Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ކުޅިވަރު
މެންޗެސްޓަރ ސިޓީ

ގާޑިއޯލާ ބުނީ ޔުވެންޓަސްއާ ދެކޮޅަށް ސިޓީން ރަނގަޅު ކުޅުމެއް ދެއްކި ކަމަށް

މީގެ އިތުރުން ގާޑިއޯލާ ބުނީ ކޮންމެ ޓީމަކަށް ވެސް އުނދަގޫ ވަގުތެއް އަންނާނެ ކަމަށާއި، ސިޓީ އަށް މިވަގުތަކީ އުނދަގޫ ވަގުތެއް ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2024 | ހޮނިހިރު 03:28
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވި ނަމަވެސް، އެ މެޗުގައި މެންޗެސްޓަރ ސިޓީން ދެއްކީ ރަނގަޅު ކުޅުމެއް ކަމަށް އެ ޓީމުގެ ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ޔުވެންޓަސްއާ ދެކޮޅަށް ސިޓީން ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން ސިޓީ ބަލިވެފައި ވަނީ 2-0 އިންނެވެ. އެ މެޗުން ސިޓީ ބަލިވެފައިވާއިރު، މިވަގުތު ސިޓީގެ ނަތީޖާތައް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

ގާޑިއޯލާ ބުނީ އެ މެޗުގައި ސިޓީން ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި، އެ ޓީމުން ދެއްކީ ފުރިހަމަ ކުޅުމެއް ކަމަށެވެ. ޚާއްސަކޮށް ސިޓީން ދައްކަން ބޭނުންވި ފެންވަރުގެ ކުޅުމެއް ވެސް އެ މެޗުގައި ދެއްކުނު ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ. އެ މެޗުގައި ސިޓީން ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނުއިރު، ކުރީގެ މެޗުތަކާ ޚިލާފަށް އެ މެޗުގައި ގިނަ ކަންކަން ފެނުނީ ރަނގަޅަށް ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

ނަމަވެސް އޭނާ ބުނީ މެޗުގެ ނަތީޖާއާ ގުޅޭ ގޮތުން ދިފާއުގައި ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ. އެ މެޗުގައި ސިޓީ އަށް ލަނޑު ޖަހާނެ ހަ ފުރުސަތެއް ލިބުނު ކަމަށާއި، އެ ޓީމަށް ދިމާވި މައްސަލަ އަކީ އެ ފުރުސަތުތައް ނިންމާނުލެވުމުގެ މައްސަލަ ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ. އެހެން ނަމަވެސް، އޭނާ ހުރީ ސިޓީގެ ކުޅުންތެރިންނާ އެކު ކަމަށާއި، ހުންނާނީ ވެސް ސިޓީގެ ކުޅުންތެރިންނާ އެކު ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ. ގާޑިއޯލާ ބުނި ގޮތުގައި އަދިވެސް ސިޓީގެ ކުޅުންތެރިންނަށް އެމީހުންނަށް ބޭނުންވާ އިތުބާރު ހޯދޭނެ އެވެ.

މީގެ އިތުރުން ގާޑިއޯލާ ބުނީ ކޮންމެ ޓީމަކަށް ވެސް އުނދަގޫ ވަގުތެއް އަންނާނެ ކަމަށާއި، ސިޓީ އަށް މިވަގުތަކީ އުނދަގޫ ވަގުތެއް ކަމަށެވެ. ކަންކަން ރަނގަޅު ކުރުމަށް ބަލާއިރު، ކޮންމެ ކުޅުންތެރިޔަކު ވެސް އެ ކުޅުންތެރިޔެއްގެ އަމިއްލަ ނަފުސާ ސުވާލު ކުރަން ޖެހޭ ކަމަށް ގާޑިއޯލާ ބުންޏެވެ. ޚާއްސަކޮށް ކަންކަން ރަނގަޅު ކުރުމަށް ކުޅުންތެރިންނަށް ކުރެވޭނެ ކަންތައްތަކާއި، ވަކި ވަކި ކުޅުންތެރިންގެ ކުޅުން ރަނގަޅު ކުރުމަށް ޚާއްސަ ކަމެއް ދިނުން މުހިންމު ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ އިތުރުން، އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް މިވަގުތު ސިޓީގެ ނަތީޖާތައް ވަނީ ދަށްވެފަ އެވެ. މިވަގުތު އެ ޓީމު އޮތީ ލީގު ތާވަލްގެ ހަތަރު ވަނައިގަ އެވެ. ލީގުގައި ސިޓީން 15 މެޗު ކުޅެފައިވާއިރު، މޮޅުވެފައި ވަނީ އަށް މެޗުންނެވެ. ތިން މެޗު އެއްވަރުވެފައިވާއިރު، ހަތަރު މެޗުން ސިޓީ ވަނީ ބަލިވެފަ އެވެ. ޗެމްޕިއަންސް ލީގުގައި ސިޓީ އޮތީ 22 ވަނައިގަ އެވެ. ހަ މެޗު ކުޅެފައިވާއިރު، އެ ޓީމު މޮޅުވެފައި ވަނީ ދެ މެޗުންނެވެ. ދެ މެޗު އެއްވަރުވެފައިވާއިރު، އަނެއް ދެ މެޗުން ވަނީ ބަލިވެފަ އެވެ.

މެންޗެސްޓަރ ސިޓީޕެޕް ގާޑިއޯލާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު