Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އާރްޑީސީ

އާރްޑީސީ އިން ބުނީ ކާޓިއުންސް އަށް ދައްކަން ޖެހޭ 7.1 މިލިއަން ރުފިޔާ ނުދެއްކުނީ ކުންފުނީގެ މާލީ ހާލަތުގެ ސަބަބުން ކަމަށް

މި މައްސަލައިގައި އާރްޑީސީ އިން ވަނީ ދައުވާގެ ބަޔަކަށް އެއްބަސްވެ، ދިފާއުވާން ބޭނުންވާ ބަޔަށް ރައްދު ހުށަހަޅާފަ އެވެ. އެގޮތުން ދައުވާ އިން އެއްބަސް ވެފައިވާ ބަޔާމެދު އެ ކުންފުނިން ބުނީ ކާޓިއުންސް އަށް ދައްކަން ޖެހޭ 7.1 މިލިއަން ރުފިޔާ އަކީ އާރްޑީސީ ގެ މާލީ ތަނަވަސްކަން ހުރިގޮތުން މިހާތަނަށް ދެއްކިފައި ނުވާ ފައިސާ ކަމަށެވެ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 16 ޑިސެމްބަރު 2025 | އަންގާރަ 07:04
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)

އަމިއްލަ ކުންފުންޏެއް ކަމަށްވާ ކާޓިއުންސް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އަށް ދައްކަން ޖެހޭ ހަތް މިލިއަން ރުފިޔާ ދެއްކިފައި ނުވަނީ ކުންފުނީގެ މާލީ ތަނަވަސްކަން ހުރި ގޮތުން ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފި އެވެ. 

ކާޓިއުންސް ކުންފުނިން ފޯރުކޮށްދިން މުދަލާއި ހިދުމަތުގެ އަގަށްވާ 7.1 މިލިއަން ރުފިޔާ އާރްޑީސީ އިން ހޯދުމަށް އެ ކުންފުނިން ވަނީ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ. 

Advertisement - newsAdvertisement

މައްސަލައިގައި ކާޓިއުންސް އިން ވަނީ އެ ކުންފުންޏަށް ލިބެން ޖެހޭ 7.1 މިލިއަން ރުފިޔާ ގެ އިތުރުން އެ ފައިސާ އާރްޑީސީ އިން  ދައްކަމުން ނުދާތީ ނޮމިނަލް ޑެމޭޖަސް (ގެއްލުމުގެ ބަދަލު) ގެ ގޮތުގައި އެއް މިލިއަން ރުފިޔާ އާއި ވަކީލު ހަރަދުގެ ގޮތުގައި 30،000 ރުފިޔާ ހޯދުމަށް ވެސް އެދިފަ އެވެ.

މި މައްސަލައިގައި އާރްޑީސީ އިން ވަނީ ދައުވާގެ ބަޔަކަށް އެއްބަސްވެ، ދިފާއުވާން ބޭނުންވާ ބަޔަށް ރައްދު ހުށަހަޅާފަ އެވެ. އެގޮތުން ދައުވާ އިން އެއްބަސް ވެފައިވާ ބަޔާމެދު އެ ކުންފުނިން ބުނީ ކާޓިއުންސް އަށް ދައްކަން ޖެހޭ 7.1 މިލިއަން ރުފިޔާ އަކީ އާރްޑީސީ ގެ މާލީ ތަނަވަސްކަން ހުރިގޮތުން މިހާތަނަށް ދެއްކިފައި ނުވާ ފައިސާ ކަމަށެވެ. 

ދައުވާގެި ވަކި ބަޔަކަށް އާރްޑީސީ އިން އެއްބަސް ވުމާއެކު ކާޓިއުންސް އިން އެދުނީ ތިން މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ ފައިސާ ދައްކަން އަމުރުކޮށް ދިނުމަށެވެ. މި މުއްދަތު އިތުރު ކޮށްދިނުމަށް އާރުޑީސީ އިން ބޭނުންވި ނަމަވެސް ކާޓިއުންސް އިން ވަނީ އެ ފުރުސަތު ދިނުމަށް ދެކޮޅު ހަދާފަ އެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ވަނީ އާރުޑީސީ އާއި ކާޓިއުންސް އިން މަޝްވަރާކޮށްގެން ހައްލެއް ހޯދުމުގެ ފުރުސަތު ފަހިކޮށްދީފަ އެވެ. ނަމަވެސް މަޝްވަރާ ކޮށްގެން ވެސް ހައްލެއް ނުލިބުނު ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.

އެެހެން ކަމުން ކޯޓުން ވެސް ކަނޑައަޅާފައި ވަނީ އާރުޑީސީ އިން އެދުނު ގޮތަށް މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށެވެ. މި މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ ގާޒީ ފައިސަލް އާދަމް ވަނީ ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ކާޓިއުންސް އަށް ދައްކައި ޚަލާސްކުރަން އާރުޑީސީ ގެ މައްޗަށް އަމުރު ކޮށްފަ އެވެ. 

އާރްޑީސީ ގެ މާލީ ހާލަތުގެ ސަބަބުން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުދެވޭ ކަމަށް އެ ކުންފުނިން ކޯޓުގައި ބުނެފައިވާއިރު މި ހިނގާ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރުގައި އެންމެ ބޮޑު ގެއްލުމެއް ވީ ވެސް އާރްޑީސީ އަށް ކަމަށް ޕީސީބީ ގެ ރިޕޯޓަކުން ވަނީ ހާމަ ވެފަ އެވެ. ރިޕޯޓުން އެނގޭ ގޮތުގައި އެ ކުންފުންޏަށް ވަނީ 113.73 މިލިއަން ރުފިޔާގެ ގެއްލުން ވެފަ އެވެ.

އެ ރިޕޯޓުން ހާމަވެފައިވާ ގޮތުގައި 2022، 2023 އަދި 2024 ވަނަ އަހަރުގެ އޮޑިޓު ނިންމާފައި ނުވާ ކުންފުނިތަކުގެ ތެރޭގައި ވެސް އާރްޑީސީ ހިމެނެ އެވެ. 

އާރްޑީސީސިވިލް ކޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

30 ނޮވެމްބަރު 2025
ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!

ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!

23 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު