Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގަލޮޅު މޯޗަރީ

މޯޗަރީން ގަބުރެއް ނެރުމުން އެ ސަރަހައްދަށް ވަސް ފެތުރި، ރައްޔިތުން ހިންހަމަނުޖެހުން ފާޅުކޮށްފި

މިކަން ހިނގާފައިވަނީ ހެނދުނު 6 ޖެހި އިރު

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 5 އެޕްރީލު 2017 | ބުދަ 10:29
ގަލޮޅު މޯޗަރީ

ގަލޮޅު މޯޗަރީ

ގަލޮޅު މޯޗަރީން ގަބުރެއް ނެރުނު ފަހުން ކުނި ވަސް ދުވަން ފެށުމާ ގުޅިގެން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ހިންހަމަނުޖެހުން ފާޅުކޮށްފި އެވެ.

ރާއްޖެއެމްވީއާ ވާހަކަދެއްކި ބައެއް ފަރާތްތަކުން ބުނީ ބުދަ ދުވަހުގެ ހެނދުނު 6 ޖަހާކަން ހާ އިރު ގަލޮނު މޯޗަރީން ގަބުރެއް ނެރުނު ފަހުން މުޅި ސަރަހައްދަށް ކުނި ވަސް ފެތުރިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުން މޯޗަރީން ހެނދުނު ނެރެފައިވަނީ މިދިޔަ ހުކުރު ދުވަހު ގެނައި ބަންގްލަދޭޝް މީހެއްގެ ގަބުރު ކަމަށެވެ. އެ ގަބުރު ނެރުނީ، ބަންގްލަދޭޝްއަށް ފޮނުވާލުމަށް ކަމަށް ވެސް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

މިކަމާ ގުޅޭ ގޮތުން، އިސްލާމިކް މިނިސްޓްރީއަށް ގުޅާލުމުން އެ މިނިސްޓްރީން ބުނީ އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަން ނޭނގޭ ކަމަށާއި އެކަން ބަލާނެ ކަމަށެވެ.

މަރުވާ މީހުން މޯޗަރީއަށް ގެންދަނީ ހަށިގަނޑު ގިނަ ދުވަހު ކުނި ނުވެ ބޭއްވުމަށެވެ. އެގޮތުން އާންމު ގޮތެއްގައި މޯޗަރީ އަށް ލަރީ ބިދޭސީންނާއި އޮޓޮޕްސީ ހެދުން ފަދަ ތަހްގީގުތަކަށް ގިނަ ދުވަހު ހަށިގަނޑު ބޭއްވުމަށްޓަކައެވެ. އާއްމުކޮށް ދެ ޓެމްޕަރޭޗަރއެއްގައި މޯޗަރީތަކުގައި ގަބުރު ބެހެއްޓެ އެވެ. އެއްގޮތަކީ ހަށިގަނޑު އެއްކޮށް ކުނިނުވާ ގޮތަށް ގަބުރު އެއްކޮށް ގަނޑުކުރެވޭ ގޮތަށް ބެހެއްޓޭ ބެހެއްޓުމެވެ. ދެވަނަ ގޮތަކީ، ގަބުރު ކުނި ވިޔަ ދިނުން ލަސްކުރުމަށްޓަކައި ވަކި ފިނި މިނެއްގައި ބެހެއްޓުމެވެ. އާއްމުކޮށް މި ފަދަ ގޮތަކަށް ބަހައްޓާއިރު އެތަނުގެ ޓެމްޕަރޭޗަރ ބަހައްޓާނީ 2 ކާއި 4 ޑިގްރީ ސެލްޝިއަސްގަ އެވެ.

މޯޗަރީއާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މޯޗަރީގައި ޖާގަ އޮތް މިންވަރަކުން، ގަބުރު ބޭއްވޭނެ ކަމަށާއި، ގަބުރު ބޭއްވުމަށް ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ކަމަށެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު