Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީހުގައި ތަޅުއެޅުވުން

މަޖިލީހުގައި ތަޅު އެޅުވުމަކީ ކުށެއް: މަހްލޫފް

24 ޖުލައި 2017 | ހޯމަ 05:19

މަޖިލީހުގައި ތަޅު އެޅުވީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް އަމީން އާންމު ވިދާޅުވި

ހުސެން ފިޔާޒް
ހުސެން ފިޔާޒް | 24 ޖުލައި 2017 | ހޯމަ 05:19
މަޖިލީހުގައި ތަޅު އަޅުވާފައި

މަޖިލީހުގައި ތަޅު އަޅުވާފައި

އެއްވެސް ބަޔަކަށް މަޖިލީހުގައި ތަޅެއް ނޭޅުވޭނެ ކަމަށާއި އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްގެ ތަރުޖަމާނު މަހްލޫފު ވިދާޅުވި ގޮތުގައި މަޖިލީހުގެ އިދާރާއަކީ މަޖިލީހުގެ މެމްބަރުންނަށް އަބަދު ވެސް ވަދެވޭނެ ތަނެއް ކަމަށެވެ.

Advertisement - newsAdvertisement

"މިކަން ކުރި މީހުންނަށް ފަހުން ދައުވާކޮށް ޝަރީއަތް ކުރެވޭނެ، މިއީ ގާނޫނީ ކުށެއް،" މަހްލޫފު ވިދާޅުވި އެވެ.

މަޖިލީހުގެ އަމީން އާންމާ އަހްމަދު މުހައްމަދާ ހަވާލާ ދެއްވައި މަހްލޫފު ވިދާޅުވީ، މަޖިލީހުގައި ތަޅު އެޅުވީ ސަލާމަތީ ސަބަބުތަކަށްޓަކަ އެވެ.

"އަޅުގަނޑު ގުޅިން އަމީން އާންމަށް. އަމީން އާންމު ވިދާޅުވި ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ތަޅު އެޅުވީ. ނަމަވެސް އެއީ ކޮން ބައެއްގެ ސަލާމަތަށް ކަމެއް ނޭނގޭ،" މަހްލޫފު ވިދާޅުވި އެވެ.

މަޖިލީހުގެ ސަލާމަތީކަންކަން ބަލަހައްޓަނީ އެމްއެންޑީއެފުން ކަމަށް ވާތީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމް އަށް ފޯނުން ގުޅުއްވި ކަމަށާއި ތަޅު އެޅުވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް އެ މަނިކުފާނަށް ދެންނެވި ކަމަށެވެ.

"ޗީފް ވިދާޅުވީ މަޖިލީހުގެ ކޮމިޓީއެއް ވެސް، ޖަލްސާއެއް ވެސް ނެތެއް ނޫންހޭ،" މަހްލޫފު ވިދާޅުވި އެވެ.

މެމްބަރުންނަށް މަޖިލީހުގެ އިދާރާއަށް ނުވަދެވޭނެ ގޮތަށް ހަމަ މިޖެއްސީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކިކުރަން މަޖިލީހުގެ އަޣުލަބިއްޔަތަށް ވުރެ ގިނަ މެމްބަރުން ސޮއިކުރައްވާ ހުށަހަޅުއްވާފައިވާ މައްސަލަ މަޖިލީހުން ބޭރުކޮށްލި ނަމަވެސް، މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން ވިދާޅުވެފައި ވަނިކޮށެވެ.

ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން މިއަދު މެންދުރު މަޖިލީހަށް ވަޑައިގަންނަވާ ގޮތަށް ނިންމާފައިވާ ކަމަށާއި މެމްބަރުންނަށް ރައްޔިތުންގެ ތަރުހީބު ބޭނުންވާ ކަމަށް ޕާޓީތަކުން ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިތުބާރު މަސީހަށް ގެއްލި، އަދި މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލުމާއެކު، މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރެއްވި 45 މެމްބަރުންގެ ތެރެއިން ހަ މެމްބަރެއްގެ ގޮނޑި ވަނީ ގެއްލުވާލައިފަ އެވެ.

ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންއާއި، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ އިތުރުން މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާންގެ މެންބަރު ކަމުގެ ގޮނޑި އެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ސިޔާސީ ލީޑަރުން ފުލުސް އޮފީހަށް ހާޒިރުކުރަނީ ޖިނާއީ ކުށެއް ކޮށްގެންނެއް ނޫން، ހަމަ މިސަރުކާރު ބަލިކަށިވީ: ހިސާން

03 އެޕްރީލު 2017
ސިޔާސީ ލީޑަރުން ފުލުސް އޮފީހަށް ހާޒިރުކުރަނީ ޖިނާއީ ކުށެއް ކޮށްގެންނެއް ނޫން، ހަމަ މިސަރުކާރު ބަލިކަށިވީ: ހިސާން
31 މާރިޗު 2017

ތަޅު ހަލާކުކޮށްލުމަށް ފަހު، ރައީސް މައުމޫނުގެ އޮފީހުގެ ނަން ބޯޑާއި ދިދަ ފުލުހުން ނަގައިފި

31 މާރިޗު 2017
ތަޅު ހަލާކުކޮށްލުމަށް ފަހު، ރައީސް މައުމޫނުގެ އޮފީހުގެ ނަން ބޯޑާއި ދިދަ ފުލުހުން ނަގައިފި
29 މާރިޗު 2017

ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް

29 މާރިޗު 2017
ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް
28 މާރިޗު 2017

މަޖިލީހުގައި ނެގި ވޯޓަކީ މިނިވަން އިންސާފުވެރި ދެފުށް ފެންނަ ވޯޓެއް: ސަރުކާރު

28 މާރިޗު 2017
މަޖިލީހުގައި ނެގި ވޯޓަކީ މިނިވަން އިންސާފުވެރި ދެފުށް ފެންނަ ވޯޓެއް: ސަރުކާރު
26 މާރިޗު 2017

މަޖިލީހުގައި މަޝްވަރާގެ އުސޫލެއް ނެތް، މަސީހު މަގާމުން ދުރުކުރަންޖެހޭ:ޑރ. މަޖީދު

26 މާރިޗު 2017
މަޖިލީހުގައި މަޝްވަރާގެ އުސޫލެއް ނެތް، މަސީހު މަގާމުން ދުރުކުރަންޖެހޭ:ޑރ. މަޖީދު
27 ފެބުރުއަރީ 2017

ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި

27 ފެބުރުއަރީ 2017
ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި
19 ފެބުރުއަރީ 2017

މަޖިލީހުގައި ތިއްބެވީ 85 ކަނޑުކޮހުން ނޫންކަން ދައްކަންޖެހޭ: މުސްތަފާ

19 ފެބުރުއަރީ 2017
މަޖިލީހުގައި ތިއްބެވީ 85 ކަނޑުކޮހުން ނޫންކަން ދައްކަންޖެހޭ: މުސްތަފާ
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
08 ފެބުރުއަރީ 2017

މަހްލޫފްގެ މައްސަލައިގާ ހުރި ކަންބޮޑުވުންތައް އެމްޑީޕީން އައިޕީޔޫއަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
މަހްލޫފްގެ މައްސަލައިގާ ހުރި ކަންބޮޑުވުންތައް އެމްޑީޕީން އައިޕީޔޫއަށް ހުށަހަޅައިފި
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް