Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖިނާއީ އިޖުރާއަތުގެ ގާނޫނު

ޖިނާއީ އިޖުރާއަތުގެ ބިލާ ގުޅިގެން ސަރުކާރު މެމްބަރުންގެ މެދުގައި ބޮޑު ހަމަނުޖެހުންގަނޑެއް!

13 ޖޫން 2017 | އަންގާރަ 10:00

ސަރުކާރުގެ ފަރާތުން މިއަދު ހުށަހެޅި ބިލް މިހާރު ވަނީ އަނބުރާ ގެންގޮސްފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 13 ޖޫން 2017 | އަންގާރަ 10:00
ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުން

ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުން

ސަރުކާރުގެ ފަރާތުން ހުށަހެޅި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅިގެން ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ބޮޑު ހަމަނުޖެހުންގަނޑެއް ހިނގައި އެންމެ ފަހުން އެ އެބިލް އަނބުރާ ގެންގޮއްސި އެވެ.

އެނގިފައިވާ ގޮތުގައި އެ ބިލް އަނބުރާ ގެންގޮސްފައިވަނީ މެންބަރުންނާ މަޝްވަރާ ކުރުމެއް ނެތި ކުއްލިއަކަށް އެހާ ގިނަ އިސްލާހުތަކެއް ޖިނައީ އިޖުރާއަތުގެ ގާނޫނަށް ހުށަހެޅުމުން ސަރުކާރަށް ނިސްބަތްވާ މެންބަރުން ހިތްހަމަނުޖެހުން ފާޅު ކުރުމުންނެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަލްސާ މެދުކަނޑާލި ވަގުތު ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުން ޒުވާބުކޮށް އަޑުގަދަކުރަން ފެށުމުން އެބިލް ޑްރާފްޓް ކުރެއްވި އަދި އެބިލް މެމްބަރު މުބީނު މެދުވެރިކޮށް މަޖިލީހަށް ހުށަހެޅުއްވި އެޓާރނީ ޖެނެރަލް މުހައްމަދު އަނިލް އާއި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވަޑައިގެން މެމްބަރުން ހަމައަކަށް އެޅުއްވުމަށް މަސައްކަތް ކުރެއްވިއެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނާއިބު ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވީ އެބިލް މަޖިލީހުން މިހާރު ނަގާފައިވާ ކަމަށެވެ. އަދި އެބިލް އަނބުރާ ނެގީ އެބިލްގައި ކުދިކުދި މައްސަލަތައް އުޅޭތީ އިސްލާހު ކުރުމަށް ކަމަށް ރިޔާޒު ވިދާޅުވި އެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ރިޔާޒުގެ ފަރާތުން ލިބިފައިނުވާއިރު، އެބިލް މަޖިލީހަށް ހުށަޅުއްވި މުބީންގެ ބަހެއް ލިބޭގޮތް ވެސް ވަނީ ނުވެފަ އެވެ.

އެބިލްގައި 99 މާއްދާ ހިމެނެއެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހިމެނެނީ 213 މާއްދާ އެވެ.

މީގެ ކުރިން އެގާނޫނަށް އަމަލު ކުރުން ފަސްކުރަމުން އައިސް، މިއަހަރުގެ ޖެނުއަރީ މަހުގެ ދެ ވަނަ ދުވަހު އަމަލުކުރަން ފަށާ ގޮތަށް އޮތްއޮތުން ބަދަލުކޮށް ޖުލައި މަހުގެ ދެވަނަ ދުވަހަށް އަމަލުކުރަން ފަށާ ގޮތަށް މަޖިލީހަށް ހުށަހެޅުމަށް ފަހު ވަނީ ފާސްކޮށްފަ އެވެ.

މުބީން ހުށަހެޅުއްވި އިސްލާހު ގެނައުމުގެ އެބިލްގައިވާ ގޮތުން ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މިހާރު އަމަލުކުރަށް އޮތް ދުވަހަށް ބަދަލުގެންނަށް ހުށަހަޅުއްވާފައެއް ނުވެއެވެ. މިހާރު ވެސް އޮތްގޮތަށް މުބީނު ހުށަހެޅުއްވި ބިލުގައި ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރުމަށް އޮތީ އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހެވެ.

އެބިލަށް ބަހުސް ކުރުމަށް ފެންނަ ކަމަށް 27 މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް ބަހުސްކުރެއްވުމަށް އެދިވަޑައިގަންނަވާ މެމްބަރުން އެކަމަށް އެދިވަޑައިގަތުމަށް ވަރަށް ކުޑަ ވަގުތުކޮޅެއް ދެއްވުމަށްފަހު، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވަނީ އެއްވެސް މެމްބަރެއް އެ ބިލަށް ބަހުސްކުރައްވަން އެދިލައްވާފައިނުވާ ކަމަށް އިއުލާންކުރައްވައި ބަހުސްކުރުމުގެ މަރުހަލާ ނިންމާލައްވާފަ އެވެ. މަޖިލީހުގެ ރައީސް އެ ގޮތަށް އަމަލުކުރެއްވުމުން އިދިކޮޅު މެންބަރުން ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލާފައެވެ.

އެހެންކަމުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ އެބިލަށް އެއްވެސް މެމްބަރަކު ބަހުސް ކުރައްވާފައިނުވާކަން ފާހަގަ ކުރެވުނުއިރު، މިއީ ޖިނާއީ އަދުލްގެ ނިޒާމުގައި ވަރަށް މުހިއްމު ބިލެކެވެ. މީގެ ކުރިން މަޖިލީހަށް ޖިނާއީ އިޖުރާއަތުގެ ބިލު ހުށަހެޅުނުއިރު، ގިނަ މެމްބަރުން އެ ބިލްގެ މުހިއްމު ކަމާ މެދު ވާހަކަ ދައްކެވި ނަމަވެސް އަންގާރަ ދުވަހުގެ ޖަލްސާގައި އެކަމެއް ނުފެނެއެވެ.

އަންގާރަ ދުވަހުގެ ޖަލްސާ ފެށިއިރު، ހާޒިރުވެވަޑައިގަންވާފައި ވަނީ ވެސް ކިރިޔާ ކޯރަމް ހަމަވާވަރަށް މެމްބަރުން ތިއްބަވައިގެންނެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނާ ގުޅިގެން އެޓާރނީ ޖެނެރަލް މުހައްމަދު އަނިލް އާއި ޕްރޮސެކިއުޓަރ ޖެނެރަލް އާއިޝަތު ބިޝަމް ވިދާޅުވެފައި ވަނީ އެގާނޫނަށް ބައެއް ބަދަލުތައް ގެންނަންޖެހޭ ކަމަށެވެ. ނަމަވެސް އެ ދެ ބޭފުޅުން ގެންނަންޖެހޭ ބަދަލުތަކުގެ މާބޮޑު ތަފްސީލެއް އޭރު ނުދެއްވި ނަމަވަސް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ އެބިލަށް ވަރަށް ގިނަ އިސްލާހުތައް ހުށަހަޅާފައިވާކަން ފާހަގަ ކުރެވެއެވެ.

އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު މީހުން ހިފާ ހައްޔަރުކުރުމާއި ތަހްގީގު ހިންގުމާއި ދައުވާ އުފުލުމުގެ އިތުރުން ޝަރީއަތް ކުރުމުގައި މިހާރު ގެންގުޅޭ ބައެއް އުސޫލުތައް ބަދަލުވާނެއެވެ. އެގާނޫނުގައިވާ ގޮތުން، މައްސަލަތައް ތަހްގީގު ކުރުމަށް ފުލުހުންނަށް ލިބޭ މުއްދަތުތަކާއި ދައުވާކުރުމަށް ޕީޖީއަށް ލިބޭ މުއްދަތާއި މައްސަލަ ނިންމަން ކޯޓަށް ލިބޭ މުއްދަތުތައް ބަޔާން ކުރެވިފައިވެއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

3

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް