Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ހުރިހާ މުސްލިމުންނަށް ޓްރަމްޕް އީދު ތަހުނިޔާ ފޮނުއްވައިފި

އީދު ތަހުނިޔާ ފޮނުއްވީ ނެރުއްވި ބަޔާނަކުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 25 ޖޫން 2017 | އާދީއްތަ 02:07
އެމެރިކާގެ ރައީސް ޓްރަމްޕް: މުސްލިމުންނަށް ވަނީ އީދު ތަހުނިޔާ ފޮނުއްވާފައި

އެމެރިކާގެ ރައީސް ޓްރަމްޕް: މުސްލިމުންނަށް ވަނީ އީދު ތަހުނިޔާ ފޮނުއްވާފައި

ބަރަކާތްތެރި ރަމަޟާން މަސް ނިމުން ފާހަގަކޮށް ފިތުރު އީދުގެ ތަހުނިޔާ ހުރިހާ މުސްލިމުންނަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮނުއްވައިފިއެވެ.

ޓްރަމްޕް އީދު ތަހްނިޔާ ފޮނުއްވިއިރު، ތަހުނިޔާ ފޮނުއްވާފައި މިވަނީ އެމެރިކާގެ އާދަކާދައާ އެއްގޮތައް ކޮންމެ ރައީސަކުވެސް ރޯދަމަހު ވައިޓް ހައުސްގައި މުސްލިމުންނަށް ބާއްވާ ޚާއްޞަ އިވެންޓް މިފަހަރު ނުބާއްވާ، ނެރުއްވި ބަޔާނެއްގައެވެ.

އެންމެހާ މުސްލިމުންނަށް އީދު ތަހުނިޔާ ފޮނުއްވުމުގެ ގޮތުން ޓްރަމްޕް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ މުސްލިމުން ފާހަގަ ކުރާ ފިތުރު އީދުގެ މުނާ ސަބަތުގައި އެމެރިކާގެ ރައްޔިތުންގެ ފަރާތުން ޓްރަމްޕާއި އަނބިކަނބަލުން މެލާނިއާ ގެ ފަރާތުން ހުރިހާ މުސްލިމުންނަށް ވަރަށް ހޫނު ތަހުނިޔާއެއް އަރިސް ކުރާ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ މިއީދުގެ ތެރޭގައި އެކަކު އަނެކަކަށް މައާފް ކުރުމަށާއި ހެޔޮއެދުމަށް އަދި އެއްބަޔަކު އަނެއް ބަޔަކަށް ރަނގަޅުގޮތް އެދުމަށް އެދިވަޑައިގެންފައެވެ.

"މުޅި ދުނިޔޭގެ ހުރިހާ މުސްލިމުންނާއެކު އެމެރިކާއިންވެސް އެއުސޫލުތައް ހިފަހައްޓާނެ ކަމުގެ ޔަޤީންކަން ދެން" ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަންގެ ދުވަސްވަރުން ފެށިގެން އެމެރިކާގެ ވައިޓް ހައުސްގައި އަންނަނީ މުސްލިމުންނަށްޓަކއި ރަމަޟާންމަސް ނިމުން ފާހަގަ ކުރުމުގެ ގޮތުން ޚާއްޞަ ރޯދަ ވީއްލުމެއް ބާއްވަމުންނެވެ.

އެކަމަކު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލަރސަން ވިދާޅުވީ އެ ރޯދަވިއްލުން މިއަހަރު ނުބާއްވާނެ ކަމަށެވެ.

ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވީ ކެމްޕެއިންގައި ދެއްކެވި ވާހަކަ ތަކެއްގެ ސަބަބުން މުސްލިމުންނާ ދެކޮޅު ބޭފުޅެއްގެ ގޮތުގައެވެ.

ވެރިކަމަށް ވަޑައިގެންނެވުނުތާ ފުރަތަމަ ހަފުތާއަށްފަހު ޓްރަމްޕަވަނީ މުސްލިމް ބައެއް ޤައުމުތަކުގެ މީހުން އެޤައުމަށް އެރުން މަނާ ކޮށްފައެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

28 ޖެނުއަރީ 2017
މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު