Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިއޮނަލް މެސީ

މެސީ ކަހަލަ އެހެން ކުޅުންތެރިޔަކު ނެތް: ގާޑިއޯލާ

ގާޑިއޯލާ ބުނީ އޭނާ އެހެން ބުނުމަކީ، ފަހަރުގައި ބްރެޒިލްގެ ލެޖެންޑު ޕެލޭ އަދި އާޖެންޓީނާގެ ލެޖެންޑު ޑިއޭގޯ މަރަޑޯނާ އަށް ކުރެވޭ ބޭއިޙުތިރާމަކަށް ވެދާނެ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 އޮކްޓޯބަރު 2024 | ބުރާސްފަތި 07:20
ޕެޕް ގާޑިއޯލާ ބާސެލޯނާ އަށް އިރުޝާދު ދެމުން އައި ދުވަސްވަރު، ލިއޮނަލް މެސީ އާއެކު

ޕެޕް ގާޑިއޯލާ ބާސެލޯނާ އަށް އިރުޝާދު ދެމުން އައި ދުވަސްވަރު، ލިއޮނަލް މެސީ އާއެކު

އެމެރިކާގެ އިންޓަ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާ އެއް ފެންވަރުގެ އެހެން ކުޅުންތެރިޔަކު ނެތް ކަމަށް، މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ގާޑިއޯލާ ވަނީ މީގެ ކުރިން ބާސެލޯނާ އަށް އިރުޝާދު ދީފަ އެވެ. 2008 ވަނަ އަހަރު ބާސެލޯނާގެ ކޯޗުކަމާ ހަވާލުވުމަށްފަހު، 2012 ވަނަ އަހަރު އެ މަޤާމުން ދުރަށް ދިޔައިރު، ގާޑިއޯލާގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެ މުއްދަތުގައި މެސީ ވެސް ބާސެލޯނާ އަށް ކުޅެމުން އައިއިރު، ގާޑިއޯލާ އާއި މެސީއާ ދެމެދު ވަނީ ގާތް ގުޅުމެއް އުފެދިފަ އެވެ. އަދި ގާޑިއޯލާ އަކީ އަބަދު ވެސް މެސީގެ ކުޅުމާއި، އޭނާގެ ހުނަރަށް ތައުރީފު ކުރާ ކޯޗެކެވެ.

މެސީއާ ގުޅޭ ގޮތުން މި ފަހުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، ފުޓުބޯޅައިގައި މިހާތަަނަށް އެފުދުނު އެންމެ މޮޅު ކުޅުންތެރިޔަކީ މެސީ ކަމަށެވެ. ގާޑިއޯލާ ބުނީ އޭނާ އެހެން ބުނުމަކީ، ފަހަރުގައި ބްރެޒިލްގެ ލެޖެންޑު ޕެލޭ އަދި އާޖެންޓީނާގެ ލެޖެންޑު ޑިއޭގޯ މަރަޑޯނާ އަށް ކުރެވޭ ބޭއިޙުތިރާމަކަށް ވެދާނެ ކަމަށެވެ. އެހެން ނަމަވެސް މެސީ ކަހަކަ އެހެން ކުޅުންތެރިޔަކު އޭނާ އަށް ތަސައްވަރު ނުކުރެވޭކަން ފާހަގަ ކުރަމުން ގާޑިއޯލާ ބުނީ، މެސީ އަކީ އެއް ފެންވަރެއްގައި ކުޅޭ ކުޅުންތެރިޔެއް ކަމަށެވެ. އަދި އޭނާ އަކީ ތަފާތުކަމެއް ލިބިގެންވާ، ޚާއްސަ ކުޅުންތެރިޔެއް ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.

ބާސެލޯނާ ދޫކޮށްލުމަށްފަހު ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަދި އޭގެ ފަހުން މިހާރު އިންޓަ މިއާމީ އަށް ކުޅެމުން އަންނަ މެސީ އަކީ ފުޓުބޯޅައިގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކެމުން އަންނަ ކުޅުންތެރިޔެކެވެ. އޭނާ ވަނީ ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑު އަށް ފަހަރު ކާމިޔާބު ކޮށްފަ އެވެ. މެސީ އަކީ އެންމެ ގިނަ ފަަހަރު އެ އެވޯޑު ހޯދި ކުޅުންތެރިޔާ އެވެ. މީގެ އިތުރުން އޭނާ ވަނީ ޔޫރަޕުގެ ރަން ބޫޓު ވެސް ހަ ފަހަރެއްގެ މަތިން ކާމިޔާބު ކޮށްފަ އެވެ.

އިންޓަ މިއާމީލިއޮނެލް މެސީޕެޕް ގާޑިއޯލާ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
18 އޮކްޓޯބަރު 2025

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ
08 އޮކްޓޯބަރު 2025

ޖޯޑީ އަލްބާ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި

08 އޮކްޓޯބަރު 2025
ޖޯޑީ އަލްބާ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި
27 ސެޕްޓެމްބަރު 2025

ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބުސްކެޓްސް އިއުލާން ކޮށްފި

27 ސެޕްޓެމްބަރު 2025
ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބުސްކެޓްސް އިއުލާން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު