Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖޭގެ ފަތުރުވެރިކަން

އިންޑިއާގެ ފަތުރުވެރިންނާ ވެސް ޖައްސާލި ސަރުކާރުން އިންޑިއާ ތަރިންގެ ފައިބުޑަށް!

އިންޑިއާއަކީ 2020، 2021، 2022 އަދި 2023ގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމެވެ. ނަމަވެސް އިންޑިއާއާ ދުރު ސިޔާސަތެއް ގެންގުޅޭ މިސަރުކާރުގައި އިންޑިއާ މިހާރު އޮތީ ހަވަނާގައެވެ. ސިޔާސީ ގޮތުން އިންޑިއާ ޖައްސާލުމުގެ ނަތީޖާއެއް ގޮތުން ހުރިހާ ގެއްލުމެއް ލިބިގެންދިޔައީ ރާއްޖެއާއި، ގައުމުގެ ރައްޔިތުންނަށެވެ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 11 ޖޫން 2025 | ބުދަ 11:59
ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރަން އިންޑިއާގެ ފިލްމީ ތަރިންގެ ގާތަށް

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރަން އިންޑިއާގެ ފިލްމީ ތަރިންގެ ގާތަށް

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ މިގައުމުގެ އެންމެ ބޮޑު އިގްތިސާދެއެވެ. މުޅި ގައުމު އެސިނާއަތަށް ބަރޯސާވާއިރު، މި ސިނާއަތް ޕްރޮމޯޓްކޮށް، އެކިއެކި ގައުމުގެ ތަކުގެ ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ކޮންމެ ސަރުކާރަކުން ވެސް ގިނަ ހަރަކާތްތައް ކުރިއަށް ގެންދެއެވެ. އަދި ގައުމުތަކާ ގުޅުން ބަދަހިކޮށް، އެގައުމުތަކުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރެއެވެ.

އެގޮތުން މީގެ ދުވަސްކޮޅެއް ކުރިއަށް ޖެހިލާއިރު، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އަވައްޓެރި ގައުމު އިންޑިއާއިންނެވެ. ނަމަވެސް މިސަރުކާރުގެ ބައެއް ސިޔާސީ ބޭފުޅުން މާ ބޮޑަށް ޖަޒުބާތުގައި ޖެހި، އިންޑީޔާއާ ޖައްސާލީ މުޅި ރާއްޖެއަށް އެކަމުގެ ނޭދޭވޭ އަސަރު ކުރާ ބީދައިން، ހިތްތަކަށް ކުޅަދާނެ މިންވަރަކަށް ނޫނެއެވެ. އިންޑިޔާއިން ނޫނަސް މިގައުމަށް ފަތުރުވެރިން އަންނާނެ ކަމަށް ބުނެ ވަރަށް ބޮޑަށް އިންޑިއާ ދަށްކޮށްލާފައިވެއެވެ. އަދި އިންޑިޔާއަކީ ''ގެރިގުއި'' ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވެސް އިންޑީއާއަށް ވަރަށް ބޮޑަށް މަލާމަތްކޮށްފައިވެއެވެ. ނުވިތާކަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވެސް މަލާމާތްކޮށް، ފުރައްސާރަކޮށްފައިވެއެވެ.

މިއާއެކު، އިންޑިއާގެ ގިނަ ފިލްމީ ތަރިން ހިމެނޭ ގޮތަށް އިންޑިއާގެ ރައްޔިތުން ރާއްޖެ ބައިކޮޓް ކުރުމަށް ގޮވާލިއެވެ. އޭގެ ހިތި ނަތީޖާ ވަރަށް އަވަހަށް ވަރަށް ބޮޑަށް ގައުމުން ފެނިގެންދިޔައެވެ. ރާއްޖެއަށް ޒިޔާރަތް ކުރާ އިންޑިއާގެ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށްވެގެން ދިޔައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، 2018 ވަނަ އަހަރު، 90،474 ފަތުރުވެރިން، 2019 ވަނަ އަހަރު 166،030 ފަތުރުވެރިން، 2020 62،960 ފަތުރުވެރިން، 2021 - 291،787 ފަތުރުވެރިން، 2022 ވަނަ އަހަރު 241،382 ފަތުރުވެރިން 2023 އަހަރު 208،430 ފަތުރުވެރިން (ޑިސެމްބަރު 26، ގެ ނިޔަލަށް) އަދި 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާ ހިސާބަށް ރާއްޖެއަށް އައިސްފަނީ 88،202 އިންޑިއާ ފަތުރުވެރިންނެވެ. އަދި މިއަހަރުގެ މިހާތަނަށް އެ ގައުމުން ރާއްޖެ އައިސްފައި ވަނީ 56,429 ފަތުރުވެރިންނެވެ.

އިންޑިއާއަކީ 2020، 2021، 2022 އަދި 2023ގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމެވެ. ނަމަވެސް އިންޑިއާއާ ދުރު ސިޔާސަތެއް ގެންގުޅޭ މިސަރުކާރުގައި އިންޑިއާ މިހާރު އޮތީ ހަވަނާގައެވެ.

ސިޔާސީ ގޮތުން އިންޑިއާ ޖައްސާލުމުގެ ނަތީޖާއެއް ގޮތުން ހުރިހާ ގެއްލުމެއް ލިބިގެންދިޔައީ ރާއްޖެއާއި، ގައުމުގެ ރައްޔިތުންނަށެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވި ގޮތުގައި 2024 ވަނަ އަހަރު އެކަނި ވެސް، އިންޑިއާ އިން އަންނަ ޓޫރިސްޓުންގެ އަަދަދު މަދުވުމާއި ގުޅިގެން 68 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ރާއްޖެއަށް ވަނީ ގެއްލިފައެވެ.

މިކަމުގެ ގެއްލުން އިންތިހާއަށް ބޮޑުވުމާއެކު، މިހާރު މިސަރުކާރުން ވަނީ އިންޑީއާގެ އެހީތެރިކަމަށް އެދިފައެވެ. އިންޑިއާ ނޫން ގޮތެއް ހޯދުމަށް ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ.މުހައްމަދު މުއިއްޒު ވެސް ގޮތް ދޫކުރައްވައި، އިންޑިއާއަށް ވަޑައިގަންނަވާ އެހީތެރިކަމަށް އެދިވަޑައިގެންނެވިއެވެ. ހީނަރުވެފައިވާ ދެގައުމުގެ ގުޅުން ބަދަހިކުރެއްވުމަށް ބޭނުންފުޅުވާ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ފައިސާދީގެން ވެސް ރައީސް މުއިއްޒުގެ ދެކަނބަލުން ވަނީ އިންޑިއާގެ ފިލްމީ ތަރީންނާ ބައްދަލުކުރައްވައި، ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ. އަދި ރާއްޖެ އިޝްތިހާރު ކޮށްދިނުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ނަމަވެސް ގެއްލިއްޖެ އިތުބާރަކީ ލިބޭނެ އެއްޗެއް ނޫނޭ ބުނާ ބީދައިން އޭގެ އަސަރު އަދިވެސް ދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ފެންނަމުންނެވެ. އިންޑީއާގެ ފަތުރުވެރިންގެ އަދަދު ގިނައެއް ނުވެއެވެ. މިކަމުގެ ކަންބޮޑުވުން އޮތުމާއެކު، މިމައްސަލަ ހައްލު ކުރުމަށް މިސަރުކާރުން މިވަނީ އިންޑީއާގެ ފިލްމީ ތެރިންގެ އެހީތެރި ކަމަށް އެދިފައެވެ.

އެގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ސަނީސައިޑް އޮފް ލައިފްގެ ގްލޯބަލް ބްރޭންޑް އެމްބެސަޑަރަކަށް ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފް މިވަނީ ހަމަޖައްސާފައެވެ.

އެމްއެމްޕީއާރުސީން މައުލޫމާތު ދޭ ގޮތުގައި، މި ޕާޓްނަޝިޕްގެ މަގްސަދަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުގެ ހިތްގައިމު ދިރުންތަކާއި ޚާއްސަ ލަގްޒަރީ ތަޖުރިބާތައް ކުރުމަށް ދުނިޔޭގެ ގިނަ ފަތުރުވެރިންނަށް ހިތްވަރުދިނުމެވެ.

ސަރުކާރުގެ އަމަލުތަކުން ބައެއް މީހުން ދަނީ ވަރަށް ބޮޑަށް މިސަރުކާރަށް މަލާމަތް ކުރަމުންނެވެ. ކުރަމުންދާ މަސައްކަތްތަކާ މެދު ސުވާލު އުފައްދާ މީހުން ވެސް މަދެއް ނޫނެއެވެ. އަދި ސިޔާސީ ގޮތުން ފާޑުކީ ނަމަވެސް ފާޑު ވެސް ކިޔަންވާނީ ވެސް ވަކި ލެވަލްއެއްގައެވެ. އަހަރުމެންނަކީ އެއްވެސް ބަޔަކާ ޖެހިގަނެވޭނެ ބައެއް ނޫންކަމާއި، ޚާއްސަކޮށް އަވައްޓެރިންނާ ޖެހިގަންނަ ނަމަ ފޫނުބެއްދޭވަރުގެ ގެއްލުންތައް ކުރިމަތިވާނެކަން މިއަދު މިދަނީ ފެންނަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުންފުނިތަކުގެ ފައިދާއިން ސަރުކާރުން ލަފާކުރި މިންވަރާ ގާތަށް ވެސް އާމްދަނީ ލިބިފައެއް ނުވޭ!

ކުންފުނިތަކުގެ ފައިދާއިން ސަރުކާރުން ލަފާކުރި މިންވަރާ ގާތަށް ވެސް އާމްދަނީ ލިބިފައެއް ނުވޭ!

22 ނޮވެމްބަރު 2017
40 އަހަރު ދައުލަތަށް ޚިދުމަތްކުރި، މިއަދު ކަރުނައަޅަނީ ސަރުކާރުންދިން އަނިޔާގައި

40 އަހަރު ދައުލަތަށް ޚިދުމަތްކުރި، މިއަދު ކަރުނައަޅަނީ ސަރުކާރުންދިން އަނިޔާގައި

09 ނޮވެމްބަރު 2017
ކޮރަޕްޝަން، ރިޝްވަތު: ސަރުކާރުން ކުރީމަ އޯކޭ؟!

ކޮރަޕްޝަން، ރިޝްވަތު: ސަރުކާރުން ކުރީމަ އޯކޭ؟!

23 އޮކްޓޯބަރު 2017
 ސީޝެލްސް: ޗައިނާއާއި އިންޑިއާގެ ކުރިމަތިލުމުގެ މައިދާން

ސީޝެލްސް: ޗައިނާއާއި އިންޑިއާގެ ކުރިމަތިލުމުގެ މައިދާން

14 އޮކްޓޯބަރު 2017
ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

15 އޯގަސްޓު 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު