Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔޯގާ ހަމަނުޖެހުން

ޔޯގާ ހަމަނުޖެހުން: ދަނޑުގެ ގޭޓުގެ ތަޅު ހަލާކުކޮށްލީ ސީދާ ޙަސަން ކަމުގެ ހެއްކެއް ނެތް، އޭނާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފި

ދައުލަތުގެ ވަކީލު ވިދާޅުވީ، އެއީ ޖަމާއަތެއް ގޮތަށް އެންމެން އެކުގައި ހިންގި އަމަލެއް ކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2022 | ބުދަ 06:52
އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކުރުމަށް ބޭއްވި ޙަރަކާތުގެ ތެރެއިން ހިނގި ހަމަނުޖެހުން

އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކުރުމަށް ބޭއްވި ޙަރަކާތުގެ ތެރެއިން ހިނގި ހަމަނުޖެހުން

ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ޔޯގާ ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާ އުފުލާފައިވާ ޙަސަން ޝިފާޒު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފިއެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމާއި، ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަސްތުގައި ހުރަސް އެޅުމާއި، ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާއެވެ.

މި އަޑުއެހުމުގައި އޮތީ އޭނާގެ ބަންދާއި ގުޅޭގޮތުން ވާހަކަ ދެއްކުމާއި ލިއެކިއުންތަކާއި ގުޅޭގޮތުން ވާހަކަ ދެއްކުމެވެ. އެގޮތުން ދިފާއީ ވަކީލު ވިދާޅުވީ، މި މައްސަލައިގެ ލިއެކިއުންތައް ދިފާއަށް ލިބިފައިވާ ކަމަށެވެ.

ދައުލަތުން ޙަސަން ޝިފާޒުގެ ބަންދާމެދު ގޮތެއް ނިންމުމަށް އެދި ފޯމު ހުށައަޅާފައިވާއިރު، ދައުލަތުގެ ވަކީލު ވިދާޅުވީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި އެބަހުރިކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، އޭނާއަކީ ދީނީ ހަރުކަށި ފިކުރަށް ތާއީދުކުރާ އަދި މާލޭގައި ކުށްކުރާ ގޭންގެއްގައި އަމަލީ ގޮތުން ބައިވެރިވާ ފަރާތެއްކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް އެނގިފައިވާ ކަމަށެވެ.

އޭގެ އިތުރުން، ޓެރަރިޒަމްގެ ދައުވާވެސް މި މައްސަލައިގައި އުފުލާފައިވާ ކަމަށާއި، އޭނާއަކީ މީގެ ކުރިންވެސް މިފަދަ މައްސަލައެއްގައި ޝަރީއަތް ހިންގިފައިވާ ފަރާތެއްކަމަށް ދައުލަތުން ބުނެއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވާ 17 މީހުންވެސް ވަނީ އެކި ސަބަބުތަކާހުރެ ބަންދުން ވީއްލިފައެވެ. ވުމާއެކު ދައުލަތުގެ ވަކީލު ވަނީ ޝަރުތުތަކާއެކު ޙަސަން ޝިފާޒު ބަންދުން ވީއްލައިދިނުމަށް އެދިފައެވެ.އޭގެ ތެރޭގައި މައްސަލައާ ގުޅުންހުރި ފަރާތްތަކާ މުއާމަލާތު ނުކުރުމާއި، މައްސަލައިގެ ހެކިންނާ ބައްދަލު ނުކުރުމާއި، މުޒާހަރާ ފަދަ ޙަރަކާތްތަކުގައި ބައިވެރިނުވުމާއި، ކޯޓަށް ހާޒިރުވުން ފަދަ ޝަރުތުތައް ހިމެނެއެވެ.

ޙަސަން ޝިފާޒުގެ ވަކީލު ވަނީ އެ ޝަރުތުތަކަށް ދިފާއުން ބޯލަނބާނެކަމަށް ވިދާޅުވެފައެވެ.

އޭނާގެ ވަކީލު ވަނީ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި އޭނާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ނިންމައި، އަދި އެ ނިންމުން ދައުލަތުން އިސްތިއުނާފުވެސް ކޮށްފައިނުވާއިރު، އެ މައްސަލައާ ގުޅުވައި އޭނާއަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާ މީހެއްކަމަށް ބުނާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އޭނާއަކީ ވަޒީފާއެއްގައި އުޅޭ ފަރާތަކަށްވާއިރު، މި މައްސަލައިގައި ބަންދު ކުރުމުގެ ސަބަބުން އޭނާގެ ވަޒީފާވެސް ގެއްލިފައިވާކަން ވަކީލު ފާހަގަ ކުރެއްވިއެވެ.

މައްސަލަ ބައްލަވާ ގާޒީވެސް ވަނީ އެ މައްސަލަ ވަކި ގޮތަކަށް ކަނޑައަޅައި ނިމިފައިވާކަން ފާހަގަ ކުރައްވައި މިހާރުގެ މައްސަލައިގެ ޙާދިސާއާ އެކަން ގުޅުވުމަކީ ރަނގަޅު ގޮތެއްކަމަށް ދެކިނުލައްވާކަމަށް ވިދާޅުވެފައެވެ.

ގާޒީ ވަނީ އޭނާއަކީ ވަޒީފާއެއްގައި އުޅޭ ފަރާތަކަށްވާއިރު، އަދި ދައުލަަތަށްވެސް އެ މައުލޫމާތު އެނގޭއިރު، މުޖުތަމައުގައި އޭނާ އަދާކުރާ ދައުރާ ގުޅޭގޮތުން ދައުލަތުން އެ މައުލޫމާތުތައް ހިމަނާފައިނުވަނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. އަދި ގާޒީ ވަނީ ކުރިއަށް އޮތް ތަނުގައިވެސް ދައުލަތުން ހަގީގީ މައުލޫމާތު ފޯމުގައި ހިމެނުއްވުމަށް ސަމާލުކަން ދިނުމަށް ދަންނަވާފައެވެ.

އޭގެ އިތުރުން، ގަލޮޅު ގޭޓުގެ ތަޅު ހަލާކުކޮށްލީ ޙަސަން ޝިފާޒު ކަމަށް ދައުލަތުން ބުނާއިރު، އެކަން ކުރީ އޭނާކަން ޔަޤީންކަމާއެކު ދައުލަތަށް ދެންނެވިދާނެތޯ ގާޒީ ސުވާލު ކުރެއްވިއެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ، އެއީ ޖަމާއަތެއް ގޮތަށް އެންމެން އެކުގައި ހިންގި އަމަލެއް ކަމަށާއި، އެކަމުގައި އޭނާގެ ބައިވެރިވުންވެސް ހިމެނޭ ކަމަށެވެ.

ނަމަވެސް ޝަރީއަތުން ސާފު ކުރަން ބޭނުންވަނީ ޖުމުލަކޮށް ކަން ހިނގާދިޔަ ގޮތް ނޫން ކަމަށާއި، އެކަން ކުރީ ސީދާ އޭނާތޯ ދައުލަތަށް ދެންނެވިދާނެތޯކަމަށް ގާޒީ އަނެއްކާވެސް ސުވާލު ކުރެއްވިއެވެ. އެ ސުވާލުގެ ޖަވާބުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، ތަޅު ހަލާކުކޮށްލީ ސީދާ ޙަސަން ޝިފާޒުކަމަށް ދައުލަތަށް ދެންނެވެން ނެތް ކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، ޙަސަން ޝިފާޒުއާ އެއް ހަމައެއްގައި ދައުވާތައް އުފުލާފައިވާ ފަރާތްތައް ބަންދުން ދޫވެފައިވާ ކަމަށާއި، އެކަން ދައުލަތުން އިސްތިއުނާފު ކޮށްފައި ނުވާ ކަމަށެވެ. އަދި ފޯމުގައި ބަޔާންކޮށްފައިވާ ބައެއް ސަބަބުތައްވެސް ދައުލަތަށް ސާފުކޮށް ނުދެވޭކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

ގާޒީ ވަނީ ޝަރުތުތަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް އަމުރު ކުރައްވާފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ. މި މައްސަލައިގައި އިތުރު ބައެއްގެ މައްޗަށްވެސް ދައުވާ އުފުލާފައިވާއިރު، މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ އެ ފަރާތްތަކުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން އެހެން ދުވަހެއްގައި ކުރިއަަށް ގެންދަވާނެ ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޖިލީހުގައި ތަޅު އެޅުވުމަކީ ކުށެއް: މަހްލޫފް

މަޖިލީހުގައި ތަޅު އެޅުވުމަކީ ކުށެއް: މަހްލޫފް

24 ޖުލައި 2017
ރައްޔިތުންގެ މަޖިލީހުގައި ސިފައިން ތަޅު އަޅުވައިފި

ރައްޔިތުންގެ މަޖިލީހުގައި ސިފައިން ތަޅު އަޅުވައިފި

24 ޖުލައި 2017
ރައްޔިތުންގެ ވިސްނުމާއި ފިކުރުގައި ތަޅުއަޅުވާކަށް ޖާގައެއް ނުދޭނަން: ޝިދާތާ

ރައްޔިތުންގެ ވިސްނުމާއި ފިކުރުގައި ތަޅުއަޅުވާކަށް ޖާގައެއް ނުދޭނަން: ޝިދާތާ

24 ޖުލައި 2017
ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ހަރަކާތުގައި 100 ވުރެ ގިނަ މީހުން ބައިވެރިވެއްޖެ

ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ހަރަކާތުގައި 100 ވުރެ ގިނަ މީހުން ބައިވެރިވެއްޖެ

17 ޖޫން 2017
ޖިނާއީ އިޖުރާއަތުގެ ބިލާ ގުޅިގެން ސަރުކާރު މެމްބަރުންގެ މެދުގައި ބޮޑު ހަމަނުޖެހުންގަނޑެއް!

ޖިނާއީ އިޖުރާއަތުގެ ބިލާ ގުޅިގެން ސަރުކާރު މެމްބަރުންގެ މެދުގައި ބޮޑު ހަމަނުޖެހުންގަނޑެއް!

13 ޖޫން 2017

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު