Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަޖެޓް 2023

ބަޖެޓުގެ ބޭރުން މަސައްކަތް ކުރިއަށް ނުގެންދަން - އަމީރު

ބޭރުން ހިލޭ އެހީއާއި، ކޮންސެޝަނަލް ލޯނުގޮތަށް ސަރުކާރުން ހޯދާނެކަމަށް ފާހަގަކޮށްފައި ހުރި 300 މިލިއަން ޑޮލަރު ހޯދުމަށްޓަކައި މިހާރު ވެސް މަސައްކަތްތަކެއް ކުރެވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 މާރިޗު 2023 | ބުރާސްފަތި 07:07
އިބްރާހީމް އަމީރު - ފިނޭންސް މިނިސްޓަރު

އިބްރާހީމް އަމީރު - ފިނޭންސް މިނިސްޓަރު

ބަޖެޓުން ބޭރުން ސަރުކާރުން މަސައްކަތްތަކެއް ކުރިއަށް ނުގެންދަވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ބުދަ ދުވަހު ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އަމީރު މިފަދައިން ވިދާޅުވީ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ބަޖެޓުގައި ހިލޭ އެހީއަށް ލިބޭނެ ކަމަށް އަންދާޒާކުރާ އަދަދުތައް 2019 ވަނަ އަހަރު އަންދާޒާކުރި މިންވަރަށް ލިބުނު ކަމަށެވެ. 2020، 2021 ގައި ދުނިޔޭގެ އެކިއެކި އިގްތިސާދީ ދަތިތައް ގައުމުތަކަށް ދިމާވުމުން ރާއްޖެއަށްވެސް އޭގެ ދަތިތައް ހުރި ކަމަށެވެ.

އެކަމަކު ސަރުކާރުން އެހެނިހެން ގޮތްގޮތުން އަންފަންޑެޑް ފައިނޭންސިންގ ގެޕް ފިލްކުރުމަށްޓަކައި ފައިނޭންސިންގ ހޯދައިގެން މަސައްކަތް ކުރިއަށް ގެންދެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ބޭރުން ހިލޭ އެހީއާއި، ކޮންސެޝަނަލް ލޯނުގޮތަށް ސަރުކާރުން ހޯދާނެކަމަށް ފާހަގަކޮށްފައި ހުރި 300 މިލިއަން ޑޮލަރު ހޯދުމަށްޓަކައި މިހާރު ވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މަސައްކަތް ކުރައްވަނީ ބަޖެޓްކުރެވޭގޮތަށް، ޕްރޮކިއުމެންޓުގެ މަސައްކަތްތައް ވެސް ކުރިއަށްގެންދެވޭތޯ ކަމަށެވެ. އަހަރުގެ ކުރީކޮޅު އަހަރުގެ ޕްރޮކިއުމެންޓް ޕްލޭނެއް އާންމުކުރައްވާ ކަމަށާއި، އެއާ އެއްގޮތަށް ކުރިއަށްގެންދެވޭތޯ މަސައްކަތް ކުރައްވާ ކަމަށެވެ.

މީގެ އިތުރުން ކައުންސިލްތަކުން 5 މިލިއަނަށްވުރެ ތިރީގެ ޕްރޮޖެކްޓްސްތަކާއި، އަދި ސިޓީ ކައުންސިލްތަކަށް ފަނަރަ މިލިއަނަށްވުރެ ދަށުގެ ޕްރޮޖެކްޓްސްތައް ކުރިއަށްގެންދެވޭނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ޕްރޮޖެކްޓްސްތައް ހިންގާ މިންވަރަކުން މިނިސްޓްރީ އޮފް ފިނޭންސުން ފައިސާ ދޫކުރަމުން ގެންދާނެކަމަށެވެ. އެއީ ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި ކަމަށެވެ.

އަދި ޕްރޮޖެކްޓްތައް ޓެންޑަރކޮށްގެން، އެވޯޑްކޮށްގެން، ކޮންޓްރެކްޓަރާ ހަވާލުކޮށްގެން މަސައްކަތް ކުރުމުގައި އެއްވެސް ދައްޗެއް ނޯންނާނެ ކަމަށެވެ.

ރާއްޖޭގެ ބަޖެޓްބަޖެޓް 2023ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2025

މައުނަވީ ތަރައްގީގެ ބަޖެޓާ އެކު އެއްވެސް ކަމެއް ނުވޭ، އަންނަ އަހަރުގެ ބަޖެޓަކީ ވެސް ރައްޔިތުންގެ ބޯކާލާ ބަޖެޓެއް: މެމްބަރު ޒިޔާދު

16 ނޮވެމްބަރު 2025
މައުނަވީ ތަރައްގީގެ ބަޖެޓާ އެކު އެއްވެސް ކަމެއް ނުވޭ، އަންނަ އަހަރުގެ ބަޖެޓަކީ ވެސް ރައްޔިތުންގެ ބޯކާލާ ބަޖެޓެއް: މެމްބަރު ޒިޔާދު
06 ނޮވެމްބަރު 2025

އަންނަ އަހަރުގެ ބަޖެޓަކީ ދަރަނި ނަގަން ޖެހޭ މިންވަރު އިތުރުވާ ބަޖެޓެއް: އަމީރު

06 ނޮވެމްބަރު 2025
އަންނަ އަހަރުގެ ބަޖެޓަކީ ދަރަނި ނަގަން ޖެހޭ މިންވަރު އިތުރުވާ ބަޖެޓެއް: އަމީރު
22 އޮކްޓޯބަރު 2025

ތެލެސީމިއާ އެލަވަންސް ދޭން ފަށާނެ ކަމަށާއި އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކުރާނެ ކަމަށް ރައީސް މުއިއްޒު އަނެއްކާ ވެސް ވިދާޅުވެއްޖެ

22 އޮކްޓޯބަރު 2025
ތެލެސީމިއާ އެލަވަންސް ދޭން ފަށާނެ ކަމަށާއި އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކުރާނެ ކަމަށް ރައީސް މުއިއްޒު އަނެއްކާ ވެސް ވިދާޅުވެއްޖެ
31 އޮކްޓޯބަރު 2024

56.6 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފި

31 އޮކްޓޯބަރު 2024
56.6 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފި
28 އޮކްޓޯބަރު 2024

މިއަދު ގައުމު ވެއްޓިފައި މިއޮތް ހާލަތަށް ދިއުމުގައި އަޅުގަނޑު ވެސް ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ވަރަށް ބޮޑު އިހުމާލުތަކެއް އެބައޮތް: ޤާސިމް

28 އޮކްޓޯބަރު 2024
މިއަދު ގައުމު ވެއްޓިފައި މިއޮތް ހާލަތަށް ދިއުމުގައި އަޅުގަނޑު ވެސް ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ވަރަށް ބޮޑު އިހުމާލުތަކެއް އެބައޮތް: ޤާސިމް
28 އޮކްޓޯބަރު 2024

5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި

28 އޮކްޓޯބަރު 2024
5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި
27 އޮކްޓޯބަރު 2024

އެއްވެސް ކަމެއް ފެންނަން ނެތި އަނެއްކާ 5 ބިލިއަން ދޭށޭ ބުނުމަކީ މައްސަލައެއް - ޝިފާޒް

27 އޮކްޓޯބަރު 2024
އެއްވެސް ކަމެއް ފެންނަން ނެތި އަނެއްކާ 5 ބިލިއަން ދޭށޭ ބުނުމަކީ މައްސަލައެއް - ޝިފާޒް
24 އޮކްޓޯބަރު 2024

"ސަޕްލިމެންޓަރީ ބަޖެޓް ފާސްކުރުމުން މި އަހަރު ވެގެން ދާނީ މިހާތަނަށް ރާއްޖެ އަށް ދައުލަތުން އެންމެ ބޮޑު ޚަރަދެއް ކުރި އަހަރަށް"

24 އޮކްޓޯބަރު 2024
"ސަޕްލިމެންޓަރީ ބަޖެޓް ފާސްކުރުމުން މި އަހަރު ވެގެން ދާނީ މިހާތަނަށް ރާއްޖެ އަށް ދައުލަތުން އެންމެ ބޮޑު ޚަރަދެއް ކުރި އަހަރަށް"
24 އޮކްޓޯބަރު 2024

"ރައްޔިތުންގެ ފައިސާ އިން ޚަރަދު ކުރާގޮތް ނޭންގުމުގެ ސަޤާފަތެއް ޤާއިމްކޮށް، އެއީ ރާއްޖޭގެ ހަގީގަތް ކަމަށް ހަދައިފި"

24 އޮކްޓޯބަރު 2024
"ރައްޔިތުންގެ ފައިސާ އިން ޚަރަދު ކުރާގޮތް ނޭންގުމުގެ ސަޤާފަތެއް ޤާއިމްކޮށް، އެއީ ރާއްޖޭގެ ހަގީގަތް ކަމަށް ހަދައިފި"
23 އޮކްޓޯބަރު 2024

ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާ އިރު ބަޖެޓު ހޭދަކުރި ގޮތާއި މެދު ތިއްބެވީ ހަނު؟

23 އޮކްޓޯބަރު 2024
ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާ އިރު ބަޖެޓު ހޭދަކުރި ގޮތާއި މެދު ތިއްބެވީ ހަނު؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު