Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ފިނޭންސް މިނިސްޓްރީ

ސަބްސިޑީއަށް ކަނޑައެޅި ބަޖެޓް ހުސްވެއްޖެ، އާސަންދަ ރިފޯމް ނުކުރެވި އޮއްވާ އެ ބަޖެޓް ވެސް ހުސްވަނީ

ފިޔަވަޅުތަކާއެކު ވެސް، އާސަންދަ ބަޖެޓުގެ 71 ޕަސެންޓް މިހާރު ވަނީ ޚަރަދުކޮށްފައެވެ. އެއީ 1.85 ބިލިއަން ރުފިޔާގެ ތެރެއިން 1.32 ބިލިއަނެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2025 | ބުރާސްފަތި 08:20
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަނީ - ފައިލް

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަނީ - ފައިލް

މިއަހަރު ސަބްސިޑީއަށް ކަނޑައެޅި ބަޖެޓް ހުސްވެ އާސަންދަ ރިފޯމް ނުކުރެވި އޮއްވާ އެ ބަޖެޓް ވެސް ހުސްވާން ގާތްވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ވީކްލީ ފިސްކަލް ރިޕޯޓުން ދައްކާ ގޮތުން ހިލޭ އެހީ، ކޮންޓްރިބިއުޝަން އަދި ސަބްސިޑީ އަށް ކަނޑައަޅާފައިވަނީ 8.611 ބިލިއަން ރުފިޔާއެވެ. ނަމަވެސް އަހަރުގެ ބާކީ 4 މަސް އޮއްވާ މި ބަޖެޓުގައި 6.112 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އެހެންކަމުން ބާކީ އޮތް 4 މަހަށް ހަރަދުކުރަން އޮތީ 2.5 ބިލިއަން ރުފިޔާއެވެ. އެއީ އާސަންދަ، މެޑިކަލް ވެލްފެއަރ، ސަބްސިޑީ، ކައުންސިލް ގްރާންޓު އަދި އެހެނިހެން އެހީތަކަށެވެ.

Advertisement - businessAdvertisement

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ހިލޭ އެހީ، ކޮންޓްރިބިއުޝަން އަދި ސަބްސިޑީ އަށް ކަނޑައަޅާފައިވާ 8.611 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން އާސަންދައަށް ހަމަޖައްސާފައިވަނީ 1.85 ބިލިއަން ރުފިޔާއެވެ. ނަަމަވެސް އަހަރުގެ މިހާތަނަށް މި ބަޖެޓުން 1.32 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އެހެންކަމުން އަހަރުގެ ބާކީ މިއޮތް 4 މަހަށް އާސަންދައަށް ހަރަދުކުރަން ބާކީ އޮތީ ބައި ބިލިއަން ރުފިޔާ އެވެ.

އާސަންދައިގެ ހަރަދު ކުޑަކޮށް، ކޮލިޓީ ބޭސް ގެނެ ބޮޑު އަގުގައި ބޭސް ވިއްކުން ހުއްޓުވާނެކަމަށް ސަރުކާރުން ބުނި ނަމަވެސް މިހާތަނަށް އިރު އަގު ދަށްކުރެވުނީ 10 ބޭހެއްގެ އަގެވެ. ބަލްކް ޕްރޮކިއުމަންޓުގެ އުސޫލުން ގަނޑުކޮށް ބޭސް އެތެރެކޮށް އަގު ދަށްކުރާނެ ކަމަށް ބުނި ނަމަވެސް ސަރުކާރުގެ ބަހާއި އަމަލާއި ދިމާ ނުވެއެވެ. ަދި އާސަންދަ ބަޖެޓުގެ 71 އިންސައްތަ ވަނީ ހަރަދުކޮށް ހުސްވެފަ އެވެ.

ސަބްސިޑީއަށް ކަނޑައެޅީ 1.859 ބިލިއަން ރުފިޔާއެވެ. ނަމަވެސް ޖުލައި މަހުގެ ނިޔަލަށް މި ބަޖެޓު ހުސްވެ ބަޖެޓުގެ ބޭރުން ހަަރަދުކޮށް ޖުމްލަ މިހާތަނަށް 2.049 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެއީ ބަޖެޓުގެ ބޭރުން 190.3 މިލިއަން ރުފިޔާ އެވެ.

ސަބްސިޑީ ރިފޯމަކާއެކު ބަޖެޓުގެ ހަރަދުކުޑަކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް ފިނޭންސްގެ މާލީ ތަފާސް ހިސާބުތައް ދައްކާގޮތުން ބަޖެޓުގެ ބޭރުން 10 އިންސައްތަ ވަނީ ހަރަދުކޮށްފަ އެވެ. އެއީ މިހާތަނަށް ސަބްސިޑީ އިސްލާހުކުރާނެ ކަމަށް ބުނި ނަމަވެސް އެއްވެސް ފިޔަވަޅެއް އެޅިފައި ނުވާތީ އެވެ.

މީގެ އިތުރުން މެޑިކަލް ވެލްފެއަރއަށް ހަމަޖެއްސި 327.3 މިލިއަން ރުފިޔާގެ ތެރެއިން 207.3 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. ކައުންސިލް ގްރާންޓުގެ ގޮތުގައި 2.146 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު، ހަރަދުކޮށްފައިވަނީ 1.436 ބިލިއަން ރުފިޔާ އެވެ. އެހެނިހެން އެހީތަކާއި ހަރަދުތަކަށް 2.752 ބިލިއަން ރުފިޔާ ކަނޑައެޅި އިރު މި ބަޖެޓުން 1.098 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

އެންސްޕާ އާއި އާސަންދައިން ނުދައްކާ ހުރި ބިލްތަކާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ދައްކާގޮތުން، ނޮވެމްބަރު 2023 އިން ޖުލައި 2024 ގެ ނިޔަލަށް އެންމެ ބޮޑު އަދަދެއް ދައްކަން އޮތީ ސަރުކާރުގެ ސިއްހީ ހިދުމަތްދޭ އިދާރާތަކަ ށެވެ. އެއީ 367 މިލިއަން ރުފިޔާ އެވެ. ދެވަނައަށް އެންމެ ބޮޑު އަދަދެއް ދައްކަން އޮތީ ބޭރުގެ ހޮސްޕިޓަލްތަކަށް ކަމަށްވާއިރު، އެ އަދަދަކީ 349 މިލިއަން ރުފިޔާއެވެ.މި މުއްދަތުގެ ތެރޭގައި އެންސްޕާއިން 872 މިލިއަން ރުފިޔާ ބިލްތަކަށް ދެއްކި ނަމަވެސް، އެ ތާރީހުގެ ތެރޭގައި ދީފައިވާ ހިދުމަތްތަކަށް ނުދައްކާ ހުރި އަދަދު 663 މިލިއަން ރުފިޔާއަށް އިތުރުވެފައިވެ އެވެ.

ކްލިނިކްތަކަށް 330 މިލިއަން ރުފިޔާ އަދި ފާމަސީތަކަށް 325 މިލިއަން ރުފިޔާ ދައްކަން އޮތްއިރު، ރާއްޖޭގެ ހޮސްޕިޓަލްތަކަށް 164 މިލިއަން ރުފިޔާ ދައްކަން އެބައޮތެވެ. ނޮވެމްބަރު 2023 ގެ ނިޔަލަށް 491 މިލިއަން ރުފިޔާގެ ޕެންޑިން ބިލްތައް ހުރިއިރު، މީގެ ތެރޭގައި ދައުލަތުގެ އިދާރާތަކަށް ދައްކަންޖެހޭ 125 މިލިއަން ރުފިޔާ ހިމެނެއެވެ. އަދި ބޭރުގެ ހޮސްޕިޓަލްތަކަށް 101 މިލިއަން ރުފިޔާ އާއި ރާއްޖޭގެ ހޮސްޕިޓަލްތަކަށް 81 މިލިއަން ރުފިޔާ ދައްކަން އެބައޮތެވެ.

އާސަންދައިގެ ކަންތައްތަކަށް ބަލާއިރު، ނޮވެމްބަރު 2023 އާ ހަމައަށް ނުދައްކާ ހުރި ބިލްތަކުގެ އަދަދު 1.1 ބިލިއަން ރުފިޔާއަށް އަރާއިރު، އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައްކަން އޮތީ ފާމަސީތަކަށެވެ. އެއީ 516 މިލިއަން ރުފިޔާ އެވެ.

އާސަންދަސަބްސިޑީފިނޭންސް މިނިސްޓްރީއެންސްޕާމާލިއްޔަތު ކޮމިޓީކައުންސިލް ގްރާންޓް

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

އޮކްސިޖަން މެޝިނެއްގެ އެހީ އާއި ނުލާ ދިރިހުރެވެން ނެތް، ސަރުކާރު ގައި އާދޭސް ކުރާތާ އެތައް ދުވަހެއް

އޮކްސިޖަން މެޝިނެއްގެ އެހީ އާއި ނުލާ ދިރިހުރެވެން ނެތް، ސަރުކާރު ގައި އާދޭސް ކުރާތާ އެތައް ދުވަހެއް

07 ޑިސެމްބަރު 2025
8 މަސް ވީއިރުވެސް އައިސީޔޫ ހަރަދު އެންސްޕާ އިން ޖަމާ ނުކުރޭ!

8 މަސް ވީއިރުވެސް އައިސީޔޫ ހަރަދު އެންސްޕާ އިން ޖަމާ ނުކުރޭ!

04 ޑިސެމްބަރު 2025
ޚާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ދޭން ޖެހޭ ފައިސާ ދީ ޚަލާސްކޮށްފައިވާ ކަމަށް ބުނެ އެންސްޕާ އިން ދޮގުހަދައިފި

ޚާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ދޭން ޖެހޭ ފައިސާ ދީ ޚަލާސްކޮށްފައިވާ ކަމަށް ބުނެ އެންސްޕާ އިން ދޮގުހަދައިފި

02 ޑިސެމްބަރު 2025
ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

01 ޑިސެމްބަރު 2025
ބޭސް ނުލިބޭތީ ހުށަހެޅި ކުއްލި މައްސަލަ ބޭރު: ކުޑޫ ވިދާޅުވީ ބޭސް ލިބުމުގައި ދަތިކަން އުޅޭކަން މަޖިލީހަށް ގަބޫލު ނުކުރެވުނު ކަމަށް

ބޭސް ނުލިބޭތީ ހުށަހެޅި ކުއްލި މައްސަލަ ބޭރު: ކުޑޫ ވިދާޅުވީ ބޭސް ލިބުމުގައި ދަތިކަން އުޅޭކަން މަޖިލީހަށް ގަބޫލު ނުކުރެވުނު ކަމަށް

26 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު