Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމެސީގެ ފަހު ވޯލްޑްކަޕް

މެސީގެ ފަހު ވޯލްޑްކަޕާއެކު އާޖެންޓީނާގެ ދިދަ ހަދާ މީހުން ބަސްހުއްޓިފައި!

ދިދަތައް ފަރުމާކޮށް، ތައްޔާރު ކޮށްފައި ވަނީ އާޖެންޓީނާގެ ބޮއެނަސް އައިރީޒްގެ ލަ މަންތާޒާ ކައުންޓީގައި މަރުކަޒު ކޮށްގެން ހިންގާ ސްޓޫޑިއޯއެއް ކަމަށް ވާ އޭރޯގްރާފިއާ ޑެލް އޮއެސްޓޭއިން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 16 ޑިސެމްބަރު 2022 | ހުކުރު 11:02
މެސީގެ ފަހު ވޯލްޑްކަޕާއެކު އާޖެންޓީނާގެ ދިދަ ހަދާ މީހުން ބަސްހުއްޓިފައި

މެސީގެ ފަހު ވޯލްޑްކަޕާއެކު އާޖެންޓީނާގެ ދިދަ ހަދާ މީހުން ބަސްހުއްޓިފައި

ނިމުމަކާ ގާތްވެފައިވާ ޤަޠަރު ފީފާ ވޯލްޑްކަޕް 2022 އަކީ ހައިރާން ކުރަނިވި އެތައް މަންޒަރެއް އެ މުބާރާތެއްގެ ތެރެއިން ފެނިގެންދާ މުބާރާތެއް ކަމަށް ދަންނަވަން ޖެހެނީ ސަބަބެއް ނެތިއެއް ނޫނެވެ. މީހުންގެ ސަމާލުކަން ދަމައިގަންނަ އެތައް ކަމެއް، މެޗުތަކުގެ ހަވާސާއިން ތާ އަބަދުމެ ފެންނަމުން ދެއެވެ. އެފަދަ އެއް މަންޒަރަކީ، ޤަޠަރުގައި ވިހުރަމުންދާ އާޖެންޓީނާގެ ދިދަތަކެވެ.

މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައިވާ އާޖެންޓީނާގެ ދިދަތައް މި ފަހަރު ފަރުމާ ކޮށްފައި ވަނީ އޭނާގެ ފަހު ވޯލްޑްކަޕް މެޗަށް ނުކުންނަ، ދުނިޔޭގެ 1 ނަމްބަރު ކުޅުން ތެރިޔާ ކަމަށް ގިނަ ބަޔަކު އިއްތިފާޤުވާ ލައޮނެލް މެސީއާއި، ފުޓުބޯޅައިގެ މައިދާނުގައި އެފަދަ ދެވަނައެއް ނެތް ކަމަށް ބުނާ ލެޖެންޑް، ޑިއެގޯ މަރަޑޯނާގެ ތަސްވީރުތަކާއެކީގައެވެ.

މި ހާއްސަ ދިދަތައް ފަރުމާކޮށް، ތައްޔާރު ކޮށްފައި ވަނީ އާޖެންޓީނާގެ ބޮއެނަސް އައިރީޒްގެ ލަ މަންތާޒާ ކައުންޓީގައި މަރުކަޒު ކޮށްގެން ހިންގާ ސްޓޫޑިއޯއެއް ކަމަށް ވާ އޭރޯގްރާފިއާ ޑެލް އޮއެސްޓޭއިންނެވެ.

އޭރޯގްރާފިއާ ޑެލް އޮއެސްޓޭގައި ދިދަ ހެދުމުގެ މަސައްކަތުގައި އުޅޭ ފަންނުވެރިއެއް ކަމަށް ވާ ފަކޫންޑޯ ޕެރާލްޓާ  ބުނި ގޮތުގައި އެ ސްޓޫޑިއޯއަކީ އާންމު ގޮތެއްގައިވެސް ބޮޑެތި އޯޑަރުތައް ލިބޭ ސްޓޫޑިއޯއެއް ކަމަށާ، ނަމަވެސް މި ފަހަރުގެ ވޯލްޑްކަޕާ ދިމާކޮށް، އެ ސްޓޫޑިއޯއަށް އޯޑަރުތައް ލިބުނީ "މޮޔަވާ" ވަރަށް ކަމަށެވެ.

މުބާރާތުގެ ފައިނަލުގައި ފަރަންސޭސިންނާ ދެކޮޅަށް އާޖެންޓީނާ ނުކުންނާނެކަން ކަށަވަރު ވުމާއެކު، އޭރޯގްރާފިއާ ޑެލް އޮއެސްޓޭއަށް ލިބެމުންދާ ފަހު މިނެޓްގެ އޯޑަރުތައްވެސް އުޅެނީ އޭގެ އެންމެ އިންތިހާއަށެވެ.

އޭރޯގްރާފިއާ ޑެލް އޮއެސްޓޭގެ ވޯކްޝޮޕްގައި އިވާން ކެސްޕޯން އަވަދިނެތި އުޅުނީ، ދިދަތަކުގެ ފަރުމާތަކަށް ގެންނަންޖެހޭ އެންމެ ފަހުގެ ފުރިހަމަ ކުރުންތައް ގެނައުމުގެ މަސައްކަތުގައެވެ. ކެސްޕޯން ބުނި ގޮތުގައި، އެ ސްޓޫޑިއޯއިން ފަރުމާކޮށްފައި ވާ ދިދަތައް، ސަޕޯޓަރުންގެ އަތުން ފެނުމުން އެ ކުރެވޭ އިޙްސާސަކީ ބަޔާން ކޮށްދޭންވެސް ދަތި އިޙްސާސްތަކެއް ކަމަށެވެ.

ވޯލްޑްކަޕް ތަށި އެންމެ ފަހުން އުފުލާލި ފަރަންސޭސިވިލާތުގެ ވަރުގަދަ ޓީމާ ދެކޮޅަށް، މެސީ، އޭނާގެ ހިތު ލޯބި ހިބަކޮށްފައި ވާ ޤައުމީ ޓީމު ގޮވައިގެން ނުކުންނާނީ ޑިސެމްބަރު 18 ވާ އާދީއްތަ ދުވަހުގެ ރެއެވެ.

ލިއޮނެލް މެސީއާޖެންޓީނާޤަތަރު ފީފާ ވޯލްޑް ކަޕް 2022

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
27 އޮކްޓޯބަރު 2025

އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

27 އޮކްޓޯބަރު 2025
އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި
18 އޮކްޓޯބަރު 2025

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ
20 ސެޕްޓެމްބަރު 2025

މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

20 ސެޕްޓެމްބަރު 2025
މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ
06 ސެޕްޓެމްބަރު 2025

އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

06 ސެޕްޓެމްބަރު 2025
އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ
08 އޯގަސްޓު 2025

މެސީގެ އަނިޔާ ސީރިއަސްއެއް ނޫން

08 އޯގަސްޓު 2025
މެސީގެ އަނިޔާ ސީރިއަސްއެއް ނޫން
13 ޖުލައި 2025

މެސީގެ ދެ ލަނޑާ އެކު މިއާމީ މޮޅުވެއްޖެ

13 ޖުލައި 2025
މެސީގެ ދެ ލަނޑާ އެކު މިއާމީ މޮޅުވެއްޖެ
09 ޖުލައި 2025

މެސީ ހޯދުމަށް އަލް ޙިލާލް އިން މަސައްކަތް ކުރަނީ

09 ޖުލައި 2025
މެސީ ހޯދުމަށް އަލް ޙިލާލް އިން މަސައްކަތް ކުރަނީ
02 ޖުލައި 2025

މެސީ، މިއާމީގެ އެއްބަސްވުން އައު ކުރުމުގެ ފުރުސަތު ބޮޑު

02 ޖުލައި 2025
މެސީ، މިއާމީގެ އެއްބަސްވުން އައު ކުރުމުގެ ފުރުސަތު ބޮޑު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު