Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ދަ ލައިޓްހައުސް ފޮރ ދަ ބްލައިންޑް

އެމެރިކާގެ އަސްކަރިއްޔާއަށް ބޭނުންވާ އާލާތްތައް އުފެއްދުމުގެ ފަހަތުގައި ލޯފަން ފައުޖެއް

އެކުންފުނީގެ އެކި ކާރުހާނާތަކުގައި މަސައްކަތް ކުރަމުންދާ ލޯފާން 158 ތިބިއިރު އަމާޒަކީ އެ އަދަދު 1000 އަށް އިތުރު ކުރުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 7 ސެޕްޓެމްބަރު 2022 | ބުދަ 06:04
"ދަ ލައިޓްހައުސް ފޮރ ދަ ބްލައިންޑް" އަކީ މުޅި އެމެރިކާއަށް ބެލި ކަމުގައި ވީ ނަމަވެސް، ލޮލުގެ ފެނުން ގެއްލި، އަޑު އިވުމުން މަހްރޫމު ވެފައިވާ މީހުންގެ އެންމެ ބޮޑު މަސައްކަތު ފައުޖު އޮތް ތަން

"ދަ ލައިޓްހައުސް ފޮރ ދަ ބްލައިންޑް" އަކީ މުޅި އެމެރިކާއަށް ބެލި ކަމުގައި ވީ ނަމަވެސް، ލޮލުގެ ފެނުން ގެއްލި، އަޑު އިވުމުން މަހްރޫމު ވެފައިވާ މީހުންގެ އެންމެ ބޮޑު މަސައްކަތު ފައުޖު އޮތް ތަން

އެމެރިކާގެ ސިއޭޓަލްގެ ރަށްބޭރުން މާ ދުރު ނޫން ހިސާބެއްގައި ހިންގަމުންދާ އެ ޖަމިއްޔާއަކީ މާލީ މަންފާއެއް އަދައިގެން ހިންގަމުންދާ ޖަމިއްޔާއެއް ނޫނެވެ. 1918 ވަނަ އަހަރުން ފަށައިގެން ހިންގަމުން ދާ އެ ޖަމިއްޔާއަކީ ލޮލުގެ ފެނުން ގެއްލިފައިވާ މީހުންނާއި، ލޮލުގެ ފެނުމާއި އަޑުއިވުމުގެ ނިއުމަތުން މަހްރޫމުވެފައިވާ މީހުންނާއި އިތުރު އެހެން ނުކުޅެދުންތެރިކަމާ އެކު ލޯފާން ހާލުގައި ތިބި މީހުންނަށް ބިނާކުރަނިވި އަދި އަބުރުވެރި ދިރިއުޅުމެއް ހޯދާ ދިނުމުގެ މަގުސަދުގައި އެމީހުންނަށް ތަމްރީނު ދީގެން ވަޒީފާގެ ފުރުސަތު ފަހިކޮށްދޭ ޖަމިއްޔާއެކެވެ.

"ދަ ލައިޓްހައުސް ފޮރ ދަ ބްލައިންޑް"އަކީ މުޅި އެމެރިކާއަށް ބެލި ކަމުގައި ވީ ނަމަވެސް، ލޮލުގެ ފެނުން ގެއްލި، އަޑު އިވުމުން މަހްރޫމު ވެފައިވާ މަންމަން މީހުންގެ އެންމެ ބޮޑު މަސައްކަތު ފައުޖު އޮތް ތަންވެސްމެއެވެ. ސިއޭޓަލްގައި ހިންގާ މި މެނުފެކްޗަރިންގް ފެސިލިޓީއަކީ އާދައިގެ ތަނެއް ނޫނެވެ. ޖައްވީ ވައިގެ ސާމާނާއި، އޮފީހަށް ބޭނުންވާ އެކި ކަހަލަ ސާމާނުތަކާއި، ކެންޓީނުގެ އިތުރުން، އެމެރިކާގެ އަސްކަރިއްޔާއަށް ބޭނުންވާ އެނޫންވެސް އެކި ކަހަލަ ވަސީލަތްތައް އުފެއްދުމުގައި "ދަ ލައިޓްހައުސް ފޮރ ދަ ބްލައިންޑް" އަކީ ފާހަގަ ކުރަން ޖެހޭ ނަމެކެވެ.

އުމުރުން 59 އަހަރުގެ ޖޯން ރޮމިޝްއަކީވެސް ލޮލުގެ ފެނުން ގެއްލި، އަޑުއިވުމުގެ ނިއުމަތުން މަހްރޫމުވެފައިވާ މަންމަން މީހެކެވެ. "ދަ ލައިޓްހައުސް ފޮރ ދަ ބްލައިންޑް"ގައި އޭނާ މަސައްކަތް ކުރާތާ މިހާރު 25 އަހަރުވެއްޖެއެވެ. އޭގެ ކުރިން، ވަޒީފާގެ މައިދާނުގައި ރޮމިޝްއަކީ އިންތިހާ ހިތިކަން ތަޖުރިބާ ކުރަން ޖެހުނު މީހެކެވެ. އެ ހުރިހާ ކަމެއް ބަދަލު ކޮށްލީ "ދަ ލައިޓްހައުސް ފޮރ ދަ ބްލައިންޑް"އެވެ.

ޗީފް އޮޕަރޭޓިންގް އޮފިސަރ ޕެޓް އޯހޭރާ ވިދާޅުވި ގޮތުގައި، ލޮލުގެ ފެނުން ގެއްލިފައިވާ މީހުންނާއި، ލޮލުގެ ފެނުމާއި އަޑުއިވުމުގެ ނިއުމަތުން މަހްރޫމުވެފައިވާ މީހުންނާއި އިތުރު އެހެން ނުކުޅެދުންތެރިކަމާ އެކު ލޯފާން ހާލުގައި ތިބި މީހުންގެ އާބާދީގެ 70 ޕަސެންޓް މީހުންނަކީ އެމެރިކާގައި ވަޒީފާ ނެތް މީހުންނެވެ.

ސިއޭޓަލްގައި ހިންގާ ކާރުހާނާގައި އެކަނިވެސް މަހެއްގެ މައްޗަށް 250000 ބައިތައް އުފައްދައެވެ. ޒަމާންވީ ކަސްޓަމަރުންގެ ތެރޭގައި ބޮއިންގް ފަދަ ވަރުގަދަ ނަންތައް ހިމެނެއެވެ.

މި ކާރުހާނާގައި މުވައްޒަފުން މަސައްކަތް ކުރަނީ ހާއްސަ އާލާތްތަކެއްގެ އެހީގައެވެ. އަޑުގެ އެހީގައި ބައެއް މެޝިންތައް އޮޕަރޭޓް ކުރާ އިރު، ކޮންމެވެސް ވަރަކަށް ލޮލުގެ ފެނުން ހުންނަ މީހުންނަށް ބޮޑެތި ސްކްރީންތައް ހާއްސަކޮށްފައި ހުރެއެވެ. އޭގެ އިތުރުން ބްރަޔަލްގެ އެހީވެސް ބޭނުން ކުރެއެވެ.

އެއްވެސް މައްސަލައެއް ދިމާވެގެން މެޝިންތަކުގެ މަސައްކަތް ހުއްޓިއްޖެއްނަމަ، އެ ޝިފްޓެއްގެ ސުޕަވައިޒަރަށް އެކަމުގެ މައުލޫމާތު ފޯރުކޮށްދެވޭ ފަދަ ހާއްސަ ފިތެއްވެސް ކާރުހާނާގައި ގާއިމުކޮށްފައި ހުރެއެވެ. މިއިން ކޮންމެ ކަމަކުންވެސް އެތައް ބައެއްގެ ދިރިއުޅުން އުޖާލާ ކޮށްދެއެވެ.

"ދަ ލައިޓްހައުސް ފޮރ ދަ ބްލައިންޑް" އަމާޒު ހިފާފައި ވަނީ ކުރިއަށް އޮތް 10 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި، އެ ކުންފުނީގެ މަސައްކަތު ފައުޖުން ފުރުސަތު ލިބޭ ލޯފާން މީހުންގެ އަދަދު 1000 އަށް އިތުރު ކުރުމަށެވެ. އެއީ މިއަދު އެކުންފުނީގެ އެކި ކާރުހާނާތަކުގައި މަސައްކަތް ކުރަމުންދާ ލޯފާން 158 މީހުންގެ އަދަދާ އަޅާ ބަލާއިރު 10 ގުނަ އިތުރު އަދަދެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޚާއްސަ އެހީއަށް ބޭނުންވާ ދެމަފިރިންގެ ކައިވެނީގެ 22 އަހަރު

ޚާއްސަ އެހީއަށް ބޭނުންވާ ދެމަފިރިންގެ ކައިވެނީގެ 22 އަހަރު

06 އޮކްޓޯބަރު 2017
އެމެރިކާގެ ލަވަކިޔުންތެރިޔާ ޑެމީ ލޮވާޓޯގެ ޝުކުރު ދިވެހިންނަށް!

އެމެރިކާގެ ލަވަކިޔުންތެރިޔާ ޑެމީ ލޮވާޓޯގެ ޝުކުރު ދިވެހިންނަށް!

03 އޮކްޓޯބަރު 2017
އަޖޭއާ އެކު އާ ފިލްމެއް ކުޅެން ބޭނުންވާ ކަމަށް ކާޖޮލް ބުނެފި

އަޖޭއާ އެކު އާ ފިލްމެއް ކުޅެން ބޭނުންވާ ކަމަށް ކާޖޮލް ބުނެފި

09 އޯގަސްޓު 2017
އެމެރިކާގެ އޭޓީއެމެއްގެ ތެރޭގައި މީހަކު ތާށި ވެއްޖެ

އެމެރިކާގެ އޭޓީއެމެއްގެ ތެރޭގައި މީހަކު ތާށި ވެއްޖެ

14 ޖުލައި 2017
ކައިވެނި ކޮށްފިނަމަ އަހަރެން ބޭނުންވާ އެކަނިވެރިކަމެއް ނުލިބޭނެ: އަކްޝޭ ކަންނާ

ކައިވެނި ކޮށްފިނަމަ އަހަރެން ބޭނުންވާ އެކަނިވެރިކަމެއް ނުލިބޭނެ: އަކްޝޭ ކަންނާ

10 ޖުލައި 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު