Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސަޕްލިމެންޓްރީ ބަޖެޓްގެ މައްސަލަ

ސަޕްލިމެންޓްރީ ބަޖެޓާއި ގުޅޭގޮތުން އިންކުއަރީ ހެދުމަށް ސައީދު ހުށަހެޅުއްވި މައްސަލަ މާލިއްޔަތު ކޮމިޓީއަށް

އެކޮމިޓީން ނިންމަވާ ގޮތެއްގެ މަތިން މިމައްސަލަ ކުރިޔަށް ގެންދެވޭނެ ކަމަށް ނަޝީދު ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2022 | އަންގާރަ 07:50
މާވަށު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސައީދު

މާވަށު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސައީދު

މިއަހަރުގެ ބަޖެޓަށް 5.8 ބިލިއަން ރުފިޔާ އިތުރު ކުރުމަށް ސަރުކާރުން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓާއި ގުޅޭގޮތުން އިންކުއަރީއެއް ހެދުމަށް މާވަށު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސައީދު ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ސަޕްލިމެންޓްރީ ބަޖެޓާއި ގުޅޭގޮތުން ކަން ހިނގާ ނުހިނގާ ގޮތް ދެނެގަތުމަށް އެދި އިންކުއަރީއަށް ހެދުމަށް ސައީދު މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުއްވާފައިވާކަމަށް ވިދާޅުވެފައެވެ. އެކަމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ މިކަން ދިރާސާކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުއްވާނެކަމަށެވެ. އެކޮމިޓީން ނިންމަވާ ގޮތެއްގެ މަތިން މިމައްސަލަ ކުރިޔަށް ގެންދެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން މިއަހަރުގެ ބަޖެޓަށް އިތުރު ފައިސާ ބޭނުންވާކަން ހާމަކުރައްވާ ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ 2022 ވަނަ އަހަރުގެ ބަޖެޓާ ވެސް ކުރިމަތިލީ ބަޖެޓުގެ ޑެފިސިޓް ކުޑަކޮށް ދަރަނީގެ މިންވަރު ކުޑަކުރުމަށް އަމާޒުތަކެއް ކަނޑައަޅައިގެންކަމަށާއި އެހެންނަމަވެސް، މި އަހަރު އިތުރު އިޤްތިސާދީ ގޮންޖެހުންތަކެއް ކުރިމަތިވެއްޖެ ކަމަށެވެ. އެގޮތުން ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ އެކު ތެލާއި ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ދިއުމުގެ ސަބަބުން، ބަޖެޓަށް ބާރުބޮޑުވެފައިވާކަމަށާއި ފިއުލް ސަބްސިޑީއަށް ބަޖެޓުކުރި 342 މިލިއަން ރުފިޔާ، މި އަހަރުގެ ނިޔަލަށް 2.3 ބިލިއަން ރުފިޔާއަށްވުރެ މަތިވާނެކަމަށް އަންދާޒާކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ. އަމީރު ވިދާޅުވި ގޮތުގައި ބަޖެޓަށް އިތުރުވާ އިތުރުވުން ފައިނޭންސް ކުރާނީ މަޝްރޫޢުތަކަށް ލިބިފައިވާ ލޯނުތަކުންނާއި ޑޮމެސްޓިކް މާކެޓުން ފައިނޭންސިންގ ހޯދައިގެންނެވެ.

މިއަހަރަށް ސަޕްލިމެންޓްރީ ބަޖެޓެއްް މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ އެކަމާ ފާޑު ވިދާޅުވެފައެވެ. އެގޮތުން އަހަރުގެ ބާކީ އޮތް ނޮވެމްބަރު މަހާއި ޑިސެމްބަރު މަސްތެރޭގައި 5.8 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް އަންދާޒާނުކުރެވޭކަމަށާއި މިހާތަނަށް އައިއިރު މިއަހަރުގެ ބަޖެޓަށް އިތުރުވާ ފައިސާއިން ހަރަދުވެފައިވާ މިންވަރު ވެސް ސާފުނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ 96 ވަނަ މާއްދާގެ ނ ގައި ވަރަށް ސާފުކޮށް މަޖިލީހުން ހުއްދަދީގެން މެނުވީ މަޖިލީހުން ފާސްކޮށްފައިވާ މިންވަރަށްވުރެ އިތުރަށް ހަރަދުކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މާލިއްޔަތުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ބ ގައި ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާއެއް މަޖިލީހުން ފާސްކުރުމަށް ސަޕްލިމެންޓްރީ ބަޖެޓެއް ހަދައި އެފައިސާ ބޭނުންވާ ދުވަހެއްގެ އެއް މަސް ދުވަސްކުރިން މަޖިލީހަށް ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.

މިހެންކަން އޮތް އިރު 2023 ވަނަ އަހަރުގެ ބަޖެޓުގައި 2022 ވަނަ އަހަރަށް އިތުރަށް ބޭނުންވާ ސަޕްލިމެންޓްރީ ބަޖެޓެއް ހިމެނޭނެގޮތެއް ފެނިވަޑައިނުގަންނަވާކަމަށް ނަޝީދު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރި ބަޖެޓް ކޮމިޓީން ވަނީ މިއަހަރުގެ ބަޖެޓަށް އިތުރުކުރުމަށް ފިނޭންސް މިނިސްޓަރު ހުށަހެޅުއްވި ސަޕްލިމެންޓްރީ ބަޖެޓް ފާސްކޮށްފައެވެ. މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ އަންނަ އަހަރުގެ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓަށް ވަކިވަކިން ވޯޓަށް އަހާގޮތަށެވެ.

ބަޖެޓް 2023ފިނޭންސް މިނިސްޓްރީރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު