Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުވަރުން ދާވަން

ވަރުން ދަވަން އޭނާގެ ފޭން އަކާއި އެކީ ފޮޓޯ ނެގުމުން ޖޫރިމަނާޖޮށްފި

ވަރުން ވަނީ އޭނާގެ އަމަލަށް މާފަށް އެދިފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 26 ނޮވެމްބަރު 2017 | އާދީއްތަ 06:45
ވަރުން ދަވަން ސެލްފީ ނަގަނީ

ވަރުން ދަވަން ސެލްފީ ނަގަނީ

ބޮލީވުޑްގެ ތަރި ވަރުން ދަވަން އޭނާގެ ފޭން އަކާއި އެކީ ފޮޓޯއެއް ނެގުމުން އިންޑިއާގެ މުމްބައީ ފުލުހުން ވަރުން ދަވަންއަށް އިންޒާރު ދީ ޖޫރިމަނާ ފިއެވެ.

ވަރުންއަށް އިންޑިއާގެ ފުލުހުން އިންޒާރު ދީ ޖޫރިމަނާ ކޮށްފައިވަނީ އޭނާ ކާރުދުއްވަމުން ދަނިކޮށް ބޭރަށް ބޯދިއްކޮށް ދަތުރުކުރަމުންދިޔަ އެހްނެ ކާރެއްގައި ހުރި އޭނާގެ ފޭނަކާއިއެކު ސެލްފީއެއް ނެގުމުންނެވެ.

މުމްބާއި ފުލުހުން ކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ މަގުމަތީގައި ދުއްވަމުންދިޔަ ކާރު މަޑުކޮށް ސެލްފީ ނަގާފައިވާތީ އެކަމަށް ވަރުންއަށް އިންޒާރުދީ ނަސޭހަތް ވެފައިވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މި ފަދަ އަމަލެއް ތަކުރާރު ނުކުރުމަށް ވަނީ ބުނެފައެވެ.

ވަރުން ވަނީ އޭނާގެ މި އަމަލަށް މުމްބާއީ ފުލުހުންގެ ކިބައިން މައާފަށް އެދިފައެވެ. އޭނާ ބުނެފައިވަނީ އޭނާ ސެލްފީ ނެގީ ކާރު ޓްރެފިކް ލައިޓުގައި މަޑުކުރުމުން ކަމަށާއި އެގޮތަށް ކަންތައް ކުރީ އޭނާގެ ފޭނެއް ދެރަ ނުކުރުމަށްކަމަށެވެ. އެހެން ނަމަވެސް ދެން އެކަހަލަ އަމަލެއް ނުހިންގާނެ ކަމަށް ވަރުން ވަނީ ބުނެފައެވެ.

ވަރުން ދަވަން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ޖުޅްވާ2"އިންނެވެ. އެ ފިލްމުގައި ވަރުންއާއި އެކީގައި ފެނިގެން ގޮސްފައިވަނީ ޖެކޮލިން ފެނާންޑޭޒްއެވެ.

އިތުރަށް ކިޔާލަން

27 މާރިޗު 2017

ރިތިކް އޭނާގެ ބައޮގްރާފީ ލިޔަނީތަ؟

27 މާރިޗު 2017
ރިތިކް އޭނާގެ ބައޮގްރާފީ ލިޔަނީތަ؟
23 މާރިޗު 2017

ނަޗްބަލިޔޭ8: އެންމެ އަގުބޮޑު ޖޯޑަކަށް ބާރްތީ ސިންގ އާއި އޭނާގެ ލޯބިވެރިޔާ!

23 މާރިޗު 2017
ނަޗްބަލިޔޭ8: އެންމެ އަގުބޮޑު ޖޯޑަކަށް ބާރްތީ ސިންގ އާއި އޭނާގެ ލޯބިވެރިޔާ!
18 މާރިޗު 2017

ވަރުން އޭނާގެ ލޯބިވެރިޔާއާ އެކު ބެންކޮކްގައި ޗުއްޓީ ހޭދަކޮށްފި

18 މާރިޗު 2017
ވަރުން އޭނާގެ ލޯބިވެރިޔާއާ އެކު ބެންކޮކްގައި ޗުއްޓީ ހޭދަކޮށްފި
13 މާރިޗު 2017

ދެވީގެ އުނދަގޫ ބޮޑުވެގެން ބްރެޒިލްގެ ރައީސް ރަސްމީ ގަނޑުވަރުން ނުކުންނަވައިފި

13 މާރިޗު 2017
ދެވީގެ އުނދަގޫ ބޮޑުވެގެން ބްރެޒިލްގެ ރައީސް ރަސްމީ ގަނޑުވަރުން ނުކުންނަވައިފި
02 މާރިޗު 2017

އާލިއާ ބަޓާއި އޭނާގެ ބައްޕައަށް މަރުގެ އިންޒާރު

02 މާރިޗު 2017
އާލިއާ ބަޓާއި އޭނާގެ ބައްޕައަށް މަރުގެ އިންޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު