Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޮޕީކޭ ފުޓުބޯޅަ ކުޅުން ހުއްޓާލުން

"މަތީ ފަންތީގެ ކުލަބުތަކަށް ބޭނުންވަނީ ޕީކޭ ދެއްކި ފަދަ ކުޅުން ކުޅޭނެ ކުޅުންތެރިން"

ގާޑިއޯލާ ބުނީ ޕީކޭ އޭނާގެ ޒުވާން ދުވަސްވަރު އިނގިރޭސި ޕްރިމިއާ ލީގުގައި ހުނަރުވެރި ކުޅުމެއް ދެއްކި ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ނޮވެމްބަރު 2022 | ހޮނިހިރު 00:22
ގާޑިއޯލާ އަދި ޕީކޭ

ގާޑިއޯލާ އަދި ޕީކޭ

ފުޓުބޯޅައިގެ މަތީ ފަންތީގެ ކުލަބުތަކަށް ބޭނުންވަނީ ސްޕެއިންގެ ޖެރާޑް ޕީކޭ ދެއްކި ފަދަ ކުޅުން ކުޅޭނެ ކުޅުންތެރިން ކަމަށް ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ޕްރިމިއާ ލީގުގެ މެންޗެސްޓަރ ސިޓީގެ ކޯޗު ގާޑިއޯލާ މިހެން ބުނީ ފުޓުބޯޅަ އިން ރިޓަޔާވާކަން ޕީކޭ އިއުލާންކުރުމާ ގުޅިގެންނެވެ. ގާޑިއޯލާ ބުނީ ފުޓުބޯޅަ ކުޅުން ހުއްޓާލާނެ ކަން ޕީކޭ އިއުލާން ކުރުން ވެގެންދިޔައީ އޭނާ އަށް ހައިރާންކަމެއް ލިބުނު ޚަބަރެއް ކަމަށެވެ. ގާޑިއޯލާ ބުނީ ޕީކޭ އޭނާގެ ޒުވާން ދުވަސްވަރު އިނގިރޭސި ޕްރިމިއާ ލީގުގައި ހުނަރުވެރި ކުޅުމެއް ދެއްކި ކަމަށެވެ. އަދި އެއަށްފަހު ސްޕެއިންގެ ބާސެލޯނާ އަށް ބަދަލުވެ އޭނާ ދެއްކީ ވަރަށް އާދަޔާ ޚިލާފު ކުޅުމެއް ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.

މީގެ އިތުރުން ގާޑިއޯލާ ބުނީ އޭނާ އެދެނީ މުސްތަޤުބަލުގައި ޕީކޭ އަބަދު ވެސް ހެޔޮ ގޮތްތަކެއް ވުމަށް ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ޕީކޭ އަކީ ބޮޑެތި މެޗުތަކަށް ޖެހިލުންނުވާ، ވަރުގަދަ ކުޅުންތެރިޔެކެވެ. ޕީކޭ ކުޅުމުގައި އެއްވެސް ކަމަކުން ކައްސާނުލާނެ ކަން ފާހަގަ ކުރަމުން ގާޑިއޯލާ ބުނީ ޕީކޭ އަކީ ބޮޑެތި ކުލަބުތަކުން ބޭނުންވާ ކުޅުން ދެއްކި ކުޅުންތެރިޔެއް ކަމަށެވެ. އިތުރަށް އޭނާ ބުނީ ޕީކޭގެ މުސްތަޤުބަލު އުޖާލާ ވާނެ ކަމަށާއި، ކޯޗެއްގެ ގޮތުގައި ޕީކޭ އަށް އިރުޝާދު ދިނުމަކީ އޭނާ އަށް ލިބޭ އުފަލެއް ކަމަށެވެ.

ޕީކޭގެ ފަހު މެޗަކަށް ވާނީ ހޮނިހިރު ދުވަހުގެ ރޭ ސްޕެނިޝް ލީގުގައި ބާސެލޯނާ އިން އެ ޓީމުގެ އަމިއްލަ ދަނޑުގައި ކުޅޭ މެޗެވެ. އެއީ ބާސެލޯނާގެ ޖާޒީގައި ޕީކޭ ކުޅޭނެ 616 ވަނަ މެޗެވެ.

ޖެރާޑް ޕީކޭޕެޕް ގާޑިއޯލާ

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2025

ދެ ވަނަ ލެގުގެ ކުރިން ގާޑިއޯލާ: ބޭނުން ވަނީ އެންމެ ފުރިހަމަ މެޗެއް

19 ފެބުރުއަރީ 2025
ދެ ވަނަ ލެގުގެ ކުރިން ގާޑިއޯލާ: ބޭނުން ވަނީ އެންމެ ފުރިހަމަ މެޗެއް
04 ފެބުރުއަރީ 2025

ސިޓީން މެޗު ނިންމާލި ގޮތާ މެދު ހިތާމަ ކުރަން: ގާޑިއޯލާ

04 ފެބުރުއަރީ 2025
ސިޓީން މެޗު ނިންމާލި ގޮތާ މެދު ހިތާމަ ކުރަން: ގާޑިއޯލާ
29 ޖެނުއަރީ 2025

ގާޑިއޯލާ ބުނީ ބްރޫޖް މެޗަކީ ސިޓީ އަށް އޮތް ފުރުސަތެއް ކަމަށް!

29 ޖެނުއަރީ 2025
ގާޑިއޯލާ ބުނީ ބްރޫޖް މެޗަކީ ސިޓީ އަށް އޮތް ފުރުސަތެއް ކަމަށް!
25 ޑިސެމްބަރު 2024

ގާޑިއޯލާ ހުރީ ސިޓީގެ ޙާލަތު ބަދަލުކުރުމުގެ އުންމީދުގައި

25 ޑިސެމްބަރު 2024
ގާޑިއޯލާ ހުރީ ސިޓީގެ ޙާލަތު ބަދަލުކުރުމުގެ އުންމީދުގައި
14 ޑިސެމްބަރު 2024

ގާޑިއޯލާ ބުނީ ޔުވެންޓަސްއާ ދެކޮޅަށް ސިޓީން ރަނގަޅު ކުޅުމެއް ދެއްކި ކަމަށް

14 ޑިސެމްބަރު 2024
ގާޑިއޯލާ ބުނީ ޔުވެންޓަސްއާ ދެކޮޅަށް ސިޓީން ރަނގަޅު ކުޅުމެއް ދެއްކި ކަމަށް
20 ނޮވެމްބަރު 2024

ސިޓީގެ އެއްބަސްވުން އައު ކުރަން ގާޑިއޯލާ ނިންމައިފި

20 ނޮވެމްބަރު 2024
ސިޓީގެ އެއްބަސްވުން އައު ކުރަން ގާޑިއޯލާ ނިންމައިފި
17 އޮކްޓޯބަރު 2024

މެސީ ކަހަލަ އެހެން ކުޅުންތެރިޔަކު ނެތް: ގާޑިއޯލާ

17 އޮކްޓޯބަރު 2024
މެސީ ކަހަލަ އެހެން ކުޅުންތެރިޔަކު ނެތް: ގާޑިއޯލާ
15 އޮކްޓޯބަރު 2024

ކުރިމަގާ މެދު ގާޑިއޯލާ ވަކި ގޮތެއް ނުނިންމާ

15 އޮކްޓޯބަރު 2024
ކުރިމަގާ މެދު ގާޑިއޯލާ ވަކި ގޮތެއް ނުނިންމާ
24 ސެޕްޓެމްބަރު 2024

ޑި ބްރޭނާގެ އަނިޔާ ސީރިއަސްއެއް ނޫން: ގާޑިއޯލާ

24 ސެޕްޓެމްބަރު 2024
ޑި ބްރޭނާގެ އަނިޔާ ސީރިއަސްއެއް ނޫން: ގާޑިއޯލާ
22 މެއި 2024

ޕްރިމިއަރ ލީގުގެ މޮޅު ކޯޗުގެ އެވޯޑް ގާޑިއޯލާ އަށް

22 މެއި 2024
ޕްރިމިއަރ ލީގުގެ މޮޅު ކޯޗުގެ އެވޯޑް ގާޑިއޯލާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު