Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީކޭ ކުޅުން ހުއްޓާލަން ނިންމުން

ޖެރާޑް ޕީކޭ ހޮނިހިރު ދުވަހުގެރޭ ކުޅުން ހުއްޓާލާކަން އިއުލާންކޮށްފި

4 ނޮވެމްބަރު 2022 | ހުކުރު 05:35

ޕީކޭ ޤައުމީ ޓީމަށް ކުޅުން ހުއްޓާލީ 2018 ވަނަ އަހަރު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 4 ނޮވެމްބަރު 2022 | ހުކުރު 05:35
ޕީކޭ 2012 ވަނަ އަހަރުގެ ޔޫރޯ ތަށްޓާ އެކު

ޕީކޭ 2012 ވަނަ އަހަރުގެ ޔޫރޯ ތަށްޓާ އެކު

ސްޕެއިން އާއި ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ހޮނިހިރު ދުވަހުގެރޭ ކުޅުން ހުއްޓާލާކަން އިއުލާންކޮށްފިއެވެ.

35 އަހަރުގެ ޑިފެންޑަރު ޢާއްމުކުރި ވީޑިއޯގައި ބުނެފައިވަނީ އަބަދުވެސް ބުނަމުން އައި ފަދައިން ބާސެލޯނާއަށް ފަހު އޭނާ ކުޅޭނެ އެހެން ކްލަބެއް ނޯންނާނެކަމަށާއި, ހޮނިހިރު ދުވަހުގެ މެޗަކީ ފަހު މެޗުކަމަށެވެ. ބާސެލޯނާގައި ކާމިޔާބު ކެރިއަރެއް ހޭދަކުރި ޕީކޭ ވަނީ ބާސާއަށް ބަދަލުވުމުގެ ކުރިން މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެފައެވެ. 2004 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވީ ބާސާގެ ޔޫތު ކުޅުންތެރިއެއްގެ ގޮތުގައި ހުރެއެވެ. މެންޗެސްޓަރ ޔުނައިޓެޑާ އެކު 2007-2008 ވަނަ އަހަރުގެ ސީޒަންގައި ޗެމްޕިއަންސް ލީގާއި ޕްރިމިއަރ ލީގު ކާމިޔާބުކުރިއެވެ.

ބާސެލޯނާއަށް ބަަދަލުވެ އެ ކްލަބަށް 600 އަށްވުރެ ގިނަ މެޗު ކުޅެ, 30 ތަށި އުފުލާލިއެވެ. އޭގެ ތެރޭގައި ތިން ޗެމްޕިއަންސް ލީގާއި, ލަލީގާ އަށް ފަހަރު ކާމިޔާބުކުރުން ހިމެނެއެވެ. އެކަމަކު މި ސީޒަންގައި ބާސެލޯނާ ވަނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކަޓާފައެވެ. ލަލީގާ ތާވަލްގައި އޮތީ ވާދަވެރި ރެއާލް މެޑްރިޑްގެ ފަހަތުން ދެ ވަނައިގައެވެ. ޕީކޭ ވަނީ 2018 ވަނަ އަހަރު ޤައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ. ޤައުމީ ޓީމަށް 102 މެޗު ކުޅުނެވެ. އެ މުއްދަތުގައި ވޯލްޑް ކަޕާއި, ޔޫރަޕިއަން ޗެމްޕިއަންޝިޕް އުފުލާލިއެވެ.

ކުޅުން ހުއްޓާލާކަން އިއުލާންކުރަމުން ޕީކޭ ބުނީ އޭނާ އަށް ހުރިހާ އެއްޗެއް ވެސް ދިނީ ފުޓްބޯޅައިން ކަމަށެވެ. އަދި އެންމެ ބޮޑު ހިތްވަރެއް ދިނީ ބާސެލޯނާ އާއި އެކްލަބްގެ ސަޕޯޓަރުންކަމަށެވެ. އަދި ސަޕޯޓަރުންގެ ވެސް އޭނާ އަށް ހުރިހާ އެއްޗެއް ދީފިކަމަށެވެ. ނިންމާކަމުން އޭނާ ދިން ޔަޤީންކަމަކީ ކޮންމެ ވެސް ސިފައެއްގައި ބާސެލޯނާ އަށް އެނބުރި އަންނާނެކަމެވެ. ޖެރާޑް ޕީކޭގެ ފަހު މެޗަކަށް ވާނީ ހޮނިހިރު ދުވަހުގެރޭ ދަންވަރު ރާއްޖެ ގަޑިން 01:00 ގައި ބާސާގެ ދަނޑުގައި އަލްމެރިއާ އާ ވާދަކުރާ މެޗެވެ.

ބާސެލޯނާ

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
03 ނޮވެމްބަރު 2025

އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި

03 ނޮވެމްބަރު 2025
އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
19 އޮކްޓޯބަރު 2025

ބާސެލޯނާ މޮޅުވި މެޗުގައި ފްލިކް އަށް ރަތް ކާޑު ދައްކައިފި

19 އޮކްޓޯބަރު 2025
ބާސެލޯނާ މޮޅުވި މެޗުގައި ފްލިކް އަށް ރަތް ކާޑު ދައްކައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް