Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރާއްޖޭގެ ފަތުރުވެރިކަން

ރައީސް މުޢިއްޒު އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާކުރުމުންވެސް، އިންޑިއާ އޮތީ ލިސްޓުގެ ހަވަނައިގައި!

8 މާރިޗު 2025 | ހޮނިހިރު 10:55

ރާއްޖެއަށް ޒިޔާރަތް ކުރި އެންމެ ގިނަ ފަތުރުވެރިންނަކީ ރިސޯޓުތަކަށް އައި މީހުންނެވެ. މިގޮތުން ޖުމްލަ ފަތުރުވެރިންގެ 69.1 އިންސައްތަ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ.

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 8 މާރިޗު 2025 | ހޮނިހިރު 10:55
ރައީސް މުއިއްޒު އިންޑިއާ އަށް ކުރެެއްވި ދަތުރުފުޅުގައި އިންޑިއާގެ ފަންނާނުންނާއި އެކު ބައްދަލުކުރައްވަނީ

ރައީސް މުއިއްޒު އިންޑިއާ އަށް ކުރެެއްވި ދަތުރުފުޅުގައި އިންޑިއާގެ ފަންނާނުންނާއި އެކު ބައްދަލުކުރައްވަނީ

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިންނާއި ބައްދަލުކުރުމުންވެސް، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ލިސްޓްގައި އިންޑިއާ އޮތީ ހަވަނައިގައެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެ އައިސްފައިވަނީ ޖުމްލަ 21،871 (އެކާވީސްހާސް އަށްސަތޭކަ ހަތްދިހަ އެކެއް) އިންޑިއާ ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަ ކޮށްފައިވާ ހިސާބުތަކުން ފެންނަ ގޮތުގައި މާރޗް 5 ވަނަ ދުވަހުގެ ނިޔަލަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. 2024 ވަނަ އަހަރު އެންމެ މަތީގައި އޮތް ޗައިނާއިން 60،572 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، މިއީ ޖުމްލަ ފަތުރުވެރިންގެ 13.1 އިންސައްތަ އެވެ.

ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައި ރަޝިޔާއިން އިން 46،465 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. އެއީ 10 އިންސައްތަ އެވެ.

ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިނގިރޭސިވިލާތުން، އައިސްފައިވަނީ 46،190 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

މީގެ އިތުރުން މުހިންމު މާކެޓްތަކުގެ ތެރޭގައި އިޓަލީ ވިލާތާއި، (43،527 ފަތުރުވެރިން) އަދި ޖަރުމަނުވިލާތް (29،839 ފަތުރުވެރިން) ހިމެނެއެވެ.

2025 ވަނަ އަހަރުގެ މާރޗް މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް، 463،406 (ހަތަރު ލައްކަ ތިން ހާސް ހަތަރު ސަތޭކަ ހަ) ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު، ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.6 އިންސައްތަ ވަނީ އިތުރުވެފައެވެ. މިނިސްޓްރީ އޮފް ޓޫރިޒަމްގެ ތަފާސްހިސާބު ތަކުން ދައްކާގޮތުގައި، 2024 ގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 443،128 ފަތުރުވެރިންނެއެވެ.

ރާއްޖެއަށް ޒިޔާރަތް ކުރި އެންމެ ގިނަ ފަތުރުވެރިންނަކީ ރިސޯޓުތަކަށް އައި މީހުންނެވެ. މިގޮތުން ޖުމްލަ ފަތުރުވެރިންގެ 69.1 އިންސައްތަ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. ގެސްޓްހައުސް ތަކުގައި ހޭދަކުރި ފަތުރުވެރިންގެ ނިސްބަތަކީ 25.6 އިންސައްތަ އެވެ. ހޮޓާތަކާއި ހޭދަކުރި ފަތުރުވެރިންގެ ނިސްބަތަކީ 2.8 އިންސައްތަ އެވެ. އަދި ސަފާރީތަކުގައި ޖުމްލަ 2.4 އިންސައްތަ ފަތުރުވެރިން ހޭދަކޮށްފައިވެއެވެ.

2025 ވަނަ އަހަރުގެ މާރޗް 5 ވަނަ ދުވަހުގެ ނިޔަލަށް، 63،295 އެނދު ފަތުރުވެރިކަމުގެ ފެސިލިޓީތަކުގައި ހުރިއިރު، މީގެ ތެރެއިން އޮޕަރޭޓް ކުރަމުން އަންނަނީ 62،429 އެނދެވެ. މީގެ ތެރެއިން 43,299 އެނދު ހުރީ ރިސޯޓުތަކުގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

31 މާރިޗު 2017

ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

31 މާރިޗު 2017
ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު
29 މާރިޗު 2017

ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

29 މާރިޗު 2017
ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ
17 މާރިޗު 2017

ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި

17 މާރިޗު 2017
ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި
09 މާރިޗު 2017

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު
05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
03 މާރިޗު 2017

ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!

03 މާރިޗު 2017
ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!
10 ފެބުރުއަރީ 2017

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ
09 ފެބުރުއަރީ 2017

ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި

09 ފެބުރުއަރީ 2017
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި
29 ޖެނުއަރީ 2017

އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި

29 ޖެނުއަރީ 2017
އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި
14 ޖެނުއަރީ 2017

ބައިނަލްއަޤްވާމީ ފްލައިޓްތަކާއި ގުޅިފައިވަނީ ދެކުނު ސަރަހައްދުގެ ފަތުރުވެރިކަން: އިބްތިޝާމާ

14 ޖެނުއަރީ 2017
ބައިނަލްއަޤްވާމީ ފްލައިޓްތަކާއި ގުޅިފައިވަނީ ދެކުނު ސަރަހައްދުގެ ފަތުރުވެރިކަން: އިބްތިޝާމާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް