Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
2023 ވަނަ އަހަރުގެ ބަޖެޓް

2023 ވަނަ އަހަރުގެ ބަޖެޓުގައިވެސް ކުންފުނިތަކަށް ދޭ ސަބްސިޑީ ބޮޑު

ސަބްސިޑީގެ ގޮތުގައި 2022 ވަނަ އަހަރުގެ ނިޔަލަށް 7 ބާވަތުގެ ސަބްސިޑީ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 3 ނޮވެމްބަރު 2022 | ބުރާސްފަތި 14:04
ފިނޭންސް މިނިސްޓަރ އަމީރު

ފިނޭންސް މިނިސްޓަރ އަމީރު

2023 ވަނަ އަހަރުގެ ބަޖެޓުގައިވެސް، ކުންފުނިތަކަށް ދޭ ސަބްސިޑީ ބޮޑު އިންސައްތައެއް ހިއްސާކުރެއެވެ.

2023 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަށް ބަލާއިރު، އިންޑައިރެކްޓް ސަބްސިޑީގެ ގޮތުގައި 2022 ވަނަ އަހަރުގެ ނިޔަލަށް 7 ބާވަތުގެ ސަބްސިޑީއަކަށް ޚަރަދުކުރަމުންދާއިރު، 2023 ވަނަ އަހަރުން ފެށިގެން އިތުރު ސަބްސިޑީއެއް ކަމުގައިވާ ނަރުދަމާ ޚިދުމަތުގެ ސަބްސިޑީއާއި މަސްވެރިންނަށްދޭ ސަބްސިޑީ ވަނީ ބަޖެޓުގައި ހިމަނާފައެވެ. ނަރުދަމާގެ ޚިދުމަތުގެ ސަބްސިޑީއަކީ، ފެނަކައިން ނަރުދަމާގެ ޚިދުމަތްދޭ ރަށްރަށުގައި (މި ޚިދުމަތަކީ މިހާރު އަގުނުނެގޭ ޚިދުމަތަކަށް ވުމުން) ޚިދުމަތް ފޯރުކޮށްދިނުމަށްދޭ ސަބްސިޑީއެކެވެ. އަދި މަސްވެރިންނަށްދޭ ސަބްސިޑީއަކީ މާކެޓް ރޭޓަށްވުރެ އަގު ބޮޑުކޮށް މަސްވެރިންގެ އަތުން މަސްގަތުމުގެ ސަބަބުން މިފްކޯއަށް ލިބޭ ގެއްލުމުގެ ބަދަލުގައިދޭ ސަބްސިޑީއެކެވެ.

Advertisement - newsAdvertisement

2017 ވަނަ އަހަރުން ފެށިގެން އެކިއެކި އިންޑައިރެކްޓް ސަބްސިޑީއަށް ކުރާ ޚަރަދު އަހަރުން އަހަރަށް ދަނީ ވަރަށް ބޮޑުތަން އިތުރުވަމުންކަން ފާހަގަކޮށްލެވެއެވެ. ސަބްސިޑީތަކަށް ކުރާ ޚަރަދު އިތުރުވާ ސަބަބުތަކުގެ ތެރޭގައި، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުބޮޑުވުމާއި، ސަބްސިޑީ ދޭ މުދަލާއި ޚިދުމަތްތައް ބޭނުންކުރާ މިންވަރު އިތުރުވުން ހިމެނެއެވެ. އެގޮތުން ގޭބިސީތައް ގިނަވެ، ގޭބިސީތަކުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުން ކަރަންޓު އަގުހެޔޮކުރުމަށްދޭ ސަބްސިޑީ އިތުރުވެގެންދާކަން ފާހަގަކޮށްލެވެއެވެ. އޭގެސަބަބުން ފިއުލް ސަބްސިޑީއަށް ކުރާ ޚަރަދު ބޮޑުވެއެވެ.

މީގެ އިތުރުން ފާއިތުވި އަހަރުތަކުގެ ތެރޭގައި ސަރުކާރުން ވަނީ އެކިފަހަރު މަތިން ސަބްސިޑީގެ ކަވަރޭޖް އިތުރުކޮށްފައެވެ. އެގޮތުން 2019 ވަނަ އަހަރު ފިއުލް ސަބްސިޑީ އިތުރުކުރުމާއި ކަރަންޓުގެ އަގުތައް ހަރމަނައިޒްކުރުމުގެ ސިޔާސަތުގެ ދަށުން ކަރަންޓު ސަބްސިޑީ ލިބޭ މިންވަރު ވަނީ އިތުރުކޮށްފައެވެ. އިންޑައިރެކްޓް ސަބްސިޑީގެ ގޮތުގައި ޚަރަދުކުރެވޭ ގިނަ ސަބްސިޑީތަކަކީ ސަރުކާރުން ހިއްސާވާ ކުންފުނިތަކުން ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން، މާކެޓް ރޭޓަށްވުރެ އަގުހެޔޮކޮށް ޚިދުމަތްތަށް ދިނުމުން، އެ ކުންފުނިތަކަށް ލިބޭ ގެއްލުމުގެ ބަދަލުގައިދޭ ސަބްސިޑީތަކެކެވެ. ފާއިތުވި އަހަރުތަކުގައި މިފަދައިން ސަރުކާރުގެ ސިޔާސަތުގެ ދަށުން މި ކުންފުނިތަކުން ދޭ ޚިދުމަތްތަކުން ލިބޭ ގެއްލުމުގެ ބަދަލު ދީފައިވަނީ ކެޕިޓަލް ކޮންޓިބިއުޝަން ނުވަތަ އެހެނިހެން ގޮތްގޮތުންދޭ ކޭޝްފްލޯ އެހީގެ ގޮތުގައެވެ.

އެހެންނަމަވެސް، މި ފަދަ އެހީތައް ސަބްސިޑީގެގޮތުގައި ރެކޯޑްކުރުމަކީ ހިސާބުތަކުގެ ސައްހަކަމާއި، އެހީދެވޭ ކަންކަން ސާފުވާނެ ކަމަކަށްވާތީ، 2023 ވަނަ އަހަރުން ފެށިގެން މިފަދަ ޚަރަދުތައް ރިކޯޑުކުރެވިފައިވާނީ އިންޑައިރެކްޓް ސަބްސިޑީގެ ގޮތުގައެވެ. އެހެންކަމުން އަންނަ އަހަރުން ފެށިގެން ސަބްސިޑީގެ ގޮތުގައި ބަޖެޓުގައި ރިކޯޑުކުރެވޭ ސަބްސިޑީތަކަކީ މަސްވެރިންނަށްދޭ ސަބްސިޑީއާއި ނަރުދަމާގެ ޚިދުމަތަށް ދޭ ސަބްސިޑީއެވެ.

2023 ވަނަ އަހަރުން ފެށިގެން މި ބައިގައި ހިމެނޭ ސަބްސިޑީތަކުގެ ތެރެއިން އެންމެ ބޮޑު ބަދަލެއް ފެނިގެންދާނީ ފިއުލް ސަބްސިޑީއާއި ޓްރާންސްޕޯޓް ސަބްސިޑީންނެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ފިއުލް ސަބްސިޑީއަށް ކުރާ ޚަރަދު އިންތިހާއަށް ބޮޑުވެގެން ދިއުމުން ފިއުލް ސަބްސިޑީ ޑައިރެކްޓް ސަބްސިޑީއަކަށް ބަދަލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

ސަބްސިޑީބަޖެޓް 2023

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުގެ ކުންފުނިތައް ހިންގުން ނާގާބިލުކަމުން ރައްޔިތުންގެ ދިރިއުޅުމުގެ އަގު ދަށްކުރަން ދޭ ސަބްސިޑީ ކުންފުނި ހިންގަން ބޭނުން ކުރޭ: އޮޑިޓަރ ޖެނެރަލް

ސަރުކާރުގެ ކުންފުނިތައް ހިންގުން ނާގާބިލުކަމުން ރައްޔިތުންގެ ދިރިއުޅުމުގެ އަގު ދަށްކުރަން ދޭ ސަބްސިޑީ ކުންފުނި ހިންގަން ބޭނުން ކުރޭ: އޮޑިޓަރ ޖެނެރަލް

19 ނޮވެމްބަރު 2025
ސަބްސިޑީއަށް ކަނޑައެޅި ބަޖެޓް ހުސްވެއްޖެ، އާސަންދަ ރިފޯމް ނުކުރެވި އޮއްވާ އެ ބަޖެޓް ވެސް ހުސްވަނީ

ސަބްސިޑީއަށް ކަނޑައެޅި ބަޖެޓް ހުސްވެއްޖެ، އާސަންދަ ރިފޯމް ނުކުރެވި އޮއްވާ އެ ބަޖެޓް ވެސް ހުސްވަނީ

04 ސެޕްޓެމްބަރު 2025
މި ސަރުކާރުން އުފެއްދި އައު ވުޒާރާތައް ހިންގުމަށް ބޭނުންވާ ބަޖެޓް އަންނަ ހޯމަ ދުވަހު މަޖިލީހަށް ހުށަހަޅަނީ

މި ސަރުކާރުން އުފެއްދި އައު ވުޒާރާތައް ހިންގުމަށް ބޭނުންވާ ބަޖެޓް އަންނަ ހޯމަ ދުވަހު މަޖިލީހަށް ހުށަހަޅަނީ

22 ނޮވެމްބަރު 2023
ބަޖެޓުގެ ބޭރުން މަސައްކަތް ކުރިއަށް ނުގެންދަން - އަމީރު

ބަޖެޓުގެ ބޭރުން މަސައްކަތް ކުރިއަށް ނުގެންދަން - އަމީރު

23 މާރިޗު 2023
ސިޔާސީ ޕާޓީތަކަށް ދޭން ފާސްކުރި ބަޖެޓުން ފައިސާ ލިބުނީ 6 ޕާޓީއަކަށް

ސިޔާސީ ޕާޓީތަކަށް ދޭން ފާސްކުރި ބަޖެޓުން ފައިސާ ލިބުނީ 6 ޕާޓީއަކަށް

23 ފެބުރުއަރީ 2023

އަހަރުތަކުން މިއަދު

9 ފެބުރުއަރީ
ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"
20224 އަހަރު ކުރިން
ރާއްޖެ

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!
20215 އަހަރު ކުރިން
ރިޕޯޓު

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!
20197 އަހަރު ކުރިން
ރާއްޖެ

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!
20188 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު