Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އާޖެންޓިނާގެ ފައިސާ

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ދިއާޒް ބުނާ ގޮތުގައި އާޖެންޓީނާގެ ފައިސާގެ ނޫޓުގައި އޭނާ އަޅަމުންދާ ކުރެހުންތަކަކީ، ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ އާޖެންޓީނާގެ އިޤްތިޞާދާ މެދު އޭނާ އިއްވާ ސާފު ބަޔާނެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 5 ޖެނުއަރީ 2023 | ބުރާސްފަތި 06:24
އާޖެންޓިނާގެ ފައިސާ ނުވަތަ ޕޭސޯގެ އަގު ހިފެހެއްޓުމަށް ދިއާޒް ބޭނުން ކުރީ އޭނާގެ ފަންނުވެރި ކަމުގެ އުކުޅެއް

އާޖެންޓިނާގެ ފައިސާ ނުވަތަ ޕޭސޯގެ އަގު ހިފެހެއްޓުމަށް ދިއާޒް ބޭނުން ކުރީ އޭނާގެ ފަންނުވެރި ކަމުގެ އުކުޅެއް

އެއްޗެއްގެ އަގު ވެއްޓި ދިއުމަށް ފަހު، އިހު އޮތް މަޤާމަށް އެ އެއްޗެއްގެ ޙައިސިއްޔަތު އަލުން އަނބުރާ އުފުލުމަށްޓަކާ ޙިކުމަތްތެރި ކަމާއެކު ގިނަ މަސައްކަތްތަކެއް ކުރެއެއެވެ. ކަން ކުރަން އޮންނަ ގޮތަށް އެކަން ކޮށްގެން، ބައެއް ފަހަރު ކާމިޔާބު ލިބުނު ކަމުގައި ވީ ނަމަވެސް، އަނެއް ބައި ފަހަރު ނަޞީބު އަތުގައި ހިފަނީ، އާދަޔާ ޚިލާފު އުކުޅުތަކެއްގެ ބޭނުން ހިފައިގެންނެވެ. މިއީވެސް އެކަހަލަ ކަމެއްގެ ވާހަކައެވެ. ވެއްޓިފައިވާ އާޖެންޓީނާގެ ފައިސާގެ އަގު، ފަންނުވެރިއެއްގެ ސަބަބުން އުފުލިގެން ދިޔަ ގޮތުގެ ވާހަކައެވެ. އޭނާ އެކަން ކުރީ، އިޤްތިޞާދީ އަދި މާލީ ސިޔާސަތުތަކުގައި އިނގިލި ކުރިވެސް ޖައްސާނުލާ ކަމީ، މި ވާހަކައިގެ އެންމެ ހައިރާން ކުރަނިވި ކަމެވެ.

ދައްކަމުން މި ދަނީ އާޖެންޓީނާގެ ކުރެހުންތެރި ފަންނުވެރިއެއް ކަމަށް ވާ ސަރްޖިއޯ ގިލެރްމޯ ދިއާޒްގެ ވާހަކައެވެ. ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުންދާ އޮއެވަރު ނުވަތަ އިންފްލޭޝަން ރޭޓް އިތުރުވުމުގެ ތަކުލީފުތަކާ ކުރިމަތިވެ، ވެއްޓެމުންދާ އާޖެންޓިނާގެ ފައިސާ ނުވަތަ ޕޭސޯގެ އަގު ހިފެހެއްޓުމަށް ދިއާޒް ބޭނުން ކުރީ އޭނާގެ ފަންނުވެރި ކަމުގެ އުކުޅެވެ. އޭނާ އެކަން ކުރަނީ، ހުސްވި ޑިސެމްބަރު މަހު ނިމިގެން ދިޔަ 22 ވަނަ ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އަދި އާޖެންޓީނާގެ ޤައުމީ ޓީމުގެ ކެޕްޓަން، ލިއޮނަލް މެސީގެ ފޮޓޯ، ފައިސާ ނޫޓުގައި ކުރަހައިގެންނެވެ.

ރެކޯޑް އިންފްލޭޝަންއާއެކު އިންތިހާއަށް އަގު ވެއްޓިފައިވާ ޕޭސޯއަކީ މިއަދު ދިއާޒްގެ ކެންވަސްއެވެ. ނުތަވަ އޭނާ ކުރަހަން ބޭނުން ކުރާ ކަރުދާހެވެ. އޭނާގެ ސޯލްޓާ ވޯކްޝޮޕްގައި ހުރެ، ރޮއިޓަރޒްއާ ވާހަކަދައްކަމުން ދިއާޒް ބުނީ، ޕޭސޯގައި މެސީގެ ތަސްވީރު ކުރަހައިގެން އޭނާ ކުރާ މަސައްކަތް ކޮށް ނިންމާލުމުން، ޙަޤީޤީ ނަގުދު ފައިސާގެ އަގަށް ވުރެ ބޮޑު އަގެއް އެ ނޫޓަށް ޖެހޭ ކަމަށެވެ.

އަގު ވެއްޓިފައިވާ އާޖެންޓީނާގެ ފައިސާގެ ނޫޓުތަކުގައި ދިއާޒް ކުރަހަމުން ދަނީ ހަމަ އެކަނި މެސީގެ ތަސްވީރެއް ނޫނެވެ. ތިމާވެށި ހިމާޔަތް ކުރުމަށް ވަކާލާތު ކުރުމުގެ ނަމުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކަށް އޭނާގެ ނަން ގުގުމާލި، ގްރިއެއްތާ ޓުންބަރގް ފަދަ މީހުންގެ ތަސްވީރުވެސް ދިއާޒް ކުރަހައެވެ.

ދިއާޒް ބުނާ ގޮތުގައި އާޖެންޓީނާގެ ފައިސާގެ ނޫޓުގައި އޭނާ އަޅަމުންދާ ކުރެހުންތަކަކީ، ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ އާޖެންޓީނާގެ އިޤްތިޞާދާ މެދު އޭނާ އިއްވާ ސާފު ބަޔާނެކެވެ.

އިންތިހާއަށް ދިގުލާ ގޮސްފައިވާ މާލީ ކާރިޘާއާއެކު އާޖެންޓީނާގެ އިންފްލޭޝަން ރޭޓް އުޅެނީ 100 ޕަސެންޓްއާ ގާތް ކުރާ ހިސާބެއްގައެވެ. ނަތީޖާއެއްގެ ގޮތުން، މިއަދު އެ ޤައުމުގެ އާބާދީގެ 40 ޕަސެންޓް މީހުންނަށް ދިރިއުޅުން ކަޑަތު ކުރަން މަޖުބޫރު ވެފައި ވަނީ، އިންތިހާ ފަޤީރުކަމަށް ވުރެވެސް ދަށު ދަރަޖައެއްގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެސީގެ ފަހު ވޯލްޑްކަޕާއެކު އާޖެންޓީނާގެ ދިދަ ހަދާ މީހުން ބަސްހުއްޓިފައި!

މެސީގެ ފަހު ވޯލްޑްކަޕާއެކު އާޖެންޓީނާގެ ދިދަ ހަދާ މީހުން ބަސްހުއްޓިފައި!

16 ޑިސެމްބަރު 2022
"މިނީ ބްރެޒީލް"ގެ ލޯބި އާޖެންޓީނާއަށް ބަދަލުކޮށް، މެސީއަށް 1 ނަމްބަރުކަން!

"މިނީ ބްރެޒީލް"ގެ ލޯބި އާޖެންޓީނާއަށް ބަދަލުކޮށް، މެސީއަށް 1 ނަމްބަރުކަން!

16 ޑިސެމްބަރު 2022
އާޖެންޓީނާގެ ސަޕޯޓަރު މާރިއާއަށް ޤަޠަރުގެ މިސްކިތަކުން ކުރެވުނު ތަޖުރިބާ!

އާޖެންޓީނާގެ ސަޕޯޓަރު މާރިއާއަށް ޤަޠަރުގެ މިސްކިތަކުން ކުރެވުނު ތަޖުރިބާ!

15 ޑިސެމްބަރު 2022
މެސީގެ މި ކުޑަކުޑަ ފޭން، ލޯފަން ސަޕޯޓަރުންނަށް ހޯދާދިނީ ހީވެސް ނުކުރާ ފަދަ އުޖާލާ ކަމެއް!

މެސީގެ މި ކުޑަކުޑަ ފޭން، ލޯފަން ސަޕޯޓަރުންނަށް ހޯދާދިނީ ހީވެސް ނުކުރާ ފަދަ އުޖާލާ ކަމެއް!

13 ނޮވެމްބަރު 2022
އާޖެންޓީނާ، އައިސްލޭންޑް މެޗަށްފަހު އުފެދުނު އެންމެ ބޮޑު ސުވާލު: މީހަކު މިހާ ލޯބިވަނީ ކިހިނެތް؟

އާޖެންޓީނާ، އައިސްލޭންޑް މެޗަށްފަހު އުފެދުނު އެންމެ ބޮޑު ސުވާލު: މީހަކު މިހާ ލޯބިވަނީ ކިހިނެތް؟

19 ޖޫން 2018

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު