެކެވެނީ ދޮގު ވާހަކަތަކެއް ކަމަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 10 މެއި 2022 | އަންގާރަ 03:09
ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހު

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހު

މިދިޔަ އަހަރުގެ މެއި 6 ވަނަ ދުވަހު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްގެން ޓެރަރިސްޓް ހަމަލާއެއް ދިން އިރު އެކަމުގައި ބައިވެރިވި ކަމަށް ބެލެވޭ ލ. ގަން، ތުނޑި، ދުންފިނިއުފާ، އަހުމަދު ފާތިހު ހުރީ ފުލުހުންގެ ވަޒީފާގައި ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

ހޯމަ ދުވަހުގެ ރޭ ފުލުހުން ނެރުނު ބަޔާނެއްގައި މިގޮތަށް ބުނެފައިވަނީ ރައީސް ނަޝީދަށް ހަމަލާ ދިން އިރުވެސް ފާތިހު ހުރީ ފުލުހުންގެ ވަޒީފާގައި ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅިގެންނެވެ. ފުލުހުން ބުނީ މެއި 6 ވަނަ ދުވަހު ހަމަލާ ދިން އިރު ވެސް އަދި ހައްޔަރު ކުރި އިރުވެސް އޭނާ ހުރީ ފުލުހުންގެ ވަޒީފާގައި ނޫން ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ހަަމަލާގައި ހައްޔަރު ކުރި ފާތިހު އަކީ ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގައި މަސައްކަތް ކޮށްފައިވާ މީހެކެވެ. އޭނާ ފުލުހުންގެ ވަޒީފާއާ ގުޅުނީ 2018 ނޮވެމްބަރު 25ގައި ކަމަށާއި 2021 ފެބްރުއަރީ 3ގައި އޭނާ ވަޒީފާއިން އަމިއްލައަށް ވަކިވެފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. މިކަން މީޑިއާތަކަށާއި ތަހުގީގު ކުރިއަށްދާ ގޮތް ބެލި ހުރިހާ ފަރާތްތަކަށް ވެސް އަންގާފައިވާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މެއި 6ގެ ހަމަލާއާ ގުޅިގެން ފާތިހު ހައްޔަރު ކުރީ ބ. ދަރަވަންދޫ އިންނެވެ. އޭނާ ހައްޔަރުކޮށް ތަހުގީގުތައް ނިންމައި ދައުވާކޮށްދޭން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި ކަމަށް ވެސް ފުލުހުން ބުނެއެވެ. ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ފާތިހުގެ މައްޗަށް ދައުވާ ކުރެވޭނެ އެކަށީގެންވާ ހެކި ނެތުމުން ދައުވާ ނުކުރަން ނިންމާފައެވެ.

ފާތިހުގެ އިތުރުން އެ މައްސަލާގައި އިތުރު 10 މީހަކު ހައްޔަރު ކުރިއެވެ. އޭގެ ތެރެއިން އެ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް މުހައްމަދުގެ މައްޗަށް ކުށް ސާބިތުވެ 23 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. ބާކީ ތިބި މީހުންގެ ޝަރީއަތްތައް ދަނީ ކުރިއަށެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ރައީސް ނަޝީދު އަވަހާރަކޮށްލުމުގެ މަގުސަދުގައި ދިން ހަމަލާއަކީ ހަރުކަށި ފިކުރުގެ ބަޔަކު އެމަނިކުފާނުގެ ލޭ ހުއްދަކޮށް ދިން ހަމަލާއެއް ކަމަށެވެ. އެ ހަމަލާގެ ކުރިން ވެސް އެމަނިކުފާނު އަވަހާރަކޮށްލަން ދެ ފަހަރަކު މަސައްކަތްކުރި ކަމަށްވެއެވެ. އެގޮތުން، އެ މަނިކުފާނު އަވަހާރަކޮށްލުމުގެ ތައްޔާރީތައް 2019 ވަނަ އަހަރު ފެށި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ހަށިކޮޅުގައި ގާތްގަނޑަކަށް 16 ގަޑިއިރުގެ ސާޖަރީތަކެއް ހަދައި ބޮމުގެ ތެރެއަށް އަޅާފައި ފުއްތަކުން 10 ފުއް އެމަނިކުފާނުގެ ހަށިކޮޅުން ނެގިއެވެ. އަދި ބޮން ހަރުކޮށްފައި ހުރި ސައިކަލުގެ ޕްލާސްޓިކު އެތިކޮޅެއް ވެސް ހަށިގަނޑުން ވަނީ ނަގާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ނިރުބަވެރި ހަމަލާ ދީފައިވަނީ 2021 މެއި 6ވަނަ ދުވަހުގެރޭ އެމަނިކުފާނު އޭރު ދިރުއުޅުއްވި ކެނެރީގެ ހުންނަ ގޯޅި ކަންމަތީގައި މަޖީދީމަގުގައެވެ. ހަށިކޮޅަށް ލިބުނު އަނިޔާތަކަށް އޭޑީކޭއިން ފަރުވާ ހޯއްދެވުމަށްފަހު ޖަރުމަންވިލާތުންނާއި، އިނގިރޭސިވިލާތުން ފަރުވާ ހޯއްދެވުމަށްފަހު މާލެ ވަޑައިގެންނެވީ 2021 އޮކްޓޯބަރު 11 ވަނަ ދުވަހުއެވެ.

ޓެރަރިސްޓްކުރީގެ ރައީސް، މުހައްމަދު ނަޝީދުމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު