Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަމީނީ މަގު ހެދުމުގެ މަޝްރޫއު

އަމީނީ މަގު ސެގްމެންޓް 1ގައި ތާރު އެޅުން ފިޔަވައި އެހެން މަސައްކަތްތައް ނިންމާލައިފި

5 ނޮވެމްބަރު 2022 | ހޮނިހިރު 12:09

މިވަގުތު ކުރިއަށްދަނީ ދުވާރުގެ ބައެއް މަސައްކަތްތަކާއި، މަގު އެއްވަރުކޮށް ކޮމްޕެކްޓް ކުރުމުގެ މަސައްކަތް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 5 ނޮވެމްބަރު 2022 | ހޮނިހިރު 12:09
އަމީނީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން

އަމީނީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން

އަމީނީމަގު ސެގްމެންޓް 1ގައި, ތާރުއެޅުން ފިޔަވައި އެހެން މަސައްކަތްތައް ނިންމާލާފައިވާކަމަށް, އެމަސައްކަތްކުރަމުން އަންނަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ން ބުނެފިއެވެ.

އާރުޑީސީން ބުނީ މިވަގުތު ކުރިއަށްދަނީ ދުވާރުގެ ބައެއް މަސައްކަތްތަކާއި، މަގު އެއްވަރުކޮށް ކޮމްޕެކްޓް ކުރުމުގެ މަސައްކަތްކަމަށެވެ. އަދި ދެވަނަ ސެގްމެންޓް މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންކަމަށް އާރުޑީސީން ބުނެއެވެ. އާރުޑީސީން ކުރިން ބުނެފައިވަނީ ދެވަނަ ސެގްމެންޓްގެ މަސައްކަތް މިފެށޭ ހަފުތާގައި ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. އެ މަސައްކަތް ފެށުމަށްޓަކައި އިރުދޭމާ ހިނގުމުން ފެށިގެން ކަލާފާނު ހިނގުމާއި އަމީނީ މަގު ގުޅޭ ކަންމައްޗަށް ބަންދުކުރުމަށް ނިންމާފައިވާކަމަށާއި، އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގައިދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާކަމަށް އާރުޑީސީން ވަނީ ބުނެފައެވެ.

އެ ކުންފުނިން ބުނީ ދެވަނަ ސެގްމަންޓުގެ ދަށުން ތާރު އެޅުމަށް ހަމަޖެހިފައިވަނީ 136 މީޓަރުގެ ސަރަހައްދެއްގައިކަމަށެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ތާރުއެޅުމުގެ އަމަލީ މަސައްކަތް އާރުޑީސީން ފެށީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 12 ވަނަ ދުވަހުއެވެ. އެ މަސައްކަތް ކުރިއަށްދިޔައިރު، އަމީނީ މަގަކީ ފެނާއި ނަރުދަމާގެ މައި ހޮޅިތަކުގެ އިތުރުން އެހެން ނެޓްވޯރކްތަކުގެވެސް މައި ހޮޅިތައް ވަޅުލާފައިވާ މަގަކަށްވުމުން، އެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން ދަތިތައް ހުރިކަން އާރްޑީސީން ފާހަގަކުރިއެވެ. އެގޮތުން، މަގުގެ ފެން ފަށަލަ ތިލަވެފައި، މަގުގެ އަޑީގައި ހުރި، ފެނާއި ނަރުދަމާގެ އިތުރުން އެހެނިހެން ނެޓްވޯރކްތަކާ ގުޅޭގޮތުން ލިބިފައިހުރި ކުރެހުންތަކާއި މަގުގެ އަޑި އޮތްގޮތް ދިމާނުވުންފަދަ ގޮންޖެހުންތައް އެބަހުރިކަމަށް އެ ކުންފުނިން ބުނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އާރްޑީސީއާ މި މަސައްކަތް ހަވާލުކުރީ 210 ދުވަސް (ނުވަތަ 7 މަސް ދުވަސް) ތެރޭގައި ނިންމާ ގޮތަށެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ 84.4 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން އަމީނީމަގުގެ 1.7 ކިލޯމީޓަރުގެ ސަރަަހައްދެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. ބޮޑެތި ބަދަލުތަކާއެކު މި މަސަައްކަތް ކުރިއަށްގެންދާއިރު މިހާތަނަށް ވަނީ ޓޮޕޯ ގްރެފިކް ސަރވޭއާއި ޖިއޯޓެކްނިކަލް ސަރވޭއާއި އަދި ހައިޑްރޮޖިކަލް ސަރވޭގެ އިތުރުން އީއައިއޭ ހަދާފައެވެ.

އެންމެ ޒަމާނީ ފެންވަރަށް އަމީނީމަގު ޑިޒައިން ކުރެވިފައިވާއިރު، މަގުގެ ފެން ހިންދާ ނިޒާމް ޑިޒައިންކޮށްފައިވަނީ އަމީނީމަގުގެ ދެފަރާތުންވެސް މަގު ނިމެންދެން އެއްކޮޅުން އަނެއް ކޮޅަށް ކާނު އަޅާ ގޮތަށެވެ. އަދި ޑިޒައިންނަށް ރިއާޔަތްކޮށް، މަގުގައި ފެންބޮޑުވުމަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި އިތުރު ޕަމްޕް ސްޓޭޝަންތައް ބަހައްޓާނެއެވެ.

މީގެ އިތުރުން، އިމާރާތްކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު ބޭރުކުރާ ފެނަށް ޚާއްސަ ޑީވޯޓަރިންގ ނެޓްވޯކް އަޅާނެއެވެ. މީގެ ސަބަބުން ދުވާރު މަތީގައި ހޮޅި އަޅައިގެން އިމާރާތްތަކުން ފެން ބޭރުކުރުން ނިމުމަކަށް އަންނާނެއެވެ.

އަމީނީމަގު ތަރައްގީކުރުމުގެ މަޝްރޫއުގައި ނުކުޅެދުންތެރިކަން ހުންނަފަރާތްތަކަށް، ހިނގާބިގާވެ އުޅުމަށް ފަސޭހަވާނެގޮތަށް ދުވާރުގައި ބްރެއިލް ބްލޮކް ޖެހުމާއި ވީލްޗެއަރ އެކްސެސް ގާއިމްކުރުން ހިމެނެއެވެ. އަދި ސްޓޭކް ހޯލްޑަރުންގެ ކޭބަލްތައް އެޅުމަށްޓަކައި ކޭބަލްޓްރޭ މަގުގެ ދެފަޅީގައި އެޅުމާއެކު އެޗްވީ ކޭބަލަށް ޚާއްސަކޮށްގެން ޖަންގްޝަންތަކެއް ވެސް ބަހައްޓާނެއެވެ.

އަމީނީ މަގުއާރްޑީސީ

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

އާރްޑީސީ އިން ބުނީ ކާޓިއުންސް އަށް ދައްކަން ޖެހޭ 7.1 މިލިއަން ރުފިޔާ ނުދެއްކުނީ ކުންފުނީގެ މާލީ ހާލަތުގެ ސަބަބުން ކަމަށް

16 ޑިސެމްބަރު 2025
އާރްޑީސީ އިން ބުނީ ކާޓިއުންސް އަށް ދައްކަން ޖެހޭ 7.1 މިލިއަން ރުފިޔާ ނުދެއްކުނީ ކުންފުނީގެ މާލީ ހާލަތުގެ ސަބަބުން ކަމަށް
23 ނޮވެމްބަރު 2025

ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!

23 ނޮވެމްބަރު 2025
ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!
19 އޮކްޓޯބަރު 2025

އާރުޑީސީގެ މުވައްޒަފުންނަށް ފެބްރުއަރީ މަހުން ފެށިގެން ޕެންޝަން ފައިސާ ޖަމާ ނުވޭ

19 އޮކްޓޯބަރު 2025
އާރުޑީސީގެ މުވައްޒަފުންނަށް ފެބްރުއަރީ މަހުން ފެށިގެން ޕެންޝަން ފައިސާ ޖަމާ ނުވޭ
14 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި ދެބެއިން އާރުޑީސީގެ ވަޒީފާ އިން ވަކިކޮށްފި

14 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި ދެބެއިން އާރުޑީސީގެ ވަޒީފާ އިން ވަކިކޮށްފި
08 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި އާރުޑީސީގެ މުވައްޒަފަކު ވަޒީފާ އިން ވަކި ކޮށްފި

08 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި އާރުޑީސީގެ މުވައްޒަފަކު ވަޒީފާ އިން ވަކި ކޮށްފި
04 އޮކްޓޯބަރު 2025

އާރްޑީސީގެ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ އެތައް މަހެއް

04 އޮކްޓޯބަރު 2025
އާރްޑީސީގެ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ އެތައް މަހެއް
13 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު މ.އަތޮޅަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން މުލަކުގެ މަގުތަކުގައި ޖަހާފައިވާ ގައުތައް ޕެކްކޮށް އެއަތޮޅު އެހެން ދެރަށަކަށް ގެންދަނީ

13 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު މ.އަތޮޅަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން މުލަކުގެ މަގުތަކުގައި ޖަހާފައިވާ ގައުތައް ޕެކްކޮށް އެއަތޮޅު އެހެން ދެރަށަކަށް ގެންދަނީ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
21 އޯގަސްޓު 2025

މީގެ 4 މަސްކުރިން އާރުޑީސީގެ ޗެއަރމަން ކަމުން ވަކިކުރި ޝާމީ، އަނެއްކާވެސް ހަމަ އެ މަގާމަށް އައްޔަނުކޮށްފި

21 އޯގަސްޓު 2025
މީގެ 4 މަސްކުރިން އާރުޑީސީގެ ޗެއަރމަން ކަމުން ވަކިކުރި ޝާމީ، އަނެއްކާވެސް ހަމަ އެ މަގާމަށް އައްޔަނުކޮށްފި
07 އޯގަސްޓު 2025

ހއ. ތުރާކުނު ހިމެނޭހެން އިތުރު 10 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަކަށް ހަދަން އާރުޑީސީ އާ ހަވާލު ކޮށްފި

07 އޯގަސްޓު 2025
ހއ. ތުރާކުނު ހިމެނޭހެން އިތުރު 10 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަކަށް ހަދަން އާރުޑީސީ އާ ހަވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް