Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމައުންޓް އެވަރެސްޓް

އަތްފައި ނެތް މީހުންނާއި ލޯފަން މީހުން މައުންޓް އެވަރެސްޓަށް އެރުން ނޭޕާލުން މަނާ ކޮށްފި

ގަވައިދު ހަރުދަނާ ކުރީ ފަރުބަދަ އަށް އަރާ މީހުންގެ ރައްކާތެރިކަން އިތުރު ކުރުމުގެ ގޮތުން: އޮފިޝަލް

| 31 ޑިސެމްބަރު 2017 | އާދީއްތަ 04:15
މައުންޓް އެވަރެސްޓްގެ މަންޒަރެއް - ފަރުބަދަ އަށް އެރުމުގެ ތެރޭގައި އެތައް ބައެއްގެ ފުރާނަ ވަނީ ގެއްލިފައި

މައުންޓް އެވަރެސްޓްގެ މަންޒަރެއް - ފަރުބަދަ އަށް އެރުމުގެ ތެރޭގައި އެތައް ބައެއްގެ ފުރާނަ ވަނީ ގެއްލިފައި

އަތްފައި ނެތް މީހުންނާއި، ލޯފަން މީހުންގެ އިތުރުން، އިތުރު މީހަކު ނެތި އެކަނި މައުންޓް އެވަރެސްޓަށާއި އެހެން ފަރުބަދަ ތަކަށް އެރުން ނޭޕާލުން މަނާ ކޮށްފިއެވެ.

ފަރުބަދަ އަށް އެރުމުގެ ތެރޭގައި ދިމާވެފައިވާ އެކްސިޑެންޓްތައް ކުރިމަގުގައި ކުޑަ ކުރުމުގެ މަގްސަދުގައި ނޭޕާލްގައި އަލަށް ހެދި ގަވައިދު ބުނާ ގޮތުން ބައެއް ހާލަތްތަކުގައި ފަރުބަދަ އަށް އަރަން ބޭނުންވާ ބައެއް ފަރާތްތަކުން މެޑިކަލް ސެޓިފިކެޓްވެސް ހުށަހަޅަން ޖެހޭނެއެވެ.

ނޭޕާލްގެ ޓޫރިޒަމްގެ އޮފިޝަލަކު ބީބީސީ އަށް ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ، ގަވައިދު ހަރުދަނާ ކުރީ ފަރުބަދަ އަށް އަރާ މީހުންގެ ރައްކާތެރިކަން އިތުރު ކުރުމުގެ ގޮތުންނާއި، ފަރުބަދައަށް އެރުމުގެ ތެރޭގައި މީހުން މަރުވުން ފަދަ ހިތާމަވެރި ހާދިސާތައް މަދު ކުރުމަށް ކަމަށެވެ.

2017 ވަނަ އަހަރަކީ ރެކޯޑް އަދަދަކަށް އެވަރެސްޓް ފަރުބަދައަށް އެރުމަށް މަސައްކަތް ކުރި އަހަރެކެވެ. ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމުގައި މަޝްހޫރު ވެފައިވާ މައުންޓް އެވަރެސްޓަށް އެރުމުގެ ތެރޭގައި 1920 ވަނަ އަހަރުން ފެށިގެން މިހާތަނަށް 200 ށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރެކޯޑް ކުރެވިފައިވެއެވެ.

ނޭޕާލްގެ އޮފިޝަލުން ހާމަ ކޮށްފައިވާ ގޮތުގައި، ފަރުބަދަ އަށް އެރުމުގެ ތެރޭގައި މި ސީޒަންގައި 6 މީހަކު މަރުވެފައިވާ ކަމަށް ވަނީ ރެކޯޑް ކުރެވިފައެވެ. މީގެ ތެރޭގައި، ފަރުބަދަ އަށް އެރި އުމުރުން އެންމެ ދުވަސް މީހާގެ ރެކޯޑް އާކުރުމަށް މަސައްކަތް ކުރި، އުމުރުން 85 އަހަރުގެ މިން ބަންދުރު ޝާޗަން ހިމެނެއެވެ. ފަރުބަދަ އަށް އެރުމުގެ ތެރޭގައި މި ސީޒަންގައި މަރުވި މީހުންގެ ތެރޭގައި ފަރުބަދަ އަށް އެރުމަށް މުޅި ދުނިޔެއަށް މަޝްހޫރު އުއޭލީ ސްޓެކް ވެސް ހިމެނެއެވެ. އޭނާ މަރުވީ އެވަރެސްޓް އާ ޖެހިގެން ހުރި ފަރުބަދައިގެ އެންމެ މައްޗަށް އެރުމަށް މަސައްކަތް ކުރަނި ކޮށްނެވެ.

އިތުރަށް ކިޔާލަން

21 ޖޫން 2017

"ނާމްކަރަން" ދޫކޮށްލުމުގެ ވިސްނުމެއް ޒައިން އިމާމްގެ ނެތް

21 ޖޫން 2017
"ނާމްކަރަން" ދޫކޮށްލުމުގެ ވިސްނުމެއް ޒައިން އިމާމްގެ ނެތް
10 މެއި 2017

ރަނގަޅު ސްކްރިޕްޓެއް ނެތި "އާޝިގީ3" ނެރެވޭކަށް ނެތް: މޯހިތު

10 މެއި 2017
ރަނގަޅު ސްކްރިޕްޓެއް ނެތި "އާޝިގީ3" ނެރެވޭކަށް ނެތް: މޯހިތު
26 އެޕްރީލު 2017

ހޮލީވުޑަށް ދިއުމުގެ ވިސްނުމެއް ނެތް: ސަލްމާން

26 އެޕްރީލު 2017
ހޮލީވުޑަށް ދިއުމުގެ ވިސްނުމެއް ނެތް: ސަލްމާން
20 އެޕްރީލު 2017

ބޮލީވުޑްގެ ތެރޭގައި ޖިންސީ ތަފާތުކުރުމެއް ނެތް: ފަރާ ޚާން

20 އެޕްރީލު 2017
ބޮލީވުޑްގެ ތެރޭގައި ޖިންސީ ތަފާތުކުރުމެއް ނެތް: ފަރާ ޚާން
22 މާރިޗު 2017

ޖޫހީގެ ދަރިން ފިލްމް ކުޅެން ޝައުގުވެރިކަމެއް ނެތް

22 މާރިޗު 2017
ޖޫހީގެ ދަރިން ފިލްމް ކުޅެން ޝައުގުވެރިކަމެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު