Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ގާޑިއޯލާ ބުނީ ބްރޫޖް މެޗަކީ ސިޓީ އަށް އޮތް ފުރުސަތެއް ކަމަށް!

ގާޑިއޯލާ ބުނީ ޗެެމްޕިއަންސް ލީގުގައި ސިޓީ އޮންނަނީ ސަބަބެއް އޮވެގެން ކަމަށާއި، ސިޓީ ކުރަން ޖެހޭ މަސައްކަތް ވެސް އިނގޭ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ޖެނުއަރީ 2025 | ބުދަ 04:47
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުލަބު ބްރޫޖާ ދެކޮޅަށް ކުޅޭ މެޗަށް ނިކުންނައިރު، އެ މެޗަކީ ސިޓީ އަށް އޮތް ފުރުސަތެއް ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ބްރޫޖް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ މިވަގުތު ސިޓީ އަށް ޙާލަތަަކީ މާބޮޑު މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް އެއީ މުބާރާތުގައި ކުރިއަށް ދާން ސިޓީ އަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށް ވެސް ގާޑިއޯލާ ވަނީ ބުނެފަ އެވެ. އެ މެޗުން މޮޅުވެ ސިޓީ އަށް މުބާރާތުގައި ކުރިއަށް ދިޔުމުގެ ފުރުސަތު އޮތްއިރު، ބަލިވެއްޖެ ނަމަ އެ ފުރުސަތު ނޯންނާނެ ކަމަށް ގާޑިއޯލާ ބުންޏެވެ.

މީގެ އިތުރުން ގާޑިއޯލާ ބުނީ އެނެއް ބުރުގައި ކުޅެން ސިޓީން ބޭނުންވާ ކަމަށާއި، އެކަމަށްޓަކައި އިތުރު ދެ މެޗު ކުޅެން ވެސް ސިޓީ އޮތީ ބޭނުންވެފައި ކަމަށެވެ. ބްރޫޖް މެޗަށް ނިކުންނައިރު ސިޓީއާ ގުޅޭ ގޮތުން ގާޑިއޯލާ ބުނީ، އެކަހަލަ މެޗުތަކާ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން އޭނާ ކުރިމަތިލާފައިވާނެ ކަމަށެވެ. ކުރިން ވެސް އަދި ފަހުން ވެސް އެކަހަލަ މެޗުތައް ކުޅެން ޖެހޭއިރު، އެއީ ފުޓުބޯޅައިގައި ދިމާވާނެ ޙާލަތެއް ކަމަށް ގާޑިއޯލާ ވަނީ ސިފަ ކޮށްފަ އެވެ.

ގާޑިއޯލާ ބުނީ ޗެެމްޕިއަންސް ލީގުގައި ސިޓީ އޮންނަނީ ސަބަބެއް އޮވެގެން ކަމަށާއި، ސިޓީ ކުރަން ޖެހޭ މަސައްކަތް ވެސް އިނގޭ ކަމަށެވެ. އަދި މިހާތަނަށް އައިއިރު، ސިޓީ އޮތީ އެންމެ ރަނގަޅު ޙާލަތުގައި ނޫން ކަމަށާއި، މިހާރު އޮތް ޙާލަތަކީ ފުޓުބޯޅަ އަދި ކުޅިވަރުގައި އޮންނަ ޙާލަތެއް ކަމަށް ގާޑިއޯލާ ބުންޏެވެ. އަދި އެއީ ކޮންމެ ބަޔަކު ވެސް ކުރިމަތިލާން ޖެހޭނެ ޙާލަތެއްކަން ޤަބޫލު ކުރަން ޖެހޭ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

ބްރޫޖް މެޗާ ކުރިމަތިލާއިރު، ޗެމްޕިއަންސް ލީގުގައި ސިޓީ އޮތީ 25 ވަނައިގަ އެވެ. އެ މެޗުން މޮޅުވެގެން ނޫން ގޮތަކަށް، ސިޓީ އަށް މުބާރާތުގައި ކުރިއަށް ދިޔުމުގެ ފުރުސަތެއް ނޯންނާނެ އެވެ. އެ މެޗުން ބަލިވެއްޖެ ނަމަ، ސިޓީ ވެއްޓޭނީ ޔުއެފާ ޔޫރޮޕާ ލީގަށެވެ. އެ މެޗުން މޮޅުވެ، ކޮލިފިކޭޝަން ކުޅުމުގެ ފުރުސަތު ސިޓީ އަށް އޮންނާނެ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުމެންޗެސްޓަރ ސިޓީޕެޕް ގާޑިއޯލާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު