Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް

ޓެރަރިޒަމާ ގުޅޭ އިންޓެލް މައުލޫމާތު ރައީސަށްވެސް ހުށަހަޅަންޖެހޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި

މީގެ ކުރިން އެ ރިޕޯޓު ހުށަހަޅަންޖެހެނީ ހަމައެކަނި މިނިސްޓަރަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 މާރިޗު 2022 | އަންގާރަ 11:10
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު- ޓެރަރިޒަމާ ގުޅޭ އިންޓެލް މައުލޫމާތު މިހާރު ރައީސަށްވެސް ހުށައަޅަންޖެހޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު- ޓެރަރިޒަމާ ގުޅޭ އިންޓެލް މައުލޫމާތު މިހާރު ރައީސަށްވެސް ހުށައަޅަންޖެހޭ

ޓެރަރިޒަމާ ގުޅޭ އިންޓެލް މައުލޫމާތު ރައީސަށްވެސް ހުށައަޅަންޖެހޭ ގޮތަށް ޓެރަރިޒަމް މަނާކުރުމާ ގުޅޭ އާންމު ގަވާއިދަށް އިސްލާޙު ގެނެސްފިއެވެ.

ގަވާއިދަށް ގެނެސްފައިވާ އިސްލާހު އަންގާރަ ދުވަހު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ. އެގޮތުން އެ ގަވާއިދުގެ 14 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ، އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރުމަށް ގާއިމުކުރާ ނިޒާމު މެދުވެރިކޮށް, އިންޓެލިޖެންސް އިދާރާތަކުގެ މެދުގައި ބަދަލުކުރާ މައުލޫމާތާބެހޭ ތަފާސްހިސާބު ހިމެނޭ ރިޕޯޓެއް، ދިވެހި ފުލުހުންގެ ޚިދުމަތުން، ކޮންމެ 3 މަހަކުން އެއްފަހަރު، ރައީސުލްޖުމްހޫރިއްޔާއަށާއި މިނިސްޓަރަށް ހުށަހަޅަންވާނެކަމަށެވެ.

Advertisement - newsAdvertisement

މީގެ ކުރިން އެ ރިޕޯޓު ހުށައަޅަންޖެހެނީ ހަމައެކަނި މިނިސްޓަރަށެވެ.

ޓެރަރިޒަމްގެ ޢަމަލުތަކާ ގުޅޭގޮތުން ލިބޭ މުހިންމު މައުލޫމާތެއް، އެ މައުލޫމާތަކާ ގުޅުންހުރި އިންޓެލިޖެންސް އިދާރާއަކާ ހިއްސާކޮށްފިނަމަ، އެ މައުލޫމާތު ބަލައިގަނެ، އެ މައުލޫމާތާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މި ގަވާއިދުގެ ދަށުން އިންޓެލިޖެންސް އިދާރާތަކުގެ މެދުގައި އިންޓެލިޖެންސާއި މަައުލޫމާތު ބަދަލުކުރުމަށް ގާއިމުކޮށްފައވާ ނިޒާމުގެ އައި.ޓީ ސެކިއުރިޓީގެ ކަންކަން ހަމަޖައްސައި ބެލެހެއްޓުމަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޒިންމާއެއްކަމަށް ބަޔާން ކޮށްފައި އޮވެއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން އުސޫލެއް އެކުލަވާލައި، އިންޓެލިޖެންސް އިދާރާތަކާ އެ އުސޫލު ހިއްސާކުރަންވާނެކަންވެސް ވަނީ ބަޔާންކޮށްފައެވެ.

ޓެރަރިސްޓު ޖަމާއަތްތަކަށް ބައިއަތުހިފައި, މީހުން މަރާލަން ފަސްނުޖެހޭ 1400 މީހަކު ރާއްޖޭގައި އެބައުޅޭ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. ހަރުކަށި މީހުން ހޯދައި އެމީހުންނާ މެދު ފިޔަވަޅު އެޅުމަށް ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ދަނީ މިހާރުވެސް އޮޕަރޭޝަން ތަކެއް ހިންގަމުންނެވެ. 

ޓެރަރިޒަމާއި ހަރުކަށި ފިކުރާއި ދެކޮޅަށް މި ސަރުކާރުން މަސައްކަތްތަކެއް ފަށާފައިވާއިރު، ކ. މާފުށީ ޖަލުގައި ތިބި ގައިދީންގެ ތެރެއިން ހަރުކަށި ފިކުުރުގެ ގައިދީން ދެނެގަތުމުގެ މަސައްކަތް ދާދި ފަހުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިންވެސް ވަނީ ފަށާފައެވެ. އަދި އެފަދަ ގައިދީން ހޯދައި، ގައިދީންނަށް އަމާޒުކޮށް ތަފާތު ޕްރޮގްރާމްތައް ހިންގައި, ރިހެބިލިޓޭޓް ކުރުމުގެ ޕްރޮގްރާމްތައް ވެސް ހިންގާނެ ޔުނިޓެއް ވަނީ ގާއިމުކޮށްފައެވެ.

އޭގެ އިތުރުންވެސް ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާތަކުން ދިވެހިރާއްޖެ ސަލާމަތްކުރުމަށްޓަކައި ކުރިއަށްދާ ގައުމީ މަސައްކަތުގައި އެންމެހާ ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަމަށް ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) އިންވެސް ވަނީ އެދިފައެވެ.

ޓެރަރިސްޓްރައީސް ސޯލިހު

އިތުރަށް ކިޔާލަން

10 އޮކްޓޯބަރު 2023

ޓެރަރިސްޓް ޖަމާޢަތްތަކާއި، ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓު މުރާޖާކުރުމަށްފަހު އާންމުކޮށްފި

10 އޮކްޓޯބަރު 2023
ޓެރަރިސްޓް ޖަމާޢަތްތަކާއި، ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓު މުރާޖާކުރުމަށްފަހު އާންމުކޮށްފި
20 ނޮވެމްބަރު 2022

ޓެރަރިޒަމް އޮޕަރޭޝަން: 5 މީހަކު ޝަރީއަތް ނިމެންދެން ބަންދު

20 ނޮވެމްބަރު 2022
ޓެރަރިޒަމް އޮޕަރޭޝަން: 5 މީހަކު ޝަރީއަތް ނިމެންދެން ބަންދު
19 ސެޕްޓެމްބަރު 2022

ނަޝީދުގެ އިތުރުން މައުމޫނާއި ޤާސިމްގެ ލޭ ހުއްދަވާނެކަމަށް ތަސްލީމު ބުނި: ސިއްރު ހެކިވެރިއެއް

19 ސެޕްޓެމްބަރު 2022
ނަޝީދުގެ އިތުރުން މައުމޫނާއި ޤާސިމްގެ ލޭ ހުއްދަވާނެކަމަށް ތަސްލީމު ބުނި: ސިއްރު ހެކިވެރިއެއް
10 މެއި 2022

މެއި 6ގެ ހަމަލާ ދިންއިރު ފާތިހު ހުރީ ފުލުހުންގެ ވަޒީފާގައެއް ނޫން: ފުލުހުން

10 މެއި 2022
މެއި 6ގެ ހަމަލާ ދިންއިރު ފާތިހު ހުރީ ފުލުހުންގެ ވަޒީފާގައެއް ނޫން: ފުލުހުން
25 މާރިޗު 2022

އިންތިޚާބުތަކާއި ދިމާކޮށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

25 މާރިޗު 2022
އިންތިޚާބުތަކާއި ދިމާކޮށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު