Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދަށް އިންޒާރުދިން މީހާ

ނަޝީދަށް އިންޒާރުދިން މީހާގެ މައްސަލަ: އިދާރީ ސަބަބަކާހުރެ ކެންސަލް

މި މައްސަލަ ބައްލަވަނީ ގާޒީ ދީބާނާޒް ފަހްމީ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 ޖެނުއަރީ 2022 | އާދީއްތަ 05:19
އިސްމާއިލް ޔާސިފް - ކޯޓުގެ ހުރުމަތް ކަނޑާލުމުން ދެފަހަރެއްގެ މަތިން ޖަލު ހުކުމެއް އިއްވާފައިވޭ

އިސްމާއިލް ޔާސިފް - ކޯޓުގެ ހުރުމަތް ކަނޑާލުމުން ދެފަހަރެއްގެ މަތިން ޖަލު ހުކުމެއް އިއްވާފައިވޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދިން އިސްމާއީލް ޔާފިސްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ކެންސަލްވެއްޖެއެވެ.

މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައި އޮތީ އާދިއްތަ ދުވަހުގެ ހެނދުނު 09:00 އަށެވެ. އަޑުއެހުން ކެންސަލްވެފައިވަނީ އިދާރީ ސަބަބަކާހުރެކަމަށް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު ވިދާޅުވެއެވެ.

ނަޝީދަށް އިންޒާރު ދިން މައްސަލައިގައި ހ. ލައިޓްނައިޓް، އިސްމާއީލް ޔާފިސްގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރަން ހިތްވަރު ދިނުމުގެ ދައުވާ، ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުމުގެ ދައުވާ، އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރި ކަމުގެ ދައުވާއެވެ.

އެންމެ ފަހުން މި މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވަނީ 21 ޑިސެމްބަރު 2021 ގައެވެ. އެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ޔާފިސްއަށް ކުރާ ތިން ދައުވާ އިއްވުމުން ޔާފިސް ވަނީ އެ ތިން ދައުވާއަށް ވެސް އިންކާރު ކޮށްފައެވެ. އަދި ވަކީލަކު ބޭނުން ނުވާ ކަމަށް ވެސް ޔާފިސް ބުންޏެވެ. އަދި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމަށް ވެސް ޔާފިސް އިންކާރު ކުރިއެވެ. 

ދައުވާއަށް އިންކާރު ކުރާ ސަބަބާއި ގުޅޭ ގޮތުންނާއި، ނަފުސާނީ އަދި ޖިސްމާނީ އެއްވެސް ކަމެއް އުޅޭތޯއާއި އެފަދަ އެއްވެސް ސިއްޚީ މައްސަލައަކަށް އެއްވެސް އިރެއްގައި ފަރުވާ ހޯދާފައިވޭތޯ ވެސް ގާޒީ ވަނީ ސުވާލު ކުރައްވާފައެވެ.

ގާޒީގެ ސުވާލުގެ ޖަވާބުގައި ޔާފިސް ބުނީ 2013 ހިސާބުގައި އޭނާ ނަފުސާނީ ބައްޔެއް ކަމުގައިވާ "ސްކިޓްސްފްރީނިއާ" އަށް ފަރުވާ ހޯދި ކަމުގައެވެ. އަދި ޑިސެމްބަރު 2020 ގައި ނަފުސާނީ ދަތިތަކެއް ދިމާވެގެން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ދެއްކި ކަމަށެވެ. 

މި ކަންކަމާ ގުޅޭ ގޮތުން ދައުލަތާ ސުވާލު ކުރުމުން ދައުލަތުގެ ވަކީލު ވިދާޅުވީ ޔާފިސްގެ ނަފްސާނީ މައްސަލައެއް ހުރިތޯ ބެލުމަށް ސައިކޮލޮޖިކަލް އެސެސްމަންޓްއެއް ހަދާފައިވާ ކަމަށާއި އެ އެސެސްމެންޓުން އޭނާގެ ނަފުސާނީ މައްސަލައެއް ފާހަގަވެފައި ނެތް ކަމެވެ. އެހެންނަމަވެސް އެ ލިޔެކިއުންތަކެއް ދައުލަތުގެ ވަކީލުންގެ އަތުގައި ނެތް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. 

އެހެންކަމުން އެ ދުވަހުގެ އަޑުއެހުމުގައި ގާޒީ ނިންމެވީ، ޔާފިސް ތަހުގީގަށް ދިން ބަޔާނުންނާއި އޭނާ ދައްކާފައި ހުރި ވާހަކަތަކުން ނަފުސާނީ މައްސަލައެއް ހުރުމަކީ ވެދާނެ ކަމެއް ކަމަށް ބެލެވޭތީވެ، ދެން އަޑުއެހުމެއް ބާއްވާނީ އޭނާގެ ހާލަތު ދެނެގަނެވުމުން ކަމަށެވެ.  

މި މައްސަލަ ބައްލަވަނީ ގާޒީ ދީބާނާޒް ފަހްމީއެވެ.

މި މައްސަލައިގައި ފުރަތަމަ ބޭއްވި ޝަރީއަތުގެ އަޑުއެހުމެއްގައި ވާހަކަ ނުދައްކައި ހުރުމުން ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި 15 ދުވަހުގެ ޖަލު ހުކުމެއް ޔާފިސްގެ މައްޗަށް އިއްވިއެވެ. އޭގެ ކުރިން ބަންދުގެ މުއްދަތަށް ހާޒިރު ކުރި އަޑުއެހުމެއްގައި ރައީސް ނަޝީދަށް މަރުގެ އިންޒާރުދީ އަޑުގަދަކުރުމުން ވެސް ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި 30 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާފައިވެއެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި އޭނާ ހުރި ނަމަވެސް ބަންދުގެ މުއްދަތު މިހާރު ގުނަމުން ދަނީ ޖަލު ހުކުމަށެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދުޓެރަރިސްޓް

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު
04 ޖޫން 2025

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

04 ޖޫން 2025
ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ
02 މެއި 2025

ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

02 މެއި 2025
ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި
26 ޖޫން 2024

ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި

26 ޖޫން 2024
ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި
13 މެއި 2024

އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް

13 މެއި 2024
އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު