Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ރޮމާން އޮލެކްސީވް

ރަޝިއާއިން ފިއްސާލި ކުޑަކުޑަ ރޮމާން ހުރީ ފަސް އެނބުރި ބަލާ ގޮތަކަށް ނޫން!

ރޮމާންއަކީ ފެބުރުއަރީ 2022 ގައި ރަޝިއާއިން ޔޫކްރައިންގައި ހަނގުރާމަ ފެށިފަހުން މިހާތަނަށް ދިން އެންމެ ވަރުގަދަ ޙަމަލާތަކުގެ ތެރެއިން ޙަމަލާއެއްގެ ޝިކާރައަކަށް ވީ ކުއްޖެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2023 | އާދީއްތަ 09:24
 ރޮމާން އޮލެކްސީވް

ރޮމާން އޮލެކްސީވް

ޢުމުރުން 8 އަހަރުގެ ރޮމާން އޮލެކްސީވްއަށް މިއަދަކީ ޚާއްޞަ ދުވަހެކެވެ. ޔޫކްރައިންގެ ދެކުނުގެ ސިޓީއެއް ކަމަށް ވާ ލިވީވްގައި ހުންނަ އޭނާގެ ސްކޫލަށް ރޮމާން ގޮސް އިން އިރު، އެއީ ދުވަހަކުވެސް ދެން އޭނާއަށް ލިބިދާނެއޭ ހީވެފައި ނެތް ފަދަ ނަޞީބެކެވެ. ރޮމާންއަކީ ޔޫކްރައިންގައި ވަރުގަދަ ހަނގުރާމައެއް ކުރަމުން ގެންދާ ރަޝިއާގެ މިސައިލް ޙަމަލާއެއްގައި ފުރާނައަށް ނުރައްކާވާ ދަރަޖައަށް ބޮޑެތި އަނިޔާތަކެއް ލިބުނު ކުއްޖެކެވެ. މިދިޔަ ޖުލައި މަހުގެ މިސައިލް ޙަމަލާގައި ރޮމާންގެ ހަށިގަނޑުން ބޮޑު ބައެއް ފިހި، ބޮލަށްވެސް ސީރިއަސް އަނިޔާއެއް ލިބިފައި ވާ އިރު، ސްކޫލަށް ޚާޒިރުވުމަކީ ރޮމާންގެ ފަރުވާގެ ބައެކެވެ.

ރޮމާންއަކީ ފެބުރުއަރީ 2022 ގައި ރަޝިއާއިން ޔޫކްރައިންގައި ހަނގުރާމަ ފެށިފަހުން މިހާތަނަށް ދިން އެންމެ ވަރުގަދަ ޙަމަލާތަކުގެ ތެރެއިން ޙަމަލާއެއްގެ ޝިކާރައަކަށް ވީ ކުއްޖެކެވެ. ރަޝިއާގެ ކްރޫޒު މިސައިލް ޙަމަލާގައި ރޮމާން ޒަޚަމްވި އިރު އޭނާ ހުރީ، ވިންނީޓްޒިއާ އަވަށުގައި ޑޮކްޓަރަށް ދެއްކުމަށްޓަކައި އޭނާގެ މަންމައާއެކު މަޑުކޮށްލައިގެންނެވެ. އެ ހާދިޘާގައި މި ދުނިޔެއާ ވަކިވި 28 މީހުންގެ ތެރޭގައި ރޮމާންގެ މަންމަވެސް ހިމެނެއެވެ.

މިސައިލުގެ ބައިތައް ހެރުނީ ރޮމާންގެ ހަށިގަނޑަށެވެ. އަތް ބިންދައިގެން ދިއުމުގެ އިތުރަށް، ރޮމާންގެ ހަށިގަނޑުގެ ބޭރުފުށުން 45 ޕަސެންޓް ފިހުނެވެ. ލިވީވްގައި ރޮމާންއަށް ދެވެން އޮތް ފަރުވާއެއް ދިނުމަށްފަހު އޭނާގެ ޙާލަތު ސްޓޭބަލްކޮށް، އިތުރު ފަރުވާއަށް ޖަރުމަނުވިލާތަށް ފުރުވާލިއެވެ. ޖަރުމަނުވިލާތުގައި ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ހޭދަ ކުރި އިރު ރޮމާން ވަނީ 30 ފަހަރެއްގެ މަތިން ސަރޖަރީތަކެއްވެސް ހަދާފައެވެ.

މިހާރު ލިވީވްގައި ދިރިއުޅުނެއް ކަމަކު، ފަރުވާ ފުރިހަމަ ކުރުމަށްޓަކައި ޤަވައިދުން ޖަރުމަނުވިލާތަށް ދަތުރު ކުރަން ޖެހެއެވެ. ދިރިއުޅުމުގައި ކުރިމަތިލާން ޖެހުނު ބިރުވެރި އެތައް ކަމަކާއެކުވެސް ރޮމާން ދަނީ ގަދަ ހިތްވަރާއި ސާބިތުކަން ދައްކަމުންނެވެ. ޢާންމު ދިރިއުޅުމައިގެން ކުރިއަށް ދެވޭތޯ މަސައްކަތް ކުރަމުންނެވެ. އެކަމުގައި އޭނާއަށް އެހީވާން މިއަދު ހުރީ ބައްޕަ، ޔާރޮސްލާވްއެވެ.

ރޮމާން ކިޔަވަމުން ދާ ސްކޫލު ތެރެއިން އޭނާ ފާހަގަ ކުރަން މާ އުނދަގުލެއް ނުވިއެވެ. މިސައިލް ޙަމަލާގައި އޭނާގެ ހަށިގަނޑުން ފިހުނު ތަންތަން މުޅިން ރަނގަޅުވަންދެން ރޮމާން ހުންނަނީ އެކަމަށް ޚާއްޞަ މާސްކްއެއް އަޅައިގެންނެވެ. ބޮލާއި އަތްވެސް ނިވާވާ ގޮތަށެވެ.  

ރޮމާންގެ ކުލާހާ މާ ދުރު ނޫން ހިސާބެއްގައި ޕާޓީއަކަށް ދާން ތައްޔާރުވެލައިގެން ތިބި ފަދަ ގޮތަކަށް ހެދުން އަޅައިގެން ތިބި ދަރިވަރުން ތައްޔާރު ވަމުން އެ ދަނީ ނެށުމުގެ މުބާރާތަކަށެވެ. ރޮމާންއަކީވެސް ބައިވެރިއެކެވެ.

ޔާރޮސްލާވް ބުނި ގޮތުގައި އޭނާގެ ކުރީގެ ދިރިއުޅުމަށް އެނބުރި ދިއުމަށް ރޮމާން އިންތިހާއަށް ބޭނުންވެއެވެ. އެއީ ނެށުމާއި މިއުޒިކުގެ ހިތްގައިމުކަން އޮތް ދިރިއުޅުމެކެވެ. ރޮމާން ވަނީ އޭނާގެ ބައްޕަ ގާތުން، ބަޔާން ކުޅެންވެސް ދަސްކޮށްފައެވެ.

ފޮނި އުންމީދުތަކަކާއި ހުވަފެންތައް، ހިނދުކޮޅަކަށްވެސް ރޮމާން ދޫކޮށެއް ނުލައެވެ. ނަމަވެސް، ފަރުވާގެ ދަތުރަކީ ދިގު ދަތުރެކެވެ. އެކަމަށް އެތައް އަހަރެއް ހޭދަވާނެ ކަމަށް ރޮމާންގެ ބައްޕަ ބުންޏެވެ. ރޮމާން މުޅިން ރަނގަޅުވުމަށް އަދިވެސް އިތުރު ސަރޖަރީއެއް ހަދަން ޖެހެއެވެ. ބޮލުގައި އިސްތަށި އިންދުމާއި، ކަންފަތުގައި ހުރި އައިބު ފިލުވުމަށްވެސް މަސައްކަތްތަކެއް ކުރަން ޖެހެއެވެ. ކުރިއަށް އޮތީ ކިތަންމެ ބުރަ ދަތުރަކަށް ވިއަސް، ރޮމާން ހުރީ، ފަސް އެނބުރި ބަލާ، މާޒީގެ ހިތްދަތި ކަމުގައި ދުވަސްތައް ގުނާ ގޮތަކަށް ނޫނެވެ.

ރަޝިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

09 ސެޕްޓެމްބަރު 2025
 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި

 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި

02 އޯގަސްޓު 2025
ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

18 ޖުލައި 2025
ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 

ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 

16 ޖުލައި 2025

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު