Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމައުމޫން އޮފީސް ބަންދުކުރުން

ތަޅު ހަލާކުކޮށްލުމަށް ފަހު، ރައީސް މައުމޫނުގެ އޮފީހުގެ ނަން ބޯޑާއި ދިދަ ފުލުހުން ނަގައިފި

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ނަން ބޯޑާއި، ދިދަ ނެގުމަށް ފުލުހުން، ހ. ތެމާއަށްވަދެފައިވަނީ، ހުކުރު ދުވަހުގެ ރޭ 7:30

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 31 މާރިޗު 2017 | ހުކުރު 19:54
ޕީޕީއެމް ރައީސްގެ އޮފީސް

ޕީޕީއެމް ރައީސްގެ އޮފީސް

ތަޅު ހަޅާކުކޮށްލުމަށްފަހު ވަދެ، ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ޕީޕީއެމްގެ ދިދަ އާއި ނަން ބޯޑް ފުލުހުން ނަގައިފި އެވެ.

ކޯޓު އަމުރު ތަންފީޒްކުރުމަށް ކަމަށް ބުނެ، ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ނަން ބޯޑާއި، ދިދަ ނެގުމަށް ފުލުހުން، ހ. ތެމާއަށްވަދެފައިވަނީ، ހުކުރު ދުވަހުގެ ރޭ 7:30 ގައެވެ. އަދި ފުލުހުން އެ އޮފީހަށްވަދެފައި ވަނީ، އޮފީހުގެ ތަޅު ހަލާކުކޮށްލުމަށް ފަހުގައެވެ. ތަޅު ހަލާކުކޮށްލުމަށް ފަހު ވަދެ ވަނީ ރައީސް މައުމޫނުގެ އޮފީހުގައި ހުރި ޕީޕީއެމްގެ ދިދަ ނަގައި، ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަން ބޯޑް ނަގައިފަ އެވެ.

ފުލުހުން ރައީސް މައުމޫންގެ އޮފީހަށް ފޮނުވާފައިވާ އެންގުމެއްގައި ބުނެފައި ވަނީ ޕީޕީއެމްގެ ހިންގުން ރައީސް އަބްދުﷲ ޔާމީނާ ހަވާލްކޮށް ކޮށްފައިވާ ހުކުމުގައި ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށް ޕީޕީއެމްގެ ރައީސްގެ ނަމުގައި އޮފީހެއް ހަދާ، ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުންކޮށްގެން އަދި ޕީޕީއެމްގެ ނަމުގައި ޖަލްސާ ބާއްވައި އެއްވެސް ހަރަކާތެއް ހިންގާނަމަ އެކަމެއް ހުއްޓުވުމަށާއި، ޕީޕީއެމްގެ ނަމުގައި ހ.ތެމާގައި ހަދާފައިވާ ޕީޕީއެމްގެ ރައީސްގެ އޮފީސް ހިންގުން ހުއްޓުވުމަށާއި، އެތަނުގައި ނަގާފައިވާ ޕީޕީއެމްގެ ދިދަ އެތަނުން ނަގާ އެފަދަ އެއްވެސް ހަރަކާތެއް ހިންދިޔަ ނުދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ސިވިލްކޯޓުން އަމުރުކޮށްފައިވާކަމަށެވެ. އެހެންކަމުން އެ އަމުރު ތަންފީޒްކުރުމަށް ކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އަޅާނެކަމަށް އެންގުމުގައި ބުނެގައިވެއެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު