Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓެރަރިސްޓް ޖަމާއަތަށް ތާއީދުކުރުން

ތަސްލީމާއި އަލީ މަނިކަށް ކުރާ ދައުވާއާއި ގުޅިގެން ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ވާހަކަދައްކައިފި

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ފެބުރުއަރީ 2022 | ހޯމަ 09:41
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާއާއި ގުޅިގެން ހައްޔަރުކޮށް، ޓެރަރިޒަމާ ގުޅޭ ދައުވާއެއް އުފުލާފައިވާ އަބްދުﷲ އަލީ މަނިކާއި، މުޙައްމަދު ތަސްލީމް

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާއާއި ގުޅިގެން ހައްޔަރުކޮށް، ޓެރަރިޒަމާ ގުޅޭ ދައުވާއެއް އުފުލާފައިވާ އަބްދުﷲ އަލީ މަނިކާއި، މުޙައްމަދު ތަސްލީމް

6 މޭ 2021 ދުވަހުގެ ރޭ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ހަމަލާގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ހއ. މޮޅަދޫ، ބަހާރުގެ، ޢަބްދުﷲ ޢަލީމަނިކާއި، ހއ.ހޯރަފުށި، އަލަނާސިގެ، މުޙައްމަދު ތަސްލީމްގެ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމްއެވެ.

މި މައްސަލައިގައި އެންމެ ފަހުން އޮތްއަޑުއެހުމުގައި ދައުލަތާއި ދިފާއުން ހެކި ހުށައެޅުމާއެކު ގާޒީ ވަނީ މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެ މައްސަލައެއްކަމަށް ކަނޑައަޅުއްވާފައެވެ.

ހޯމަ ދުވަހުގެ އަޑުއެހުމަކީ ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުންތަކަށް ވާހަކަދެއްކުމަށް ބޭއްވި އަޑުއެހުމެކެވެ. އެގޮތުން ލިއުމުން ދެފަރާތުންވެސް ހުށައެޅުންތައް ހުށައަޅުއްވާފައިވާއިރު، އަޑުއެހުމުގައި ވަނީ ތަފްސީލީ ގޮތެއްގައި ހުށައެޅުންތައް ހިއްސާ ކުރައްވާފައެވެ.

ދައުލަތުން ހުށައެޅި ހުށައެޅުންތަކުގެ ތެރޭގައި ސިއްރު ހެކިވެރިން ނޭނގޭ ގޮތަށް އަޑު ބަދަލުކޮށްގެން ހެކިބަސް ނެގުމާއި، ދައުވާލިބޭ ފަރާތްތަކާއި ވަކިން ހެކިބަސް ނެގުން ހިމެނެއެވެ. އެ ހުށައެޅުންތަކަށް ރައްދު ދެއްވުމަށް ފުރުސަތު ދެއްވުމުން ދިފާއީ ވަކީލު ވިދާޅުވީ، އަބްދުﷲ އަލީ މަނިކަކީ ހެކިންނަށް ނުފޫޒު ފޯރުވާ، ގޯނާކޮށް އުޅޭ މީހެއް ނޫން ކަމަށެވެ. އަދި އަޑު ބަދަލު ކުރި ނަމަވެސް، ހެކިވެރިން ދައްކާ ވާހަކަ ސާފުވާން ޖެހޭނެކަމަށް ވަކީލު ވިދާޅުވިއެވެ.

އެއަށްފަހު ވަނީ އަބްދުﷲ އަލީ މަނިކުގެ ފަރާތުން 4 ހުށައެޅުމެއް ހުށައަޅާފައެވެ. އެގޮތުން ދައުވާ ލިބޭ މީހާއަށް ލިބިދޭން ޖެހޭ ޙައްޤެއް އުނިވާގޮތަށް މައްސަލަ ތަހުގީގު ކޮށްފައިވާކަމަށް އެއް ކަމެއްގެ ގޮތުން ދިފާއީ ވަކީލު ފާހަގަ ކުރެއްވިއެވެ.

އެ ނުކުތާގައި ވަކީލު ވަނީ އަބްދުﷲ އަލީ މަނިކުގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް ސާފުކޮށްދޭން ޖެހޭއިރު، ފުރަތަމަ ތުހުމަތު ކުރީ މެއި 6 ގެ ޓެރަރިސްޓް ޙަމަލާއާއި ގުޅުވައިގެން ކަމަށް ވިދާޅުވެފައެވެ. އޭރު އައިސިސްއާއި ގުޅޭ އެއްވެސް ސުވާލެއްވެސް ކޮށްފައިނުވާއިރު، އޭނާގެ މައްޗަށް އުފުލާފައިވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށުގެ ދައުވާކަމަށް ވަކީލު ވިދާޅުވިއެވެ.

ދެވަނަ ނުކުތާގައި ވަކީލު ވަނީ ޤާނޫނީ ވަކީލެއްގެ ޙައްޤު ލިބިދިނުމެއް ނެތި މައްސަލަ ތަހުގީގު ކޮށްފައިވާކަމަށް ވިދާޅުވެފައެވެ. ތިންވަނަ ނުކުތާއަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް މައްސަލަ ތަހުގީގު ކޮށްފައިވާ ކަމެވެ. އެގޮތުން ދައުވާލިބޭ ފަރާތުގެ މައްޗަށް އެކަށީގެންވާ ގޮތެއްގައި ތަހުގީގު ހިންގާފައިނުވާކަމަށް ވަކީލު ވިދާޅުވިއެވެ. އަދި ހަތަރުވަނަ ނުކުތާއެއްގެ ގޮތުން ޤާނޫނާ ޚިލާފަށް ހެކި ހޯދާފައިވާކަންވެސް ވަނީ ބަޔާންކޮށްފައެވެ.

އެ ހުށައެޅުންތަކަށް ދައުލަތުން ވަނީ ރައްދު ދެއްވާފައެވެ.

އެއަށްފަހު ތަސްލީމުގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުންތަކުގެ ބައި ކުރިއަށް ގެންގޮސް އެއަށް ވަނީ ދައުލަތުން ރައްދު ދީފައެވެ. އެގޮތުން ދައުވާގައި އުނިކަން ހިމެނޭ ކަމަށާއި، އޭނާއާ ސުވާލުކޮށްފައިވަނީ އެހެން މައްސަލައެއްގައިކަން އޮޅުމެއް ނެތި އެނގޭކަން ދިފާއި ވަކީލު ފާހަގަ ކުރެއްވިއެވެ. އެ ހުށައެޅުންތަކަށް ދައުލަތުންވެސް ވަނީ ރައްދު ދީފައެވެ.

ދެން އޮންމަ އަޑުއެހުމެއްގައި އޮންނާނީ ހުށައެޅުންތަކަށް ގޮތެއް ނިންމެވުމެވެ.

ޓެރަރިސްޓްކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު