Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަނޑިޔާރުންގެ ސެކިއުރިޓީ

ސެކިއުރިޓީއާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުން ފަނޑިޔާރުންގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި

ސަލާމަތީ ކަންކަން ރޭވިފައިވާ ގޮތާމެދު ފަނޑިޔާރުންގެ ހިތްހަމަނުޖެހުން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 30 އެޕްރީލު 2017 | އާދީއްތަ 13:44
ފަނޑިޔާރުންތަކެއް: މާލެ ތެރޭގެ ހާލަތު ގޯސްވާތީ ސަލާމަތީ ކަންކަމާއި މެދު ކަންބޮޑުވުން ފާޅުކުރި

ފަނޑިޔާރުންތަކެއް: މާލެ ތެރޭގެ ހާލަތު ގޯސްވާތީ ސަލާމަތީ ކަންކަމާއި މެދު ކަންބޮޑުވުން ފާޅުކުރި

ސަލާމަތީ ކަންކަން އިންތިޒާމް ކުރެވިފައިވާ ގޮތާއި މެދު ބައެއް ފަނޑިޔާރުން ހިތްހަމެނުޖެހުން ފާޅުކުރެއްވުމުން، ސަލާމަތީ ކަންކަން ކުރިއަށް ވުރެ ވަރުގަދަ ކޮށްފި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާލެ ތެރޭގެ ހާލަތު ގޯސްވެ، އަމިއްލަ ހަށި ފުރާނައިގެ ރައްކާތެރިކަން ކަށަވަރުނުވާ ކަމަށް ވިދާޅުވެ ބައެއް ފަނޑިޔާރުން ވަނީ ސަލާމަތީ ކަންކަން އިންތިޒާމް ކޮށްފައިވާ ގޮތާއި މެދު ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ.

Advertisement - newsAdvertisement

މައުލޫމާތު ލިބޭ ގޮތުގައި ސަލާމަތާ މެދު އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ ސުޕީރިއާ ކޯޓްތަކުގެ ފަނޑިޔާރުންނެވެ.

ފަނޑިޔާރުންގެ ކަންބޮޑުވުންތައް އެހެން ހުރުމާ ގުޅިގެން، މިދިޔަ ހަފްތާގެ ތެރޭގައި ސުޕީރިއާ ކޯޓްތަކުގެ ފަނޑިޔާރުންގެ ސަލާމަތީ ކަންކަން ވަނީ ކުރިއަށް ވުރެ ވަރުގަދަ ކޮށްފަ އެވެ. އެގޮތުން ސެކިއުރިޓީއަށް ކަނޑައަޅާފައިވާ އެމްއެންޑީއެފްގެ އޮފިސަރުންގެ އަދަދު އިތުރުކޮށް، ފަނޑިޔާރުން ދިރިއުުއްވާ ގެކޮޅުގެ ބޭރުގައި ފޯރިމަރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އަދި ފަނޑިޔާރުން ތަންތަނަށް ވަޑައިގަތުމަށް ވެހިކަލް ހަމަޖައްސައިދިނުމަށް ކޯޓްތަކަށް ވަނީ އަންގާފަ އެވެ.

ސަލާމަތީ ކަންކަމާ މެދު ފަނޑިޔާރުން ކަންބޮޑުކޮށްފައި މިވަނީ، ރަހުމުކުޑަ ހަމަލާއެއްގައި މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލާފައިވާ ދަނޑިވަޅެއްގަ އެވެ. ޔާމީން މަރާލިތާ ހަފްތާއެއްވީއިރުވެސް، އެ އަނިޔާވެރި ހަމަލާދިން މީހުން އަތުލައިގަނެވިފައި ނުވެ އެވެ. ނަމަވެސް ފުލުހުން ބުނެފައިވާ ގޮތުގައި އެއީ ކޮންބައެއްކަން ވަނީ ދެނެގަނެވިފަ އެވެ.

މީޣެ އިތުރުން، ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން ރޭވި ކަމަށް ބުނާ މައްސަލައެއްގެ ތުހުމަތުގައި ޑެޕިއުޓީ މިނިސްޓަރަކު ހައްޔަރުކޮށް ތަހުގީގު ދަނީ ހިންގަމުންނެވެ. އަދި މާލޭގެ ފަސް ތަނަކަށް ބޮމުގެ ހަމަލާދޭން ބޮން ތައްޔާރުކުރަން ތިބި ބަޔަކު އަތުލައިގަނެ އެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް

ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް

19 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން

ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން

16 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު