Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބްރެޒީލްގެ ކުރެހުންތެރިޔާ

ލޯފަން މީހުންނަށްވެސް ބަލާލެވޭ ފަދަ ކުރެހުމެއް!

ތަސްވީރު ބުނާ ވާހަކަ، ލޯފަން މީހުންނަށް ދޭހަވާނެ ފަދަ ގޮތަކަށްވެސް ބްރެޒީލްގައި މިހާރު ދަނީ މަގުމަތީގެ ކުރެހުންތައް އަޅަމުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2023 | އަންގާރަ 11:14
ސުބްޓޫ؛ ބްރެޒީލްގެ ކުރެހުންތެރިއެއް

ސުބްޓޫ؛ ބްރެޒީލްގެ ކުރެހުންތެރިއެއް

ހުރިހާ އެންމެންގެ ބައިވެރިވުމާއި ޝާމިލުވުން އެކުލެވޭ، ވަށާ ޖެހިފައި ވާ މުޖުތަމަޢެއް ބިނާ ކުރުމަކީ ޤައުމެއް ކުރިއަރާ ދިއުމުގެ އެންމެ ބޮޑު އެއް ސިއްރު ކަމާއި މެދު ދެބަސް ވެވޭކަށް ނެތެވެ. މުޖުތަމަޢެއްގެ ގޮތުގައި އެކަކަށް ލިބިދޭ ޢިއްޒަތާއި ލައްޒަތުން، އެއްވެސް މީހަކު ބާކީ ނުކުރުމަކީ، ގުޅުން ބަދަހި ވެއްޓެއް ބިނާވެގެން ދިއުމުގެ އަސްލުވެސްމެއެވެ. ވަކީން ޚާއްޞަކޮށް، އައިބެއް ނުވަތަ އުނިކަމެއްގެ ސަބަބުން އިޖުތިމާޢީ ކަންކަމުގައި ބައިވެރިވެ އުޅުމުގެ ޙައްޤު އެއްވެސް މީހެއްގެ ކިބައިން ނިގުޅައި ނުގަތުމަކީ ޙަޤީޤީ ތަރައްޤީ ކަމުގައި ޤަބޫލު ކުރަން ޖެހެއެވެ.

ބްރެޒީލްގެ ސައު ޕޯލޯއަކީ ކުރެހުންތެރިންގެ ފަންނުވެރިކަމުން އެ ސިޓީގެ މަގުތަކަށް ކުލަކުލައިން ދިރުން ގެނުވާފައި އޮންނަ ސިޓީއެކެވެ. މާނަ ފުން މެސެޖުތަކާއި ޢުއްމީދު އާ ކޮށްދެނިވި މެސެޖުތައް ރަމްޒުކޮށްދޭ ކުރެހުންތައް ބަލާލުމަށް އެތައް ބަޔަކު ޝަޢުޤުވެރިވެއެވެ. ތަސްވީރު ބުނާ ވާހަކަ، ލޯފަން މީހުންނަށް ދޭހަވާނެ ފަދަ ގޮތަކަށްވެސް ބްރެޒީލްގައި މިހާރު ދަނީ މަގުމަތީގެ ކުރެހުންތައް އަޅަމުންނެވެ.

ކުރެހުމުގައި ދޭން ބޭނުންވާ މެސެޖު، ލޯފަން މީހުންނަށްވެސް އެނގޭނެހެން ކުރެހުން ފަރުމާ ކުރުމުގެ ފަހަތުގައި ހުރީ ބްރެޒީލްގެ ފަންނުވެރި ކުރެހުންތެރިޔާ، ސުބްޓޫ އެވެ. މަގު ހިނގާ މީހުންނަށް ފެންނާނެހެން ކުރަހާފައި ވާ މި ކުރެހުން ފަރުމާ ކޮށްފައި ވަނީ، ލޯފަން މީހުންނަށް ޚާއްޞަ ޓެކްސްޓައިލްއެއް ނުވަތަ އަތްލުމުން، އެ ބުނަން އުޅޭ އެއްޗެއް ދޭހަވާ ގޮތަށް އުފުލިފައި ހުންނަ އުފުލުންތަކެއް ބޭނުން ކޮށްގެންނެވެ. އެހެން ޢިބާރާތަކުން ދަންނަވަނީ ނަމަ، ކުރެހުމުގައި ވާ މަންޒަރުތަކާއި ބައްޓަންތަކާއި ކުލަތަކާއި، ކުރެހުމުގެ ބޮޑުމިން އަންގައިދިނުމަށް ބޭނުން ކޮށްފައި ވަނީ ލޯފަން މީހުންނަށް ޚާއްޞަ ބްރެއިލް އެލްފަބެޓް ނުވަތަ އަކުރުތަކެވެ.

ސުބްޓޫ ކިޔައިދިން ގޮތުގައި ބްރެއިލް ނިޒާމުގެ ތެރެއިން ގްރެފިޓީ އަރޓް ތަރައްޤީ ކުރުމުގެ ދިރާސާތަކުގައި އޭނާ ވަނީ 3 އަހަރެއްހާ ދުވަސް ހޭދަ ކޮށްފައެވެ. ގިނަ ބައެއްގެ ސަމާލުކަން ލިބެމުން ދާ މި ކުރެހުމުގެ ކޮންމެ ބަޔަކީވެސް 3ޑީ ޕުރިންޓަރަކުން ޕުރިންޓް ކޮށްފައި ވާ ބައެކެވެ. ކުރެހުމަށް އިތުރު ދިރިއުމެއް ގެނެސްދިނުމަށްޓަކައި އޭގައި ކުލަޖައްސާފައި ވަނީ ޚުދު ސުބްޓޫގެ އަމިއްލަ އަތުންނެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު، 2.2 ބިލިއަން މީހުންނަކީ ދުރު ނުވަތަ ކައިރި ފެނުމުގައި އުނިކަން ހުންނަ މީހުންނެވެ. ބްރެޒީލްގައި އެންމެ ފަހުން ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ރެކޯޑްތަކަށް ބަލާއިރު، ލޮލަށް ފެނުމުގައި އެކި ކަހަލަ މައްސަލަތައް ހުރި މީހުންގެ ޢަދަދު، 6.5 މިލިއަނަށް އަރައެވެ. 5 ލައްކަ 6 ހާހެއްހާ މީހުންނަކީ ލޯފަން މީހުންނެވެ.

ބްރެޒިލްބްރެޒީލްގެ ކުރެހުންތެރިއެއް

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮލްސޮނާރޯގެ އައު އިސްތިއުނާފު ބްރެޒިލްގެ ސުޕްރީމް ކޯޓުން ބަލައި ނުގަތް

ބޮލްސޮނާރޯގެ އައު އިސްތިއުނާފު ބްރެޒިލްގެ ސުޕްރީމް ކޯޓުން ބަލައި ނުގަތް

20 ޑިސެމްބަރު 2025
27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

26 ނޮވެމްބަރު 2025
ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި

ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި

24 ނޮވެމްބަރު 2025
ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި

ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި

23 އޮކްޓޯބަރު 2025
އަސްކަރީ ބަޣާވާތެއް ރޭވުމުގެ ކުށް ސާބިތުވެ ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ ޖަލަށް ލާން ހުކުމް ކޮށްފި

އަސްކަރީ ބަޣާވާތެއް ރޭވުމުގެ ކުށް ސާބިތުވެ ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ ޖަލަށް ލާން ހުކުމް ކޮށްފި

12 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު