Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ސިޓީ

ގާޑިއޯލާ ހުރީ ސިޓީގެ ޙާލަތު ބަދަލުކުރުމުގެ އުންމީދުގައި

ސިޓީގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، މިއީ ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީގެ ނަތީޖާތައް އެންމެ ގޯސްވެފައިވާ ފަހަރެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2024 | ބުދަ 03:59
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓަރ ސިޓީ އަށް މިވަގުތު ކުރިމަތިވެފައިވާ އުނދަގޫ ޙާލަތާއި، އެ ޓީމުގެ ނަތީޖާތައް ދަށްވެފައި އޮތް އޮތުމަށް ބަދަލު ގެނައުމުގެ އުންމީދުގައި ހުރި ކަމަށް، ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީގެ އަމިއްލަ ދަނޑުގައި އެވަޓަންއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. އެ މެޗާ ކުރިމަތިލާއިރު، ނަތީޖާތައް ގޯސްވެ ސިޓީގެ ޙާލަތު އޮތީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، އެވަންޓަން އަކީ އިދިކޮޅަށް ކުޅެން އުނދަގޫ ޓީމެއް ކަމަށާއި، އެ ޓީމަކީ ވެސް ވަރުގަދަ ޓީމެއް ކަމަށެވެ. އެކަމަށް ސަމާލުކަން ދިނުން މިވަގުތަށް މުހިންމު ނޫން ކަމަށާއި، މިވަގުތު އެންމެ މުހިންމީ ސިޓީގެ އެންމެ ރަނގަޅު ރޫޙުގައި އަލުން އެނބުރި ރަނގަޅު ފޯމަކަށް އައުން ކަމަށް ވެސް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

އެކަމަށް ވަގުތު ނަގާނެކަން ފާހަގަ ކުރަމުން ގާޑިއޯލާ ބުނީ، ވީ އެންމެ އަވަހަކަށް ރަނގަޅު ނަތީޖާތަކެއް ނެރެން ޖެހޭނެ ކަމަށެވެ. މިވަގުތު އެވަޓަަންއާ ދެކޮޅަށް ނިކުންނައިރު، އެ ޓީމު އޮތީ ރަނގަޅު ރޫޙެއްގައި ކަމަށާއި، އެންމެ ފަހުން އެވަޓަންގެ ނަތީޖާތަކާއި، އެ ޓީމުން ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން އެކަން ފެނިގެންދާނެ ކަމަށް ވެސް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

ސިޓީގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، މިއީ ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީގެ ނަތީޖާތައް އެންމެ ގޯސްވެފައިވާ ފަހަރެވެ. ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ސިޓީ ކުޅުނު 12 މެޗުގެ ތެރެއިން، އެ ޓީމު މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ. ނުވަ މެޗަކުން ސިޓީ ވަނީ ބަލިވެފަ އެވެ. މިއަހުގެ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު ކަރަބޯ ކަޕްގައި ޓޮޓެންހަމް އަތުން ބަލިވީ ފަހުން، ސިޓީގެ ނަތީޖާތައް އަންނަނީ ދަށްވަމުންނެވެ.

ލީގުގައި މިހާތަނަށް ސިޓީންް 17 މެޗު ކުޅެފައިވާއިރު، އެ ޓީމު މޮޅުވެފައި ވަނީ އަށް މެޗުންނެވެ. ހަ މެޗުން ބަލިވެފައިވާއިރު، ތިން މެޗުން ވަނީ އެއްވަރުވެފަ އެވެ. ލީގު ތާވަލްގެ ހަތް ވަނައިގައި 27 ޕޮއިންޓާ އެކު ސިޓީ އޮތްއިރު، އެއް ވަނައިގައި އޮތް ލިވަޕޫލާ ދެމެދު މިހާރު އޮތީ 12 ޕޮއިންޓުގެ ފަރަގެކެވެ.

މެންޗެސްޓަރ ސިޓީޕެޕް ގާޑިއޯލާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު