Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުނިކް ޖޮނަސް

ނިކް ޖޮނަސްއަކީ ހިންދީ ލަވަތަކުގެ ފޭންއެއް!

މި ދެތަރިން ކައިވެނި ކުރީ 2018ގައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 11 ޖޫން 2019 | އަންގާރަ 18:53
ބޮލީވުޑުގެ މަޝްހޫރު ފިލްމީ ތަރި، އަދި ރީތީގެ ރާނީ ޕްރިޔަންކާ ޗޯޕްރާ

ބޮލީވުޑުގެ މަޝްހޫރު ފިލްމީ ތަރި، އަދި ރީތީގެ ރާނީ ޕްރިޔަންކާ ޗޯޕްރާ

ބޮލީވުޑުގެ މަޝްހޫރު ފިލްމީ ތަރި، އަދި ރީތީގެ ރާނީ ޕްރިޔަންކާ ޗޯޕްރާއާއި 2018 ވަނަ އަހަރު ކައިވެނި ކުރި އެމެރީކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޮނަސްއަކީ ބޮލީވުޑު ލަވަތަކަށް ވަރަށް ލޯބިކުރާ މީހެއް ކަމަށް އޭނާ ބުނެފިއެވެ.

އެގޮތުން އޭނާއަކީ ހިންދީ ލަވަތަކަށް ވަރަށް ލޯބި ކުރާ މީހެއް ކަމަށާއި ހިންދީ ލަވަތަކުގެ ފޭންއެއް ކަމަށް ނިކް ވަނީ ބުނެފައެވެ.

އިންޓަރގްރާމްގައި ނިކްގެ ފޭންއަކު އޭނާއަށް އެންމެ ކަމުދަނީ ހިންދީ ކޮން ލަވައެއްތޯ ސުވާލުކުރުމުން ނިކް ބުނެފައިވަނީ، ސޯނޫ ކި ޓިއްޓޫ ކި ސުވިޓީ ފިލްމުގައި ހިމެނޭ 'ބޮމް ޑިގީ' ލަވައާއި އޭނާގެ އަންހެނުން ޕްރިޔަންކާގެ ފިލްމު ދޯސްތާނާގެ 'ދޭސީ ގާލް' ކަމަށެވެ.

ނިކްއާއި ޕްރިޔަންކާ ކައިވެނިކޮށްގެން ދުވަސްތަކެއް ހޭދަވެފައިވާއިރުވެސް ދެމީހުންގެ އުމުރުގެ ތަފާތާއި ގުޅިގެން ގިނަ ބަޔަކު އަދިވެސް ވާހަކަދައްކައެވެ. އަދި އެކަމަށް ޕްރިޔަންކާ ވަނީ ވަރަށް ފަހުން ރައްދުވެސް ދީފައެވެ.

ޕްރިޔަންކާއާއި ނިކްގެ ކައިވެނީގެ ގުޅުން ވަރަށް ވަރުގަދަކޮށްދައްކާއިރު ދެ ފަރާތުގެ އާއިލާގެ ގުޅުންވެސް ވަރަށް ވަރުގަދައެވެ. އެގޮތުން ޕްރިޔަންކާގެ މަންމަ، އަދި ކޮއްކޮއާއި އެކު ވަގުތު ހޭދަކުރުމަށް ނިކް ހުންނަނީ އަބަދުވެސް ކެތް މަދުވެފައެވެ.

ކައިވެންޏަށް ދެން އެންމެ އަވަހަށ ޕްރިޔަންކާ ފެނިގެންދާނީ 'ދަ ސްކައި އިޒް ޕިންކް'އިންނެވެ. ޝޮނާލޯ ބޯސް ޑައިރެކްޓްކުރާ މިފިލްމުގައި ދެން ފެނިގެންދާނީ ފަރްޚާން އަޚްތަރު އަދި ޒާއިރާ ވަސީމްއެވެ.

އިތުރަށް ކިޔާލަން

01 ޖުލައި 2018

އެސްޕިޔަ ޖަހާނުލާ ޕްރިޔަންކާ ނިކް އަށް ބަލަނީ

01 ޖުލައި 2018
އެސްޕިޔަ ޖަހާނުލާ ޕްރިޔަންކާ ނިކް އަށް ބަލަނީ
28 ޖޫން 2018

ޕްރިޔަންކާ އާއި ނިކް ޖޯނަސް އެންގޭޖް ކުރަނީތަ؟

28 ޖޫން 2018
ޕްރިޔަންކާ އާއި ނިކް ޖޯނަސް އެންގޭޖް ކުރަނީތަ؟
23 ޖޫން 2018

ނިކް ގޮވައިގެން ޕްރިޔަންކާ އިންޑިއާއަށް ހިނގައްޖެ

23 ޖޫން 2018
ނިކް ގޮވައިގެން ޕްރިޔަންކާ އިންޑިއާއަށް ހިނގައްޖެ
17 ޖޫން 2018

ނިކް ބޭނުން ވަނީ ޕްރިޔަންކާއާ ކައިވެނި ކުރަން

17 ޖޫން 2018
ނިކް ބޭނުން ވަނީ ޕްރިޔަންކާއާ ކައިވެނި ކުރަން
04 އެޕްރީލު 2018

މަދޫރީގެ މަރާޓީ ފިލްމު ހިންދީ ބަހުން ޑަބްކުރާނީ ކަރަން ޖޯހަރު

04 އެޕްރީލު 2018
މަދޫރީގެ މަރާޓީ ފިލްމު ހިންދީ ބަހުން ޑަބްކުރާނީ ކަރަން ޖޯހަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު