Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުނުކުޅެދުންތެރިކަން

ނުކުޅެދުންތެރިކަން ހުންނަ ކޮންމެ މީހަކީ ނާގާބިލް މީހެއް ނޫން

ނުކުޅެދުންތެރިކަމެއް ހުރުމަކީ އެމީހާގެ ބަދުނަސީބު ކަމުގައި ގަބޫލުކޮށްގެން ނުވާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 13 ނޮވެމްބަރު 2022 | އާދީއްތަ 10:36
ނުކުޅެދުންތެރިކަން ހުންނަ ކުދިން

ނުކުޅެދުންތެރިކަން ހުންނަ ކުދިން

ނުކުޅެދުންތެރިކަން ހުންނަ ކޮންމެ މީހަކީ ނާގާބިލް މީހެއް ނޫނެވެ. މީހެއްގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީ އެމީހާގެ ބަދުނަސީބު ކަމުގައި ގަބޫލުކޮށްގެން ނުވާނެއެވެ. އަދި އެކަމަކީ ބަދު ނަސީބުކަމަށް ގަބޫލު ކުރުމުގެ ބަދަލުގައި، އެމީހުންގެ ކިބައިގައި ހުރި ހުނަރާއި ގާބިލުކަން މުޖުތަމައުން ދެނެގަނެ އޭގެ ބޭނުން ހިފުމަށް މަގުފަހިކޮށްދީފި ނަމަ އެމީހުންނަކީވެސް ނަސީބުވެރިންނަށް ހެދޭނެކަން ޔަޤީނެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެންމީހުންނެކޭ އެއްފަދައިން ހުރިހާ ޙައްޤުތައް ލިބިދޭންވާނެއެވެ. އެ ޙައްޤުތައް ފޯރުކޮށްދިނުމުގައި ނަސްލަށް، ކުލައަށް، ޖިންސަށް، ބަހުރުވައަށް، ދީނަށް، ސިޔާސީ ނުވަތަ ސިޔާސީ ފިކުރަކަށް، ގައުމަށް ނުވަތަ ތަނަވަސްކަން ހުރިމިންވަރަށް ބަލައިގެންނުވާނެއެވެ. އަޅުގަނޑުމެންނަށް މުޖުތަމައު އިން މިހާރު މި މަންޒަރު ފެނިގެން އެބަދެއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް އެކި ދާއިރާތަކުން ފުރުސަތުތައް މަޑުމަޑުން ތަނަވަސްވަމުން އެބަދެއެވެ.

ކުރިން މުޖުތަމައުގައި ނުކުޅެދޭ މީހަކާއި ދެތެރޭގައި ދެކޭ ގޮތާއި މިހާރު ދެކެމުން އަންނަ ގޮތް ތަފާތުވެއްޖެއެވެ. އެންމެންވެސް އެފަދަ މީހުންނަށް ޚާއްސަ ސަމާލުކަމެއްދީ، އެމީހުންނަށް ލޯތްބާއި އިހްތިރާމް ދެއެވެ. އަޅާލުމާއި އޯގާތެރިކަމުގެ ބަސްތަކުން މުހާތަބު ކުރެއެވެ. ދިވެއްސަކަށް ވިޔަސް ބިދޭސީއަކަށް ވިޔަސް މިފަދައިން އަމަލު ކުރަމުންދެއެވެ. އެފަދަ މީހުންނަކީ ވެސް އަހަރުމެން ފަދައިން އެކި ކަންތައްތަކުގައި ހަރަކާތްތެރިވެ، އެކަންތައްތައް ކުރަމުން ބޭނުންވާ މީހުންނެވެ. އެއީ ކުޅިވަރަކަށް ވިޔަސް، މޫދަށް ދިޔުން ކަމަށް ވިޔަސް އަދި ކުރެހުން ކަމަށް ވިޔަސްއެވެ. އަހަރުމެންގެ ފަރާތުން އެފަދަ މީހުންނަށް ބޭނުންވަނީ ކުޑަ ކުޑަ އެހީތެރިކަމެކެވެ. އެމީހުންނަށް އެހީތެރިވެދިނުމެވެ.

ރާއްޖޭގެ މުޖުތަމައުއިން މި މަންޒަރު މިހާރު ފެންނަމުންދެއެވެ. އެފަދަ މީހުން ނުވަތަ ކުދިންގެ ބެލެނިވެރިންނާއި ވާހަކަ ދައްކާލުމުން ބުނަނީ ކުރިން އެފަދަ ކުދިން މުޖުތަމައު އިން ބާކީ ކޮށް، ދެރަވާ ފަދަ ބަސްތައް ބުންޏަސް މިހާރު މީހުން ހޭލުންތެރިވެއްޖެ ކަމަށެވެ. އަދި އެފަދަ ބަސްތައް މިހާރު ނުބުނާ ކަމަށެވެ. އޭގެ ބަދަލުގައި އެފަދަ ކުއްޖަކަށް ނުވަތަ މީހަކަށް ހިތްވަރުދޭ ފަދަ ބަސްތައް ބުނެ އެފަދަ މީހުންނަކީ ވެސް މުހިންމު ބައެއްކަން އިހްސާސްކޮށްދޭ ކަމަށެވެ. އަދި ކުރީގެ އެދިމާވާ ކަންތައްތަކާއި މިހާރު ދިމާވާކަންތައްތައް އަޅާ ކިޔާލުމުން މީހުންގެ ވިސްނުމާއި ފިކުރަށް ވެސް ބަދަލު އައިސްފައިވާ މިންވަރު އެނގިގެން ހިނގައްޖެ ކަމަށް އެފަދަ ބެލެނިވެރިން ބުނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ވެސް މިފަދަ މަންޒަރުތަކެއް މިހާރު މި އަންނަނީ ފެންނަމުންނެވެ. އެގޮތުން ފުވައްމުލަކުގެ ސްކޫބާ ކްލަބުން މިވަނީ އެފަދަ މީހުންނަށް ރާއްޖޭގެ ކަނޑުއަޑީގެ ރީތި މަންޒަރު ބެލުމުގެ ފުރުސަތު ތަނަވަސް ކޮށްދީފައެވެ. އެމީހުންގެ އެހީތެރިކަމާއެކު ކަނޑުގެ ފުނަށް ނުކުޅެދުންތެރިކަން ހުންނަ ފަތުރުވެރިންތަކެއް މިވަނީ ގެންގޮސްދީފައެވެ. އެމީހުންނަށް މިއީ ކުރެވުނު އުފާވެރި ތަޖުރިބާއެކެވެ. ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަމާއި ހިތްގައިމުކަން ހަމަ ލޮލުން ބަލާލުމަށް ފުރުސަތު ލިބުމުން އެމީހުން ވެސް ތިބީ އިންތިހާއަށް އުފާވެފައެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ލިބިގެންދިޔަ ކުރިއެރުމެއްކަން ޔަޤީނެވެ.

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2017

އެއީ ކޮން މިލިއަން ޑޮލަރެއްތޯ؟ ހަނު ހުންނަވައިގެން ފަރުޖެއްސޭކަށް ނެތް!

03 ނޮވެމްބަރު 2017
އެއީ ކޮން މިލިއަން ޑޮލަރެއްތޯ؟ ހަނު ހުންނަވައިގެން ފަރުޖެއްސޭކަށް ނެތް!
11 އޮކްޓޯބަރު 2017

އެއްލާ ކޮންމެ މަޅިއެއް އާހިރުގައި ބަދަލުވެގެންދާނީ ގުލްހާރުގެ މާފައްޗަކަށެވެ.

11 އޮކްޓޯބަރު 2017
އެއްލާ ކޮންމެ މަޅިއެއް އާހިރުގައި ބަދަލުވެގެންދާނީ ގުލްހާރުގެ މާފައްޗަކަށެވެ.
04 އޮކްޓޯބަރު 2017

މިގޮތަށް ކޮންމެ މީހަކަށްވެސް މަޝްހޫރު މީހުންނާ ބައްދަލުވެދާނެ

04 އޮކްޓޯބަރު 2017
މިގޮތަށް ކޮންމެ މީހަކަށްވެސް މަޝްހޫރު މީހުންނާ ބައްދަލުވެދާނެ
03 އޮކްޓޯބަރު 2017

ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

03 އޮކްޓޯބަރު 2017
ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް
09 ސެޕްޓެމްބަރު 2017

އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު

09 ސެޕްޓެމްބަރު 2017
އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު