Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓާޓާ ފްލެޓް

ގާކޮށްޓާއި އަރަބިއްޔާ ހުރި ބިމުގައި އެޅި ފްލެޓް ލިބުނު ބައެއް މީހުން ފައިސާ ދައްކައިފި، އެކަމަކު ތަޅުދަނޑި ހަވާލެއް ނުކުރޭ!

ފްލެޓުގެ އަގު އަދާކުރުމަށް ޓަކައި ލޯނަށް ހޮވިފައިވާ ކަމުގެ ލިޔުން ހަވާލު ކުރަން އެންގީ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 26 މެއި 2017 | ހުކުރު 11:30
ކުރީގެ އަރަބީއްޔާ ހުރި ބިމުގައި ޓާޓާ އަޅާފައިވާ ފްލެޓް

ކުރީގެ އަރަބީއްޔާ ހުރި ބިމުގައި ޓާޓާ އަޅާފައިވާ ފްލެޓް

ގާކޮށްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިމާރާތްކުރި ފްލެޓް ލިބުނު ބައެއް މީހުން ފްލެޓަށް ދައްކަން ޖެހޭ ޑައުންޕޭމެންޓް ދެއްކި ނަމަވެސް ފްލެޓްގެ ތަޅުދަނޑި ހަވާލު ކޮށްފައި ނުވާކަން ރާއްޖެއެމްވީ އަށް އެނގިއްޖެއެވެ.

ފްލެޓް ލިބުނު މީހަކު ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ބުނީ ފްލެޓަށް ދައްކަން ޖެހޭ ޑައުންޕޭމެންޓް އެޗްޑީސީ އަށް ދއްކާފައިވާ ކަމަށާއި ނަމަވެސް ފްލެޓްގެ ތަޅުދަނޑި ހަވާލު ކޮށްފައި ނުވާ ކަމަށެވެ.

Advertisement - newsAdvertisement

އޭނާ ބުނީ ތަޅުދަނޑި ހަވާލު ކުރާނެ ވަކި ދުވަހެއް ވެސް އެޗްޑީސީން ހާމަކޮށްފައި ނުވާ ކަމަށެވެ. އަދި ފްލެޓް ހަވާލު ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ ގޮތުގެ ސާފް މައުލޫމާތު އެޗްޑީސީން ހިއްސާ ނުކުރާ ކަމަށް އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން މައުލޫމާތު ސާފް ކުރުމަށް ރާއްޖެއެމްވީން އެޗްޑީސީގެ މީޑިއާ އޮފިޝަލަށް ގުޅުމުން އޭނާ ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ. އަދި އެޗްޑީސީ މެނޭޖިންގ ޑައިރެކްޓަރު މުހައްމަދު ސައިމަން އަށް ވެސް ގުޅުމުން އޭނާ ވެސް ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ. އަދި ވައިބާ މެދުވެރިކޮށް މެސެޖު ކުރުމުން މެސެޖް ބެއްލެވި ނަަމވެސް ސައިމަން ޖަވާބު ދެއވާފައެއް ނުވެއެވެ.

ކުރީގެ އަރަބިއްޔާ ސްކޫލް ހުރި ބިމާއި ގާކޮށީގައި އިންޑިއާގެ ޓާޓާ ކުންފުނިން އަޅާފައިވާ ފްލެޓު ގަންނަން ލޯނަށް ހޮވިފައިވާ ކަމުގެ ލިޔުން ހުށަހަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދީފައި މުއްދަތަކީ މިއަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

ފްލެޓު ލިބުނު މީހުންނަށް އެޗްޑީސީން ފޮނުވި ސިޓީގައި ބުނެފައި ވަނީ ބޭންކު ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޝަން މެދުވެރިކޮށް ފްލެޓުގެ އަގު އަދާކުރުމަށްޓަކައި ލޯނަށް ހޮވިފައިވާ ކަމުގެ ލިޔުން ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 3:00ގެ ކުރިން އެކުންފުންޏަށް ހުށަހެޅުމުން އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައް ކުރިއަށްގެންދާނެ ކަމަށެވެ.

ފްލެޓް ހަވާލުކުރެވޭނީ ޑައުންޕޭމަންޓް ދެއްކުމަށް ފަހު "ޓްރައިޕަޓައިޓް" އެއްބަސްވުމެއްގައި ސޮއިކުރުމުން ކަމަށް ވެސް އެ ސިޓީގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ފްލެޓުގެ އަގު އެއްކޮށް އަދާކުރަން ބޭނުންވާ މީހުން ވެސް ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 3:00ގެ ކުރިން އެކުންފުންޏަށް އެންގުމުން ފްލެޓު ލިބޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

ރާއްޖެއެމްވީ އަށް މީގެ ކުރިން ދިން އިންޓަވިއެއްގައި ސައިމަން ވިދާޅުވެފައި ފްލެޓަށް ޑައުން ޕޭމަންޓާއި ދެ މިލިޔަން ރުފިޔާ އެއްކޮށް ދައްކާނެ މީހުން އެބަތިބި ކަމަށާއި އެހެން ކަމުން ސްކްރީނިންގ ހަދަން ނިންމާފައިވަނީ އެ ފަރާތްތައް ވަކިކޮށް، ފްލެޓަށް ފައިސާ ދެއްކުމަށް އިތުރު ގޮތްތަކެއް ހޯދައިދޭންޖެހޭ ފަރާތްތައް ތިބިތޯ ބަލައި އެ ފަރާތްތައް ދެނެގަތުމަށް ކަމަށެވެ.

ސޯޝަލް ހައުސިން ފްލެޓްތަކާ އަޅާ ބަލާއިރު ޓާޓަ ފްލެޓް ގަންނަން ދާ ހަރަދު ބޮޑު ކަމަށް ފްލެޓް ލިބުނު ފަރާތްތަކުން ބުނަމުންދާތީ އެކަމާ ގުޅިގެން ރާއްޖެއެމްވީން ސުވާލު ކުރުމުން ސައިމަން ވިދާޅުވެފައި ވަނީ އެހެން ފްލެޓްތަކަށް ވުރެ ޓާޓާ ފްލެޓްތަކުގެ އަގު ވަކި ބޮޑު ނުވާނެ ކަމަށާއި އެޗްޑީސީ ފްލެޓްތައް ވިއްކަނީ ވިޔަފާރީގެ އުސޫލުން ކަމަަށެވެ. އަދި ފްލެޓް ގަތުމަށްދާ ހަރަދު ބޮޑުތޯ ނުވަތަ ނޫންތޯއާ މެދު އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށް ސައިމަން ވިދާޅުވިއެވެ.

ގާކޮށްޓާއި، ކުރީގެ އަރަބިއްޔާ ސްކޫލް ހުރި ބިމުގައި ހަދާފައިވާ ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނިންމައި، އެތަނުގައި ހުރި ރީޓެއިލް ފިހާރަތައް ފިޔަވާ، އެހެން ހުރިހާ ފްލެޓްތަކެއް އިންޑިޔާގެ ޓާޓާ ކުންފުނިން ދިވެހި ސަރުކާރާއި ޙަވާލުކުރައްވާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އަރަބިއްޔާ ހުރި އިމާރާތުގައި 90 އެޕާޓްމަންޓް އަދި ގާކޮށި ހުރި އިމާރާތުގައި 198 އެޕާޓްމަންޓް ހިމެނެއެވެ. މިއިން ކޮންމެ އެޕާޓްމަންޓެއް ވެސް ހަދާފައިވަނީ ތިން ކޮޓަރި އާއި، ދެ ފާޚަނާއާއި އަދި އެޓޭޗްކުރެވިފައިވާ ބަދިގެއެއް ހިމެނޭ ގޮތަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު