Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

ދެ ވަނަ ލެގުގެ ކުރިން ގާޑިއޯލާ: ބޭނުން ވަނީ އެންމެ ފުރިހަމަ މެޗެއް

ގާޑިއޯލާ ބުނީ ރެއާލްގެ ދަނޑުގައި ސިޓީން ރަނގަޅު ކުޅުމެއް ދައްކައިފި ނަމަ، އެ ޓީމަށް ބޭނުންވާ ނަތީޖާ ނެރެވޭނެ ކަމަށެވެ. އަދި ޕްލޭ އޮފްގެ ފުރަތަމަ ލެގުގެ ނަތީޖާ އޮތް ގޮތުން، ސިޓީ އަށް އިތުރު އެހެން ގޮތްތަކެއް ނުވަތަ އޮޕްޝަންތަކެއް ވެސް ނެތް ކަމަށް ގާޑިއޯލާ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ފެބުރުއަރީ 2025 | ބުދަ 05:00
މެންޗެސްޓަރ ސިޓީ ޖީއީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓަރ ސިޓީ ޖީއީގެ ކޯޗު ޕެޕް ގާޑިއޯލާ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގެ ދެ ވަނަ ލެގުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެކޮޅަށް ނިކުންނައިރު، މެންޗެސްޓަރ ސިޓީ އަށް ބޭނުން ވަނީ އެންމެ ފުރިހަމަ ކުޅުން ދައްކާނެ މެޗެއް ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ޕްލޭ އޮފްގެ ފުރަތަމަ މެޗުގައި ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި މި ދެ ޓީމު ބައްދަލު ކުރި މެޗު ކާމިޔާބު ކުރީ ރެއާލް އިންނެވެ. އެއީ މެޗުގެ އެންމެ ފަގު ވަގުތުގައި ލަނޑު ޖަަހައިގެން، 3-2 އިންނެވެ. އެހެންކަމުން ސިޓީ އަށް މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ލިބެން އޮތީ ރެއާލް ބަލިކޮށްގެންނެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، ސިޓީ ކުޅެން ޖެހޭނީ ވަރަށް ހިތްވަރާ އެކު ކަމަށާއި، ކޮންމެ ކުޅުންތެރިޔަކު ވެސް އަމިއްލަ ނަފުސަށް އިތުބާރު ކުރަން ޖެހޭ ކަމަށެވެ.

ގާޑިއޯލާ ބުނީ ރެއާލްގެ ދަނޑުގައި ސިޓީން ރަނގަޅު ކުޅުމެއް ދައްކައިފި ނަމަ، އެ ޓީމަށް ބޭނުންވާ ނަތީޖާ ނެރެވޭނެ ކަމަށެވެ. އަދި ޕްލޭ އޮފްގެ ފުރަތަމަ ލެގުގެ ނަތީޖާ އޮތް ގޮތުން، ސިޓީ އަށް އިތުރު އެހެން ގޮތްތަކެއް ނުވަތަ އޮޕްޝަންތަކެއް ވެސް ނެތް ކަމަށް ގާޑިއޯލާ ބުންޏެވެ.

މީގެ އިތުރުން ގާޑިއޯލާ ބުނީ ސިޓީގެ ޖެކް ގްރީލީޝް، ނަތަން އަކޭ އަދި ރުބެން ޑިއާސް ވެސް ޓީމާ އެކު ދަތުރު ކޮށްފައިވާ ކަމަށެވެ. ދެ ވަނަ ލެގުގައި އެ ކުޅުންތެރިން ލައްވާ ކުޅުމާ މެދު ގޮތެއް ނިންމާނީ ގިނަ ކަންތައްތަކަށް ބެލުމަށްފަހު، ފަހު ވަގުތުގައި ކަމަށް ވެސް އޭނާ ބުންޏެވެ. ގާޑިއޯޅާ ފާހަގަ ކުރި ގޮތުގައި ސިޓީގެ ސްކޮޑުގައި ހިމެނިގެން އެ ކުޅުންތެރިން ދެ ވަނަ ލެގަށް އައުމަކީ ވެސް އުފާވެރި ޚަބަރެކެވެ.

އިތުރަށް ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ދެ ވަނަ ލެގުގައި ސިޓީން ދައްކަން ޖެހޭނީ އާދަޔާ ޚިލާފު ހިތްވަރެއް އަދި ކުޅުމެއް ކަމަށެވެ. އެ މެޗުގައި ގޯސްތަކެއް ވުމަށް ފުރުސަތު ދެވެން ނެތް ކަމަށާއި، ބޭނުން ވަނީ އެންމެ ފުރިހަމަ ކުޅުމެއް ދައްކައި، ނަތީޖާ ނެރެން ކަމަށް ވެސް އޭނާ ބުންޏެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި މި ދެ ޓީމު ބައްދަލު ކުރާ މެޗު ފަށާނީ ބުދަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން އެކެއް ޖަހާއިރު އެވެ.

މެންޗެސްޓަރ ސިޓީޔުއެފާ ޗެމްޕިއަންސް ލީގުޕެޕް ގާޑިއޯލާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު